21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ސިއްރުފެންފުށީ ބުދު ގެލެރީ

ބުދުތައް ނެގުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން: ފުލުހުން

  • ފުލުހުން މިކަން ކުރަންޖެހުނީ ޓޫރިޒަމް މިނިސްޓްރީއާ ރިސޯޓާ ދެމެދު މިކަން ހައްލުނުވުމުން
  • ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދިނީ އިސްލާމްދީނުގެ އަސާސްތަކާ އެއްގޮތަށް އެތަން ތަރައްގީ ކުރުމަށް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 11 ސެޕްޓެންބަރ 2018 | އަންގާރަ 14:03 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ސިއްރު ފެންފުށީގައި ތަރައްގީކޮށްފައިވާ ކޮރަލޭރިއަމް -- މޯލްޑިވްސް އިންސައިޑަރ

ސިއްރު ފެންފެށީގެ މޫދު އަޑީގައި ބަހައްޓާފައިވާ ބުދުތައް ނެގުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވީ، ސިއްރު ފެންފުނީގައި ހުރި ކޮރަލޭރިއަމް ސްކަލްޕްޗާސްތައް ނެގުމަށް ފުލުހުންނަށް ޓޫރިޒަމް މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ.

"އެކަމަކީ އިސްލާމްދީނުގެ އެއްވެސް އަސާސެއް ނުގެންލޭ ގޮތަށް އަދި ބުރޫ ނާރާނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަދީގެން ކުރެވިފައިވާ ކަމެއް. އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓްރީއާ އެ ރިސޯޓާ ދެއްކި ވާހަކަތަކުން އެކަން ހައްލުނުވުމުގެ ސަބަބުން ފުލުހުންނަށް އެތަނުގައި ބަހައްޓާފައި ހުރި ބުދުތައް ނެގުމަށް އަންގާފައިވޭ." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ސިއްރު ފެންފުށީގައި ބެހެއްޓިފައިވާ ބުދުތައް ނެގުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެތަނުގައި ހުރި ބުދުތައް ނަގާ، ޓޫރިޒަމް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތައް އެތަން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްރު ފެންފުށީގައި ބަހައްޓާފައިހުރި ބުދުތަކާ ގުޅިގެން  ޖުލައި 27 ވަނަ ދުވަހު  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ސިއްރު ފެންފުށީގައި "ބުދުތަކެއް" ހުރިކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުމާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީ އާއި އަދި ރިޒޯޓުގެ މެނޭޖްމަންޓާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. އޭގެ ފަހުން މަހަކަށްވުރެ ގިނަ ދުވަސްވީއިރުވެސް އަދިވެސް އެބުދުތައް އެރަށުން ނެގިފައެއް ނުވެއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އަދި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

ހަ މީޓަރު ހުންނަ ދަގަނޑު ކޮށްޓެއްގެ ގޮތަށް ތައްޔާރުކޮށްފައިވާ މި ކޮރަލޭރިއަމްގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ވަނީ ހަދާފައެވެ. މި ކޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް