26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ރައީސް ޔާމިނަށް ލިބޭނީ ޔޫ ރިޕޯޓެއް، ވައުދެއް ނުފުއްދެވި: ހަސަން ލަތީފު

  • ރައީސް ޔާމިން ވައުދު ނުފުއްދަވާ ވެރިކަމަށް ކުރިމަތިލައްވައިގެން ވެސް ނުވާނެ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 10 ސެޕްޓެންބަރ 2018 | ހޯމަ 23:57 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


އެމްޑީޕީގެ ޗެއާޕަސަން  ހަސަން ލަތީފު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށާއި އެމަނިކުފާނަށް ލިބެނީ ޔޫ ރިޕޯޓެއް ކަމަށް ކަމަށް އެމްޑީޕީގެ ޗެއާޕަސަން  ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ވެލިދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމިން 2013 ގައި ވެވަޑައިގެންނެވި ވައުދުތަކުގެ މަތިން އެމަނިކުފާނު ހަނދުމަފުލު ނެތް ނަމަވެސް އެ ބޭފުޅުން ހަނދާން އެބަހުރި ކަމަށެވެ. އަދި ރައީސް ޔާމިން ވެވަޑައިގެންނެވި ގިނަ ވައުދުތައް ޖަލްސާގައި އިއްވަވާފަ އެވެ.  

އެގޮތުން ރާއްޖޭގައި އެތައް އެއާޕޯޓެއް އަޅަން ވައުދުވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް އެޅުއްވުނީ އެންމެ އެއާޕޯޓެއް ކަމަށް ކަމަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށް ހަސަން ފާހަގަ ކުރެއްވި އެވެ.

އެގޮތުން މަސްވެރިކަމުގެ ސިނާއަތުގައި ހާއްސަ ހަތަރު ބަނދަރެއް މަސްވެރިނަށް ހައްދަވާނެ ކަމަށް ވައުދުވި ނަމަވެސް އެ ވައުދުވެސް ވަނީ ނުފުއްދާ ފެއިލްވެފައި ކަން ހަސަން ލަތީފު ފާހަގަ ކުރެއްވި އެވެ. އަދި ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި ކޮރަޕްޝަނުގެ މައްސަލަތައް ބައްލަވާނެ ކަމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ލިޔެފައިވާއިރު އެކަންކަން ވީ ގޮތް ރައްޔިތުން ވިސްނުމަށް ހަސަން ލަތީފު ގޮވާލެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް