13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީން ރާއްޖެޓީވީއާ ދެކޮޅަށް ބްރޯޑްކޮމަށް މައްސަލަ ހުށަހަޅައިފި

  • މައްސަލަ ހުށަހެޅި އިންތިހާބީ ހައްގު ގެއްލުނު ކަމަށް ބުނެ
  • ހައްގު ގެއްލުނީ ތެލާ ގުޅޭ ޕްރެސް ކޮންފަރެންސާ ގުޅިގެން
  • ފުލުހުންނާއި އީސީއަށް ވެސް މައްސަލަތަކެއް ހުށަހަޅާނެ: ވަކީލުން
ޙުސައިން ޙަސަން | hucenhassan

| 10 ސެޕްޓެންބަރ 2018 | ހޯމަ 18:30 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


ރައީސް އަބްދުﷲ ޔާމީން: ރާއްޖެޓީވީއާ ދެކޮޅަށް ވަނީ މައްސަލަ ހުށަހަޅާފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައި ހަލާސްކުރިތާ 48 ގަޑިއިރު ނުވަނީސް، ރައީސް އަބްދުﷲ ޔާމީން ރާއްޖެޓީވީއާ ދެކޮޅަށް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ރާއްޖެޓީވީއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެމަނިކުފާނުގެ އިންތިޚާބީ ހައްގުތަކާއި ޒާތީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެއެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ބްރޯޑްކޮމަށް ހުށަހެޅި ގާނޫނީ ވަކީލުންތަކެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން، ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން، ގާނޫނީ ވަކީލު އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވީ މި މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސެއް ރާއްޖެޓީވީން ގެނެސްދީފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އަބުރުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބްރޯޑްކޮމްއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްބާސް އިޝާރާތް ކުރެއްވި ޕްރެސް ކޮންފަރެންސަކީ ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ ގޮތުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މި މަހު ތިނެއްގައި ބޭއްވި ޕްރެސް ކޮންފަރެންސެވެ.

"ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައި ވާތީ، މައްސަލަތައް ތަހުގީގުކޮށް އެކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅައިދިނުމަށް، އަޅުގަނޑުމެން ބްރޯޑްކޮމްގައި ވެސް ވެސް ދަންނަވާފައި މިހާރު ވާނީ،" ތިން ގާނޫނީ ވަކީލަކު ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގައި އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގައި އެމްޑީޕީއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އޭގެ އިތުރުން އެ މައްސަލާގައި ޖިނާއީ ކަންތައްތަކެއް ހިމެނޭ ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމާ ގުޅިގެން އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ވާހަކަތަކުގެ ސަބަބުން އިންތިހާބީ ހައްގަށް ބުރޫއަރާފައި ވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

ރައީސް ޔާމީން، ރާއްޖެޓީވީއާ ދެކޮޅަށް ބްރޯޑްކޮމްއަށް މައްސަލަ ހުށަހަޅާފައި ވަނީ ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ފައިސާ ދެއްކިތާ 48 ގަޑިއިރު ނުވަނީސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަހުމަދު

3 މަސް ކުރިން

ރައްޔަތުންނާ ދެކޮޅައް ކުރާ ދައޮވާއެއް ކޮންމެ ފަހަރަކު ރައްޔަތުން މިލާރި ދައްކަނީ

0
0