22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު: ރައީސް ޔާމީން

  • ތިނަދޫގެ ދެ މެމްބަރުންނަށް ފާޑުވިދާޅުވި
  • އެ މެމްބަރުން އަނބިންނަށް އިހްލާސްތެރިވާނެ ކަމާމެދު ސުވާލު އުފެއްދެވި
  • ނިކަމެތި ކަމަކީ އެ މެމްބަރުން ޕާޓީ ދޫކޮށް ދިއުން ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 11 ސެޕްޓެންބަރ 2018 | އަންގާރަ 12:40 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް އަބްދުﷲ ޔާމީން: މެމްބަރުން ދިއުން ފަސޭހަކޮށް ދޫކޮށް ނުލާނެ ކަމަށް ވިދާޅުވި -- ރައީސް އޮފީސް

ޕީޕީއެމް ދޫކޮށް، އިދިކޮޅު ފަރާތްތަކާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު އިއުތިރާފުވެވަޑައިގެންފިއެވެ.

ގދ. ތިނަދޫއަށް ވަޑައިގެން، އެ ރަށުގައި އަންގާރަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ނިކަމެތި ކަމަކީ މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ދިއުން ކަމަށާއި އެކަމަކީ އެމަނިކުފާނު ފަސޭހަކޮށް، ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އައި ނިކަމެތި ކަމަކީ އެއްވެސް ގޮތަކަށް އަޅުގަނޑު މި ޒައާމަތުގައި ހުރެގެން، ފަސޭހަކަމާ އެކީގައި ދޫކޮށްލާނެ ކަމެއް ނޫން. ހަމަ އެ ސަބަބަަށްޓަކާ، އަޅުގަނޑުމެންގެ ޕާޓީ ދޫކޮށްލާފައި އަޅުގަނޑުމެންގެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު. ﷲ، އަޅުގަނޑަށް ތައުފީގު ދެއްވީ. އެ މީހުންގެ ގޮނޑި ގެއްލިގެންދިޔައީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިނަދޫގެ ދެ ދާއިރާ ތަމްސީލު ކުރައްވާ ދެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އޮޑިން ފުންމާލައިގެން، މެމްބަރުންތަކެއް ދިޔައީ ބޭނުންވާ އަމިއްލަ ކަންތައްތަކެއް ފުއްދަން ކަމަށެވެ. މަޖިލިސް އިންތިހާބުގައި ބޮޑު ލަޝްކަރެއް މަޖިލީހަށް ވެއްދި ކަމަށާއި ނަމަވެސް 13 މެމްބަރަކު އެ ޕާޓީ ދޫކޮށް ދިއުމުން، ޕާޓީއަށް ނިކަމެތިކަން ލިބިފައިވާ ވާހަކަ ރައީސް ޔާމީންގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

"މިކޮޅަށް އައިސްސަ ދެ ފަރާތަށް ދެފައި ލައިގެން ކުރެވޭނެ ކަމެއް ނޯންނާނެ. ފަހަރުގަ ސުވާލުކޮށްލަންޖެހޭ އެ މީހުންގެ އަނބިންނަށް އިހްލާސްތެރިތޯއޭ ވެސް. މިހާ ހިސާބަށް ކަންތައްތައް ގޮސްފައި މި ހުރީ. އަޅުގަނޑުމެންގެ ޕާޓީއަށް އައި ނިކަމެތި ކަމަކީ މިއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް އިސް މަސައްކަތެއް ކުރެއްވި ކަމަށް ރައީސް ޔާމީން އިއުތިރާފުވެ ވަޑައިގެންފައި ވަނީ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ގޮތް ހެއްދެވި ކަމަށް އަމިއްލަފުޅަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނިިކޮށެވެ.

ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެހެން ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ ޗޮއިސެއް އަދި ފުރުސަތެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ. ރާއްޖެއަށް އައިސްފައިވާ ބަދަލަށް ބަލާނަމަ، އެހެން ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ އިންސާފެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ނޫން ކެނޑިޑޭޓަކަށް ވޯޓު ދެއްވުމަށް ޗޮއިސެއް ނެތޭ. އެއަކަށް ފުރުސަތެއް ނެތޭ. އިންސާފުން ހާލަތަށް އައިސްފައި އޮތް ބަދަލަށް ބަލާކަމުގައި ވަންޏާ، އެހެން ނަމްބަރަކަށް ވޯޓު ދެއްވުމަކީ އެއްގޮތަކަށް ވެސް އިންސާފުގެ މީޒާނުން ކިރާ ކަމުގައި ވަންޏާ، އިންސާފުގެ ހަމަތަކުން ފައިސަލާ ކުރާ ކަމުގައިވަންޏާ އެއީ ޗޮއިސެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވޭ ގޮތް ހަދައި، އެ މެމްބަރުންނާ ނުލައި މަޖިލިސް ކުރިއަށް ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވަނީ ވެފައެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސާފު ހުކުމެއް ސުޕްރީމް ކޯޓުން ކޮށްފައި ނުވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުން އިންތިހާބު ކުރަން ބައި އިލެކްޝަނެއް މިހާތަނަށް ނުބާއްވައެވެ. އޭގެ ފަހުން ދާދި ފަހުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވެސް ވަނީ ގުޅިފައިވާ ޕާޓީތަކާ ގުޅިވަޑައިގެންފައެވެ. އަދި ޕީޕީއެމުން ވަނީ އޭނާ ޕާޓީން ވަކިކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މެޑަމް އައިޝާ

7 މަސް ކުރިން

ޝުކުރިއްޔާ

0
0