21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ރިޔާސީ އިންތިޚާބު 2018

ގާނޫނީ އިމުގެ ތެރެއިން ތެދު ޚަބަރު ފެތުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި

  • މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާ ގުޅިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ދަނީ ޝަކުވާ ހުށަހަޅަމުން
  • މީޑިއާތަކުގެ ސަމާލުކަމަށް ގެންނަނީ ގާނޫނީ ހަމަތަކުން އެޅޭ ފިޔަވަޅެއްގެ ސަބަބުން މީޑިއާތަކާއި، ނޫސްވެރިން ސަލާމަތްކުރުމަށް
އަމްނާ އިމާދު | @amnabinthimad

| 11 ސެޕްޓެންބަރ 2018 | އަންގާރަ 13:09 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


މީޑިއާ ކައުންސިލްގެ މެންބަރުން -- ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގަމުންދާ އިރު އެކި މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާ ގުޅިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން މިޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅަމުންދާތީ ގާނޫނީ އިމުގެ ތެރެއިން ތެދު ޚަބަރާއި މައުލޫމާތު ފެތުރުމަށް އެކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މީޑީއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އަބުރާ ބެހުމުގެ ބަހާއި އަމަލަކީ ކޮބައިކަން ގާނޫނު ނަންބަރު 2016/15 ގެ 10 ވަނަ މާއްދާގެ (ހ) ގެ 1 އާއި 2ގައި ބަޔާންކޮށްފައިވީ ހިނދު، އެގާނޫނުގެ 6 ވަނަ ބާބުގައި، މީޑިއާތަކުގެ ޒިންމާ އާއި ގާނޫނާއި ހިލާފުވުމުން މީޑިއާތަކުގެ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބުގެ މިދުވަސްވަރަކީ އެންމެހާ މީޑިއާތައް މި ކަން ކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ދަނޑިވަޅެއް ކަމަށް ބަޔާނުގައި ވެއެވެ.

މި ދުވަސްވަރު މީޑިއާ ކައުންސިލުން މިކަންކަން މީޑިއާތަކުގެ ސަމާލުކަމަށް ގެންނަނީ ގާނޫނީ ހަމަތަކުން އެޅޭ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީޑިއާއަކަށް ނުވަތަ އެއްވެސް ނޫސްވެރިއަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ކަން ފާހަގަކޮށް ކައުންސިލުން ބުނީ ދުރާލައި މި ކަން ކަމަށް ތައްޔާރުވެ އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި މިފަދަ ކަންކަމަށް މީޑިއާތައް ހޭލުންތެރިކުރުވުމަކީ އެކައުންސިލުގެ ޒިންމާއެއް ކަމުގައި ވާތީ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އިންތިޚާބާ ބެހޭ ކަންކަން ހިނގަމުންދާއިރު ކަމާ ބެހޭ ގާނޫނާއި ގާވާއިދު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގެ އިމުގެ ތެރޭގައި ތެދު ޚަބަރާއި މައުލޫމާތު ފެތުރުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް