24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފުލުހުން ބަލާ މައްސަލަ

ފުލުހުން ބަދުނާމުކުރައްވައި އިބޫ ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ފުލުހުން މައްސަލައެއް ބަލަން ފަށައިފި

  • ފުލުހުން ބަދުނާމުވާ ގޮތަށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޝިފާން
  • ފުލުހުންނާ ގުޅޭ ގޮތުން ދޮގު ވާހަކަ ފެތުރުމަކީ ގާނޫނީ ކުށެއް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 11 ސެޕްޓެންބަރ 2018 | އަންގާރަ 13:16 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  8. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރާއްޖެ އެމްވީ

ނ މާޅެންދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދެއްކެވި ކަމަށް ބުނާ ވާހަކަފުޅު ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބޭއްވި ޕްރެސް ކޮންފްރެންސްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވީ، ނ. މާޅެންދޫއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ވަޑައިގެން ފުލުހުންނާ ގުޅޭ ގޮތުން އިބޫ ވާހަކަފުޅުތަކެއް ދައްކަވާފައިވާ ކަމަށެވެ. އެ ވާހަކަފުޅުގައި ފުލުހުން ބަދުނާމުކޮށް ކަންތައްތަކެއް ހާމަކުރައްވާފައިވާ ކަމަށާއި އެކަމަކީ ފުލުހުން ހިތާމަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަސްދުގައި ފުލުހުންނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ގާނޫނީ ކުށެއް ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. ރައްޔިތުންނާއި ފުލުހުންނާ ދެމެދު ރައްޔިތުންގެ ވިސްނުން ބަދަލު ކުރުމަށްޓަކައި ގަސްތުގައި މި ފަދަ ވާހަކަތައް ދެއްކުމަކީ ފުލުހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. 

ޝިފާން ވިދާޅުވީ ފުލުހުން މިކަން ބަލައި، ކަން ހިނގާފައިވާ ގޮތް ދިރާސާކުރުމުން އެފަދަ ހާދިސާއެއް އޯގަސްޓްމަހުގެ 14 ވަނަ ދުވަހު ހިނގާފައިވާ ކަމަށެވެ. 

"ނ. މާޅެންދޫގައި ދެއްކި ވާހަކައިގައި ވިދާޅުވެފައިވޭ، ގައްލަންދޫ ކަނޑު ހުރަސްކޮށް ދަތުރުކުރި ދޯންޏެއް އަޑިއަށް ދާތީ އެފަރާތުން ފުލުހުންނަށް ގުޅާ އެ މައްސަލަ ހުށަހެޅުމުން އެ މައްސަލައިގައި ފުލުހުންނަށް އެޓެންޑް ކުރެވޭނީ ވަކި ފަރާތަކަށް ތާއީދު ކުރާކަން ހާމަކުރުމުން ކަމަށް ފުލުހުން ޖަބާވު ދިން ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައިވޭ. މިއީ އެއްވެސް ހާލެއްގައި ފުލުހުން ބަލައިގަންނަ އަދި އަމަލުކުރާނެ އުސޫލެއް ވެސް ނޫން،" ޝިފާނު ވިދާޅުވިއެވެ.

 ދިވެހި ފުލުހުންނަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއި އިންސާފާ އެކު އަމަލުކުރާނެ މުއައްސަސާއަކަށްވާއިރު އެ މައުލޫމާތު ލިބުމާ އެކު ހއ. އިހަވަންދޫ ފުލުހުންގެ ސްޓޭޝަނުން އެރަށުގެ ޒިކުރާ ނަމަކަށް ކިޔާ ދޯންޏެއްގެ އެހީތެރިކަމާ އެކު ދިޔަވަމުންދިޔަ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ފުލުހުން އަމަލީ ގޮތުން އެކަމުގައި ބައިވެރިވި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. 

އިބޫ މާޅެންދޫގައި ދެއްކެވި ވާހަަކަފުޅެއް ކަމަށް ފުލުހުން ހާމަކޮށްފައިވާ އިރު މާޅެންދޫގައި އިބޫ އެފަދަ ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ. އެހެން ނަމަވެސް ނ. ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ އެ ހާދިސާއާ ގުޅޭ ގޮތުން މީހަކު އެމަނިކުފާނާ ހިއްސާކުރި ވާހަކައެއް ވަނީ ވިދާޅުވެފައެވެ. 

"ކަނޑު ގަދަވެގެން ދޯނި އަޑިއަށްދާން ފެށި. މެއާއާ ހިސާބަށް ފެން އަރާފައި ހުއްޓާ ފުލުހުންނަށް ތިމަންނަ ގުޅާލީމޭ. ގުޅާފަ ބުނީމޭ ދޯނި އަޑިއަށްދަނިއްޔޭ. ތިމަންނައަށް އެހީތެރިވެދޭށޭ. ކުޑަ އިރުކޮޅަކުން އެހެން ކޯލެކޭ އައީ. އެކޯލުގައި ބުނީ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަންހޭ. ތިމަންނަ ބުނީމޭ ތިމަންނަގެ ދޯނި މިއޮތް އަޑިއަށްދަނިއްޔޭ. ތިމަންނައަށް ތިވާހަކައެއް ނެތޭ ދެއްކޭކަށް. ތިމަންނަ ވޯޓުދޭނީ އިންސާފަށޭ. ކުޑައިރުކޮޅަކުން ފުލުހުން ގުޅައިފި. ގުޅާފައި ބުންޏޭ މިވަގުތަކު ލޯންޗެއް ނެތޭ ފޮނުވޭކަށް. ލޯންޗެއް ހަމަޖައްސާފިއްޔާ ތިމަންނަމެން ތިތަނަށް ދާނަމޭ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޯނި އަޑިއަށޭ ދިޔައީ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވެފައި ވަނީ މިކަމުން އެނގިގެންދަނީ އިންސާފު ނެތް މިންވަރު ކަމަށާއި މިކަން ވެގެން ގޮސްފައި ވަނީ ވަކި ކުލައަކަށް ވަކި ބަޔަކަށް ތާއީދު ކުރައްވާތީ ކަމަށެވެ.

އިބޫ މާޅެންދޫގައި ނުދައްކަވާ ވާހަކައެއް ދެއްކެވި ކަމަށް ހައްދަވައިގެން ޝިފާން ވިދާޅުވީ ފުލުހުންގެ އަގު ވައްޓަލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު އެޅެން ހުރި ހުރިހާ ފިޔަވަޅެއް ފުލުހުން އަޅާނެ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް