12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ރިޔާސީ އިންތިހާބު 2018

އިބޫ އެވާހަކަފުޅު ދެއްކެވީ ފުލުހުން ބަދުނާމުކުރުމުގެ އެއްވެސް ނިޔަތެއްގައެއް ނޫން: މާރިޔާ

  • ރައީސް ޔާމީން ވިދާޅުވެފައިވޭ ފުލުހުންނަކީ ވަރަށް ކޮރަޕްޓް ބަޔެކޭ: މާރިއާ
މުހައްމަދު ފަޒީން | phaxyn

| 11 ސެޕްޓެންބަރ 2018 | އަންގާރަ 15:44 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ދިވެހި ފުލުހުންގެ މުއައްސަސާ ބަދުނާމުކުރުމުގެ އެއްވެސް ނިޔަތެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ނެތްކަމަށް އެމަނިކުފާނުގެ ތަރްޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

މާރިއާ މިހެން ވިދާޅުވީ އިބޫ ފުލުހުން ބަދުނާމުކޮށް ކަންތައްތަކެއް ހާމަކޮށްފައިވާކަމަށް ބުނެ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ޝިފާނު ވިދާޅުވީ ގަސްދުގައި ފުލުހުންނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. ރައްޔިތުންނާއި ފުލުހުންނާ ދެމެދު ރައްޔިތުންގެ ވިސްނުން ބަދަލު ކުރުމަށްޓަކައި ގަސްތުގައި މި ފަދަ ވާހަކަތައް ދެއްކުމަކީ ފުލުހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. 

ޝިފާން ވިދާޅުވީ ފުލުހުން މިކަން ބަލައި، ކަން ހިނގާފައިވާ ގޮތް ދިރާސާކުރުމުން އެފަދަ ހާދިސާއެއް އޯގަސްޓްމަހުގެ 14 ވަނަ ދުވަހު ހިނގާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހިންގާފައިވަނީ އިބޫ އެ ވިދާޅުވި ގޮތަށް ނޫން ކަމަށް ވެސް ޝިފާނު ވިދާޅުވި އެވެ. 

އިބޫ ވިދާޅުވެފައި ވަނީ އިބޫއަށް އެކަން ދިމާވި މީހަކު ހިއްސާކުރި މައުލޫމާތެވެ.

"ކަނޑު ގަދަވެގެން ދޯނި އަޑިއަށްދާން ފެށި. މެއާއާ ހިސާބަށް ފެން އަރާފައި ހުއްޓާ ފުލުހުންނަށް ތިމަންނަ ގުޅާލީމޭ. ގުޅާފަ ބުނީމޭ ދޯނި އަޑިއަށްދަނިއްޔޭ. ތިމަންނައަށް އެހީތެރިވެދޭށޭ. ކުޑަ އިރުކޮޅަކުން އެހެން ކޯލެކޭ އައީ. އެކޯލުގައި ބުނީ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަންހޭ. ތިމަންނަ ބުނީމޭ ތިމަންނަގެ ދޯނި މިއޮތް އަޑިއަށްދަނިއްޔޭ. ތިމަންނައަށް ތިވާހަކައެއް ނެތޭ ދެއްކޭކަށް. ތިމަންނަ ވޯޓުދޭނީ އިންސާފަށޭ. ކުޑައިރުކޮޅަކުން ފުލުހުން ގުޅައިފި. ގުޅާފައި ބުންޏޭ މިވަގުތަކު ލޯންޗެއް ނެތޭ ފޮނުވޭކަށް. ލޯންޗެއް ހަމަޖައްސާފިއްޔާ ތިމަންނަމެން ތިތަނަށް ދާނަމޭ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޯނި އަޑިއަށޭ ދިޔައީ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވެފައި ވަނީ މިކަމުން އެނގިގެންދަނީ އިންސާފު ނެތް މިންވަރު ކަމަށާއި މިކަން ވެގެން ގޮސްފައި ވަނީ ވަކި ކުލައަކަށް ވަކި ބަޔަކަށް ތާއީދު ކުރައްވާތީ ކަމަށެވެ.

މާރިއާ ވިދާޅުވީ ފުލުހުން ކުރަންޖެހޭ މާބޮޑެތި މަސައްކަތް ހުއްޓާ ރިޔާސީ ކެންޑިޑޭޓްގެ ވާހަކަތަކެއް ތަހުގީގުކުރާކަމަށް ބުނުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

މާރިޔާ ވިދާޅުވީ ނާއިބު ރައީސްކަމުގައި އަހުމަދު އަދީބު ހުންނަވަނިކޮށް އެމަނިކުފާނު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ޔާމީން ގައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއްސަސާއަކީ ވަރަށް ކޮރަޕްޓް މުއައްސަސާއެއްކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ކަމަށެވެ. އެ ވާހަކަތަކުގެ ތަހުގީގު ކުރައްވަންތޯއޭ ވިދާޅުވެ މާރިއާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިއްްބެ

3 މަސް ކުރިން

އިބޫ މީހަކު ދެމި ގުއިރޯނެއްގައި ޖެހި ސަލާމއަތަށް އެދި ގޮވަނީ

0
0