20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ނ.އަތޮޅު ކައުންސިލްގެ ޕީޕީއެމް މެމްބަރު އެމްޑީޕީއަށް ސޮއި ކުރައްވައިފި

  • ރައުޝަމް އަކީ މިހާތަނަށް ނ.އަތޮޅު ކައުންސިލްގައި ހަމަ އެކަނި ހުރި ޕީޕީއެމް މެމްބަރު
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 10 ސެޕްޓެންބަރ 2018 | ހޯމަ 22:52 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


މިރޭ ޖަލްސާގައި ސޮއި ކުރެއްވި ރައުޝަމް އިބޫއާ ފޯމް ހަވާލު ކުރައްްވަނީ:-އޭނާ އަކީ ކުރިން ޕީޕީއެމް މެމްބަރެއް -- ފޮޓޯ: ރާއްޖެ އެމްވީ

ނ އަތޮޅު ކައުންސިލްގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ރައުޝަމް އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

ރައުސަމް އެމްޑީޕީއަށް ސޮއި ކުރައްވައި ފޯމް ހަވާލު ކުރެއްވީ ހޯމަ ދުވަހުގެ ރޭ ވެލިދޫގައި ބާއްވާ ޖަލްސާގައި އެވެ. އެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އެވެ.

ރައުޝަމް މި ޖަލްސާގައި ވިދާޅުވީ އޭނާ ގެނައި އެ ބަދަލަކީ ރައްޔިތުން ބޭނުންވި ބަދަލު ކަމަށެވެ. ނ.އަތޮޅު ކައުންސިލްގައި ހަމަ އެކަނި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ޒުވާން ކައުންސިލް މެމްބަރު، ރައުޝަމް ވިދާޅުވީ އެއީ ޒުވާނުންނާ މުޅި ގައުމުވެސް އެދޭ ބަދަލު ކަމަށެވެ.

މިރޭ އެމްޑީޕީއަށް ސޮއި ކުރުމަށްފަހު ވެލިދޫގައި ބާއްވާ ޖަލްސާގައި ރައުޝަމްް ވާހަކަދައްކަވަނީ

ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލާފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޯޑަށް ފާޑު ވިދާޅުވެފައި އެވެ.

"ކައުންސިލްތަކުގެ ހަތަރެސްފައި ވަނީ ބަނދެ ކައުންސިލްތަކުގެ ބާރު ކަނޑުވާލައިފި ރައްޔިތުންގެ ކުރިމަތީ އިސްޖަހަން ޖެހިއްޖެ.މިއީ އަޅުގަނޑުމެން މިއީ މި ބަދަލު ގެނައި ސަބަބު" އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވަނީ މަރުކަޒީ އުސޫލު ދޫކޮށް ލާމަރުކަޒީ ނިޒާމް ކަމަށާއި އެ ވިސްނުން ސަރުކާރުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނ.އަތޮޅު ބޮޑު ތަފާތަކުން އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭ މުއާޒު އެމްޑީޕީއަށް ސޮއިކޮށް ފޯމް ހަވާލު ކުރަނީ

ހޮޅުދޫ އިންޖީނުގޭގެ މެނޭޖަރު އަދި ޕީޕީއެމްގެ ގޮފީގެ ރައީސް އަހްމަދު ސައްދާމް ވެސް ވަނީ ސޮއި ކުރައްވާފައި އެވެ. ޔޫތު މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރ މުހައްމަދު މުއާޒު އާއި އެމްޑީއޭގައި އިސްކޮށް އުޅުނު ބައެއް މީހުން ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް