19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިޚާބު 2018

އިދިކޮޅާއި ގުޅުމަށް އިބޫގެ ދައުވަތު ސިޔާމަށް!

  • ދައުވަތު ދެއްވީ ސިޔާމްގެ އުފަން ރަށުގައި
  • ކާމިޔާބީގައި ހިއްސާވުމަށް އެދިވަޑައިގެންނެވި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 11 ސެޕްޓެންބަރ 2018 | އަންގާރަ 15:27 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް -- މަޖިލިސް

ވަކި ފަރާތަކަށް ނުޖެހި މިވަގުތު މެދުގައި ހުންނެވި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްއަށް އިދިކޮޅާއި ގުޅިވަޑައިގަތުމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު ދައުވަތު ދެއްވައިފިއެވެ.

ނ. އަތޮޅުގެ ރަށްރަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިޔާމްގެ އުފަން ރަށް ކަމަށްވާ ނ. ކުޑަފަރީގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ”މިއަދު މެދުގައި ނުހުރެ މި ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަން، ސިޔާމަށް ދަންނަވަން" ކަމަށެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރައްވަމުން ގެންދަވަނީ ގައުމީ މަސައްކަތެއް ކަމަށާއި އެމަސައްކަތުގެ ކާމިޔާބީގައި ހިއްސާވެވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށެވެ.

ސިޔާމް ވަނީ އެމްޑީއޭގެ ލީޑަރުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންފަ އެވެ. އަދި އެޕާޓީގެ ހިންގުން ވަގުތީ ގޮތުން ޙަވާލު ކުރައްވާފައިވަނީ އެޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފާއެވެ.

އިބޫ ވިދާޅުވީ، ސިޔާމް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންއާއެކު ވަޑައިނުގަންނަވަން ނިންމަވާފަ ކަމަށެވެ.

"ސިޔާމް އެ އޮތީ ސިޔާމް ޑެސިޝަން ނަގާފަ، ޔާމީންއާއެކު ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ ވަނީ، ދެން އޮތީ މިތާ ތިއްބެވި އެމްޑީއޭއަށް ނިސްބަތްވާ ބޭފުޅުން ގޮތް ނިންމެވުން، ވަރަށް ސާފު މި ރަށުގެ އަގުލަބިއްޔަތު އޮތް ގޮތް އެނގޭ، ރާއްޖޭގެ އޮތް ގޮތް ވެސް އެނގޭ، ބާކީ ނުވެ އަޅުގަނޑުމެންނާ ގުޅި މި ކާމިޔާބީގައި ބައިވެރިވެ ހިއްސާ ނަންގަވާ،" އިބޫ ވިދާޅުވި އެވެ.

މި ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކާއެކު ރަސްމީ ކޯލިޝަނަކަށް ދިޔުމާއިމެދު އެމްޑީއޭ އިން އަދި ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ. ނަމަވެސް ޕާޓީގެ ބައެއް އިސް ބޭފުޅުން ސަރުކާރުގައި އެބަ ތިއްބެވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް