24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ނަފްސާނީ ބައްޔަށް ފަރުވާދިނުމުގެ ގައުމީ އޮނިގަނޑާ އެކު އިބޫގެ ސިއްޚީ ސިޔާސަތު ހާމަކުރައްވައިފި

  • ކޯލިޝަން ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ބޭތިއްބުން
  • ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި އާސަންދައިގެ ނިޒާމްގެ މަންފާ ލިބޭނެ ކަމަށް ވިދާޅުވި
  • ސިއްޚީ ޚިދުމަތްތެރިންގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް މުސާރައިން ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 ސެޕްޓެންބަރ 2018 | އަންގާރަ 00:36 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް -- އެމްޑީޕީ

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް އެފަރުވާ އަސަންދައިގެ ދަށުން ކަވަރުކުރެވިގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ށ. އަދި ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ހޯމަ ދުވަހުގެ ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ބޭތިއްބުން ކަމަށާއި، އެކަމަށްޓަކައި ބޮއްސުންލާފައި އޮތް ދައުލަތުގެ ސިއްޚީ ނިޒާމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އެކިއެކި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭންޖެހޭ މީހުން މަދުނޫން ކަމަށާއި އެއީ ސަމާލުކަން ދޭންޖެހިފައިވާ ކަމެއް ކަން އިބޫ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގައި މެޑިކަލް ނެގްލިޖެންސް އަދި މެންޓަލް ހެލްތުގެ ޤާނޫނީ ފްރޭމްވޯކް އެކުލަވާލެވިގެންދާނެ ކަމަށާއި މެޑިކަލް ކައުންސިލް ފަދަ ގުނައަންތަކުގެ ދައުރު ސިއްޚީ ދާއިރާގައި ފުޅާކޮށް އެ އިދާރާތައް ހިންގުމުގެ އުސޫލްތައް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ޤާނޫނީ ބަދަލުތައް ގެނެވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ސއްޚީ ދާއިރާ އާއި އެ ދާއިރާގައި މަސައްކަތްތެރިންނާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ހިމާޔަތް ލިބޭނެ ގާނޫނީ ނިޒާމެއް އެކަށައަޅައި ފުރިހަމަ ގޮތުގައި ތަންފީޒް ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގައި އާސަންދައިގެ ޚިދުމަތް ތަޢާރަފް ކުރެވުނީ ޒަމާނުއްސުރެ މިގައުމުގައި އޮތް ބޭސްފަރުވާއަށް ސަލާންޖެހުމުގެ މަޖުބޫރީ ހާލަތު ބަދަލުކުރުމަށް ކަމަށާއި ނަމަވެސް އާސަންދައިގެ ނިޒާމް ތަޢާރަފްކުރި މަގްސަދު ހާސިލް ނުވެ އަދިވެސް ސިއްޚީ އެކި ބޭނުންތަކަށް، ޚާއްސަކޮށް ބޮޑެތި ބަލިތަކަށް ފަންޑުފޮށި ހުޅުވަން މިއަދު ޖެހިފައިވާކަން އިބޫ ފާހަގަ ކުރެއްވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގެ ތަސައްވުރަކީ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި އާސަންދައިގެ ނިޒާމްގެ މަންފާ ލިބޭ ގޮތަށް އޮތް ނިޒާމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އަވަށްޓެރި ގައުމުތަކުގައި ދިގުމުއްތަގުގެ ވިސާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު ނުލިބޭ މެޝިނަރީ ސާރވިސް ފޯރުކޮށްދީ އެޚިދުމަތް ފުޅާކުރުމަކީ ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަސައްވުރުގައި އޮތް ކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ނޭޝަނަލް އެމްބިއުލާންސް ނިޒާމެއް ގާއިމްކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ލިބޭ ގޮތަށް ކަނޑާއި އެއްގަމާއި ވައިގެ އެމްބިއުލާންސްގެ ޚިދުމަތް އެއް މަރުކަޒަކުން ބެލެހެއްޓި އަދި އަވަސް ތެރަމެޑިކް ޚިދުމަތް ލިބޭނެ ގޮތަށް ކޯލިޝަން ސަރުކާރެއްގައި ހަމަޖެހިގެންދާނެ ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭންޖެހޭ ސިއްޚީ ޚިދުމަތަކީ ވެސް ހަރުދަނާ ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ކޯލިޝަން ސަރުކާރުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޅަފަތުގައި ސިއްޚީ އެހީތެރިކަމާއި އަޅާލުން ލިބޭނެ ގޮތަށް ސިއްޚީ ނިޒާމްގެ ތެރެއިން ފަސޭހައިން ޚިދުމަތް ލިބޭނެ އުސޫލެއް ގާއިމް ކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ލޭ އެޅޭނެ ގޮތް އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ހޮސްޕިޓަލްތަކުގައި ލިބިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ސިއްޚީ ދަޢިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަން ނުކުރެވޭ ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެކި ދާއިރާތަކުގެ ސިއްޚީ ޚިދުމަތްތެރިންގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް މުސާރައިން ހެޔޮ ބަދަލެއް ކޯލިޝަން ސަރުކާރުގެ ވެރިކަމުގައި ގެނެސްދެވޭނެ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރުގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރެވޭއިރު ހެލްތުވޯކަރުންނާއި ނަރުހުންގެ މުސާރަ ވެސް ބޮޑު ކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހަތަރު ސަރަހައްދެއްގައި ފެންވަރު ރަގަޅު ހަތަރު ހޮސްޕިޓަލް ގާއިމް ކުރެވޭނެ ކަމަށާއި މި ހޮސްޕިޓަލްތަކުން ޒަމާނީ ވަސީލަތްތަކާ އެކު އެކި ދާއިރާތަކަށް ޚާއްސަ ސްޕެޝާލިސްޓުން މި ހޮސްޕިޓަލްތަކުގައި ތިއްބަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ހެލްތު ސެންޓަރުތަކުގައި ލެބޯޓްރީ އާއި އެކްސްރޭ އާއި ޑޮކްޓަރުންގެ ޚިދުމަތް ލިބޭ ގޮތް ހަމަޖެހި އަތޮޅު ހޮސްޕޓަލްތަކާއި ޓާޝަރީ ހޮސްޕިޓަލްތަކަށް ފަސޭހައިން ދަތުރު ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް