17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަޅާ އެއާޕޯޓަށް ނަގަންޖެހޭ ގެތައް ތަޅާލަން ފަށައިފި

  • އެއާޕޯޓަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް ކުރާތާ ހަފްތާއެއްހައި ދުވަސްވަނީ ވެފައި
  • އެއާޕޯޓު ސަރަހައްދުގެ 16 ގެއެއް ނަގާއިރު ރަންވޭއަށް ލައްވާ 2 ގެއެއް ނަގާނެ
  • ގެތަކުގެ ބަދަލެއްގެ ގޮތުގައި ދޭ އެއްޗަކާމެދު އެގެތަކުގެ ވެރިން އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ
އަމްނާ އިމާދު | @amnabinthimad

| 11 ސެޕްޓެންބަރ 2018 | އަންގާރަ 15:08 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކުޅުދުއްފުށީ އެއާޕޯޓް މަސައްކަތުގެ ކުރިއަށްގޮތް މަތިން ފެންނަ ފޮޓޯއެއް -- ޓްވިޓަރ

ހދ. ކުޅުދުއްފުށީގައި އަޅާ އެއާޕޯޓަށް ނަގަންޖެހޭ ގެތަކުގެ ވެރިންނަށް ދޭންޖެހޭ ހައްގު ނުދީ އެގެތައް ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއެމްވީއަށް ކުޅުދުއްފުށީގެ ކައުންސިލްގެ ރައީސް އަބްދުއްލަތީފު ހަސަން ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް ކުރާތާ ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށާއި، ހޯމަ ދުވަހު ގެތައް ތެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަބްދުލްލަތީފު ވިދާޅުވީ އެއާޕޯޓު ސަރަހައްދުގެ 16 ގެއެއް ނަގާއިރު ރަންވޭއަށް ލައްވާ 2 ގެއެއް ނަގާނެ ކަމަށެވެ. އެއާޕޯޓު ސަރަހައްދުގައި ހުރި ގެތަށް ތެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ދެގެއަކުން އެއްޗެހި ހުސްނުކުރާ ކަމަށް އޭނަ ވިދާޅުވިއެވެ.

މިދެގެއަކީ ކޯޓުން އަގުކޮށްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން ކޯޓަށް މައްސަލަ ލާފައިވާ ދެގެއެވެ. އޭގެ ތެރެއިން އެއް ގެއިން ވަނީ ކޯޓުން ނަގައިދޭން ކަނޑައެޅި ބަދަލު އިސްތިއުނާފުކޮށްފަ އެވެ. މައްސަލާގެ އިސްތިއުނާފު ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އެ މައްސަލާގެ ޝަރީއަތެއް ނުފަށަ އެވެ.

އަބްދުލްލަތީފު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ގެތައް ނެގުމުގެ 50 އިންސަންތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކޯޓުން އަށް މަސް ދުވަހަށް 10،000 އަށްވުރެ ބޮޑު ނޫން ކުއްޔެއް ދޭން އެންގި ނަމަވެސް މިހާތަނަށް ސަރުކާރުން ދީފައިވަނީ ދެ މަސް ދުވަހުގެ ކުލި އެކަނިކަން ފާހަގަކުރައްވައި އަބްދުލްލަތީފު ވިދާޅުވީ ގެތަކަށް ބަދަލު ދިނުމަށް ނިންމާފައިވާ މިންވަރާމެދު އެ ގެތަކުގެ ވެރިފަރާތްތަކުންނާއި ކުޅުދުއްފުށީ ކައުންސިލުންވެސް ކަންބޮޑުވާ ކަމަށެވެ.

އަބްދުލްލަތީފް ވިދާޅުވީ ގެތަކުގެ އަގު ކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް އެއްވެސް ހަމައެއް އިންސާފެއް ނެތިކަމަށެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ ގެތަކުގެ ބަދަލެއްގެ ގޮތުގައި ދޭ އެއްޗަކާމެދު އެގެތަކުގެ ވެރިން އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަގުމަގު ކޮށްފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށެވެ. އަގުމަގު ކުރުމުގައި ހަމަޖެހޭ އެއްވެސް އުސޫލެއް ނެތްކަމަށާއި ސަރުކާރުން ބޭނުންވާހާ ގޮތަކަށް އެކަންކޮށް ނިންމާލީ ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ ރައްޔިތުންގެ ދެރަ ނިކަމެތިކަން ތިބޭ ގޮތަށް ގެންނަ ތަރައްގީ ބަލައިނުގަންނެ ކަމަށާއި، މިއަށް ތަރައްގީއޭ ނުކިޔާނެ ކަމަށެވެ.

ބަދަލުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ގޯތިވެސް ދީފައިވަނީ ގުރުއަތަކަށްވެސް ނުގޮސްކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް