26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މެދުއިރުމަތީގެ މައްސަލަ

ފީއެލްއޯގެ އޮފީސް ބަންދުކުރަން ނިންމަނީ ފަލަސްތީނުގެ ރައްޔިތުންނަކީ މީހުންގެ ގޮތުގައި ނުދެކޭތީ!

  • އެމެރިކާއިން ވަނީ ފަލަސްތީނަށް ދޭ އެތައް އެހީއެއް ވެސް ކަނޑާލާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 11 ސެޕްޓެންބަރ 2018 | އަންގާރަ 08:05 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް -- އަލްޖަޒީރާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވޮޝިނގްޓަންގައި ހުންނަ ޕަލަސްތައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އޮފީސް ބަންދުކުރަނީ "ފަލަސްތީނުގެ ރައްޔިތުން މީހުން ކަމުގައި ނުދެކޭތީ" ކަމަށާއި އެކަމަކީ ސުލްހައިގެ މަސައްކަތް އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަން ހޯމަ ދުވަހު ދެއްވި ތަގުރީރު މިކަން އިއުލާނު ކުރައްވާ ވިދާޅުވީ އިސްރާއީލާ އެެކު ކުރާ މަޝްވަރާތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕީއެލްއޯ އިން ސީދާ އަދި މައުނަވީ ގޮތެއްގެ އިތުރު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމެރިކާ އިން ހުށަހަޅާ ސުލްހައިގެ ޕްލޭން ނުފެންނަނީސް އެ ޕްލޭން ކުށްވެރިކޮށް އަދި އެމެރިކާ ސަރުކާރާ އެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމެރިކާއިން ވަނީ އެގައުމުގެ ނުވަތަ އިސްރާއީލުގެ މައްސަލައެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ބަލަން އުޅެފި ނަމަ އެ ކޯޓުގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަަށް ބުނެ ބިރުދައްކާފައެވެ.

ފަލަސްތީނުގެ އޮފިޝަލުން އެކަން ސިފަ ކުރައްވާފައި ވަނީ ސަރަހައްދަށް ސުލްހަ ގެނައުމަށް ކުރާ މަަސައްކަތާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ފަދަ ކަމެއްގެ ގޮތުގައެވެ.

ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ސާއިބް އުރައިގާތު ވިދާޅުވީ އެ ފަިޔަވަޅަކީ ފަލަސްތީނުންގެ ހުރިހާ ރައްޔިތުންނަށް އަނެއްކާ ވެސް ދޭ އަދަބެއް ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް