25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ރިޔާސީ ބަޔާން 2018

އިންތިހާބާ ދިމާކޮށް ތިނަދޫއިން 150 ގޯތި ދޫކުރަން ސަރުކާރުން ނިންމައިފި

 • ގޯތި ދޫކުރަން ފުރުސަތު ހުޅުވާލަނީ އަންނަ ހަފްތާގައި
 • ތިނަދޫއިން ހިއްކާފައިވާ ބިމަކީ 55 ހެކްޓަރުގެ ބިމެއް
 • ބިން ދޫކުރަން އިބޫ ވެސް ވަނީ ވައުދުވެވަޑައިގެންފައި
ޙުސައިން ޙަސަން | hucenhassan

| 11 ސެޕްޓެންބަރ 2018 | އަންގާރަ 11:14 | |

މަގުބޫލް

 1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
 7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


2016 ވަަނަ އަހަރު ތިނަދޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބާ ދިމާކޮށް، ހުވަދޫގެ އެންމެ އާބާދީ ބޮޑު ރަށް، ގދ. ތިނަދޫއިން ގޯތި ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ތިނަދޫގައި ހިންގި ހަތް މަޝްރޫއެއް އިފްތިތާހު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިިދާޅުވީ ތިނަދޫ ހިއްކި ބިމުން 150 ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި އެ ރަށުން 150 ގޯތި ދޫކުރަން ހުޅުވާލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތަށް އެކަން ނިންމެވީ ރައީސް ޔާމީންގެ އެދުމުގެ މަތިން ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

ތިނަދޫ ފަޅުތެރެ އިން 55 ހެކްޓަރުގެ ބިން ހިއްކައި، ނިންމާފައި ވަނީ 2016 ވަނަ އަހަރުއެވެ. ދައުލަތުގެ ބަޖެޓުން 165 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއާ އެކު ތިނަދޫގެ ބިމުގެ ބޮޑުމިން 175 ހެކްޓަރަށް ވަނީ އަރައެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް، ތިނަދޫ އިން ގޯތި ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ ބިން ހިއްކުމަށް ފަހު، ގޯތި ދޫނުކޮށް ހުރި ރަށްތަކުން ބިން ދޫކުރައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފައި ވަނިކޮށެވެ. އިބޫ އެ ވައުދުވެވަޑައިގެންފައި ވަނިކޮށް، ރަށްތަކުން ގޯތި ދޫކުރަން ކައުންސިލްތަކަށް ހައުސިން މިނިސްޓްރީން ދަނީ އަންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޙާޥާ

7 މަސް ކުރިން

ގޯތިވެސް ހޯދާ ވޯޓުވެސް ނުދޭނަން

0
0