16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ އިންތިހާބު 2018

ތިމަރަފުށީ ރައްޔިތުންގެ ބަސް: 100 ވޯޓް ވެސް ޔާމީނަން ނުލިބޭނެ!

  • ތިމަރަފުށިން ގޯތި ދޫކުރާނެ ކަމަށް ފައިސަލް ވިދާޅުވި
  • ފައިސަލް އަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުކުމެފައި
މުހަންމަދު ވިސާމް | sampathmasiw

| 11 ސެޕްޓެންބަރ 2018 | އަންގާރަ 13:25 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ތިމަރަފުށީގައި ދެ ޖަގަހަ ފައިސަލް ވަނީ ހުޅުއްވާދެއްވާފައި -- ފޮޓޯ: ރާއްޖެ އެމްވީ

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ތ. އަތޮޅު ތިމަރަފުށިން ރައީސް އަބްދުﷲ ޔާމީނަން 100 ވޯޓް ވެސް ނުލިބޭނެ ކަމަށް އެމްޑީޕީ ތިމަރަފުށީ ދާއިރާ އިން ބުނެފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓްގެ ރަނިންގ މޭޓް ފައިސަލް ނަސީމް އަންގާރަ ދުވަހު ތިމަރަފުއްޓަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެ ރަށުގެ ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ ކުރިން އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ފަރާތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ މި އިންތިހާބު އިބޫ އަށް ކާމިޔާބުކޮށްދިނުމަށް ތިމަރަފުށީ ރައްޔިތުން މި ފަހަރު ނުކުމެ ތިބީ އެރަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެކުގައި ކަމަށެވެ. އެހެންކަމުން މި އިންތިހާބުގައި ތިމަރަފުށިން ރައީސް ޔާމީނަން 100 ވޯޓް ވެސް ނުލިބޭނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

ފައިސަލް ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަނީ

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ތިމަރަފުށީ ރައްޔިތުން އެރަށުގައި ކުއްޔަން އުޅެން ޖެހުމަކީ ހިތާމަވެރިކަމެއް ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ތިމަރަފުށީ ރައްޔިތުންނަން ގޯތި ދޫކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިމަރަފުށީގައި 18 ހެކްޓްރުގެ ބިން ހިއްކާފައިވާއިރު، އެ ސަރަހައްދުގައި މި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ތިމަރަފުށީ ހިއްކި ބިން ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނާތީ އެރަށުގެ ކައުންސިލަށް އެތަނުން ގޯތި ދޫކޮށް އަދި ސިނާއީ މަސައްކަތް ކުރަން ބިން ދޫކުރުމުގެ ބާރެއް ނެތްކަން ފާހަގަކޮށްލެއެވެ. 

ފައިސަލް ވަނީ ތިމަރަފުށީގައި ދެ ޖަގަހައެއް ހުޅުއްވާދެއްވަފައެވެ. އެމަނިކުފާނަން މަރުޙަބާ ދެންނެވުމަށް ތިމަރަފުށީގެ ގިނަ އަދަދެއް ޒުވާނުން ނުކުމެފައިވާއިރު، އެރަށު ޒުވާނުންގެ ޖަގަހަ ވެސް ފައިސަލް ވަނީ ހުޅުއްވާދެއްފައެވެ. ޖަގަހަ ހުޅުއްވާދެއްވުމަށް ފަހު ފައިސަލް ވަނީ ތިމަރަފުށީ ޒުވާނުންނާ ބައްދަލުކުރައްވައި އެރަށުގެ ޒުވާނުންނަ ދިމާވެފައިވާ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

ނިމިދިޔަ މަހުގެ ތެރޭގައި އިބޫ ތިމަރަފުއްޓަށް ވަޑައިގެން އެރަށު އަންހެނުންގެ ޖަގަހަ ވަނީ ހުޅުއްވާދެއްފައެވެ. ތިމަރަފުށީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 1801 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް