18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އަހުމަދު އަދީބު

ރައީސް ޔާމީންއާ ގުޅޭ އިތުރު ވާހަކަތަކެއް އަދީބު ހާމަކުރައްވައިފި

  • ފަންޑިތަ އާއި ޚުރާފާތާ ގުޅޭ ވާހަކަތަކެއް ވަނީ ދައްކަވާފައި
  • ވަކި މެމްބަރެއް މާ އަރިސްކޮށް ގެންގުޅުއްވާ
  • މެޑަމް ވެސް ހިތްހަމަޖެހިވަޑައިނުގެން ބައެއް ކަންކަން ބެއްލެވި
އަހުމަދު މުހުސިނު | dhonbandaara

| 11 ސެޕްޓެންބަރ 2018 | އަންގާރަ 12:14 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރައީސް ޔާމިނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު -- އާކައިވް

ރައީސް ޢަބްދުﷲ ޔާމީނާ ގުޅޭ އިތުރު ވާހަކަތަކެއް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހާމަކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރު ކަމުން ފެށިގެން ނާއިބު ރައީސް ކަމުގައި އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަހުމަދު އަދީބުގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވަނީ ކުރިން ޢާއްމުންނަށް ނޭނގޭ ސިއްރު ބައެއް ވާހަކަތަކެއް ހިއްސާ ކުރައްވާފައެވެ.

ޖަލުގައި އޮންނެވި އަދީބު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރޭގައި ފަންޑިތަވެރިކަމާއި ޚުރާފާތާ ގުޅުން ހުރި ކަންތައްތަކެއް ހިންގެވި ކަމަށާއި އެފަދަ ބައެއް މީހުން ލައްވާ ކަންތައްތަކެއް ކުރެއްވި ކަމުގެ ތުހުމަތު އަދީބު ވަނީ ކުރައްވާފައެވެ. އަދި ހާމުދުރުން ބުނާ ގޮތަށް ކަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވަރަށް އަރިސްކޮށް ގެންގުޅުއްވި ވާހަކަ ވެސް އަދީބުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި މާލޭގެ މަޖީދީމަގުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކެނޑި ވާހަކަ އާއި ކުޑަކުދިންގެ ބަގީޗާގައި ބާއްވާފައި އޮތް ކިންބޫ މަރާލި ގޮތުގެ ވާހަކަ އަދީބު ވަނީ ބަޔާނުގައި ވިދާޅުވެފައެވެ.

ދިގު ބަޔާނެއްގެ ގޮތުގައި ނެރުއްވާފައިވާ މިބަޔާނުގައި އަދީބު ވިދާޅުވެފައި ވަނީ ބައެއް ކަންކަމާ ހުރެ މެޑަމް ފާތިމަތު އިބްރާހީމް ވެސް ހިތްހަމަޖެހިވަޑައިނުގެން އެކަންކަން ބައްލަވައިދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި މެޑަމްގެ ޓީމާއި ރައީސް ޔާމީނާ އަރިސް މެމްބަރު ހުސެންގެ ޓީމާ ދެމެދު ވަރަށް ބޮޑަށް ތަޅާފޮޅުން އޮންނަ ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިޝާމް

5 މަސް ކުރިން

ވަގަކައް ހާސް ދުވަސް ވެރިއަކައް އެއް ދުވަސް

0
0