17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓ

އައިސީސީގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅުއަޅާނެކަމަށްބުނެ އެމެރިކާއިން ބިރުދައްކައިފި

  • ޕީއެލްއޯގެ އޮފީސް ބަންދުކުރާނެކަންވެސް ބޯލްޓަން އިއުލާނުކުރައްވާނެ
އަބުދުﷲ މުހައްމަދު | 8Abbo

| 10 ސެޕްޓެންބަރ 2018 | ހޯމަ 18:50 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގައުމީ ސަލާމަތާބޭހޭ މުޝީރު ޖޯން ބޯލްޓަން -- އެންސީބީ ނިއުސް

 

އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގާފައިވާކަަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތައް ބަލަން ފަށައިފިނަަމަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ދަތިކޮށް އެ ކޯޓުގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

ހޯމަ ދުވަހު މި ނިންމުން އިއުލާނުކުރައްވާނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގައުމީ ސަލާމަތާބޭހޭ މުޝީރު ޖޯން ބޯލްޓަންއެވެ.

މިއީ ވައިޓްހައުސްގެ މަގާމަކަށް ބޯލްޓަން ނުކުންނެވިފަހުން އެމަނިކުފާނު ދެއްވާ މިފަދަ ފުރަތަ ތަގުރީރެވެ.

"އެމެރިކާގެ ރައްޔިތުންނާއި އެމެރިކާގެ ބައިވެރިން، ޣައިރުގާނޫނީ ކޯޓަކުން އަޅާ މިފަދަ ނާއިންސާފު އަދަބަކުން ސަލާމަތްކުުރުމަށް ކުރެވެންހުރި ކޮންމެ މަސައްކަތެއް އެމެރިކާއިން ކުރާނެ"ޑްރާފްޓް ކޮށްފައިވާ ތަގުރީރުގައި ވާކަމަށް ރޮއިޓަރސްއިން ބުނެއެވެ.

އެމެރިކާގެ ހަތިޔާރު އެޅި ފައުޖުތަކާއި ސީއައިއޭގެ އޮފިޝަލުން އަފްޣާނިސްތާނުގައިތިބި ގައިދީންނަށް އަނިޔާކޮށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަމަށް ބެލެވޭކަމަށް އައިސީސީން 2016  ވަނަ އަހަރުވަނީ ބުނެފައެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާތަކާއި، ނަސްލުު ނެތިކޮށްލުމުގެ އަމަލުތައް ބަލައި އަދަބު ކަނޑައެޅޭނެ ދާއިމީ ކޯޓެއްގެ ގޮތުގައި ދުނިޔޭގައި ފުރަތަމަ ގާއިމް ކުރެވިގެން ދިޔައީ އައިސީސީއެވެ. 2002 ވަނަ އަހަރު އުފެދުނު މިކޯޓުގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 120 އަށްވުރެ ގިނަ ގައުމު އެބަތިއްބެވެ.

ދުނިޔޭގެ ބޮޑެތި ބާރުތައްކަމަށްވާ އެމެރިކާ، ރަޝިއާ އަދި ޗައިނާއިން އެ ކޯޓުގެ މެމްބަރަކަށް ނުވެއެވެ.

އެމެރިކާގެ ވޮޝިނގްޓަންގައި ހުންނަ ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަންގެ އޮފީސް ބަންދުކުރާނެކަންވެސް ބޯލްޓަން އިއުލާނުކުރައްވާނެކަމަށް ބެލެވެއެވެ. 

އެ އޮފީސް ބަންދުކުރަނީ އިސްރާއީލުގެ ޖަރީމާތައް އެ ކޯޓް މެދުވެރިކޮށް ތަހުގީގު ކުރުމަށް ފަލަސްތީނުން މަސައްކަތް ކުރަމުންދާތީއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް