24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

ރިޔާސީ އިންތިހާބު 2018

އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ހަމަނުޖެހުން ހިންގަން ބަޔަކު ރާވާފައިވާ ކަމަށް ފުލުހުން ބުނެފި

  • އިންޓެލިޖެންސް އާއި ތަހުގީގަށް އެނގިފައިވާ ކަމަށް ބުނި
  • ބޭނުމަކީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ދެއްކުން: ފުލުހުން
  • އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނި
ޙުސައިން ޙަސަން | hucenhassan

| 10 ސެޕްޓެންބަރ 2018 | ހޯމަ 18:23 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ފުލުހުންގެ ސްކޯޕްސްޕާސަން ސުޕްރިޓެންޑެންޓް އަހުމަދު ޝިފާން: އޭނާ އިއްވައި ދިނީ ބަޔާނެއް -- ފޮޓޯ: މުހައްމަދު ޝަރުހާން

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ހަމަނުޖެހުން ހިންގަން ބަޔަކު ރާވާފައިވާ ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ބަޔާނެއް އިއްވަމުން، ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިޓެންޑެންޓު އަހުމަދު ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އެކަން ފުލުހުންގެ އިންޓަލިޖެންސަށާއި ތަހުގީގަށް އެނގިފައިވާ ކަމަށާއި އެއީ އިންތިހާބަށް ހުރަސް އެޅުމަށް ރާވާފައިވާ ކަންތައްތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވި ގޮތުގައި މީގެ ހަ އަހަރު ކުރިން 2012 ވަނަ އަހަރުގެ، ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ރާއްޖޭގައި ހިންގިފަދަ އަމަލުތަކެއް އަނެއްކާވެސް ހިންގައި އެކަން ތަކުރާރު ކުރަން އުޅޭ ކަމަށާއި އެކަމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމާ ގުޅިގެން، ފެބްރުއަރީ 8، 2012 ވަނަ ދުވަހު ހަވީރު އެމަނިކުފާނަށް ތާއިދުކޮށް މާލޭގެ މަގުތަކަށް ނުކުތް ދިވެހި ރައްޔިތުންނަށް ފުލުހުން ފުލުހުން ބޮޑެތި އަނިޔާތަކެއް ދިނުމާ ގުޅިގެން ބައެއް ރަށްރަށުން ފުލުހުން ބޭރުކޮށް، ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިންގައި، އަދި ފުލުހުންގެ ބައެއް ރަށްރަށުގައި ހުރި އިމާރާތްތަކުގައި ހުޅުޖެހި އެވެ. 

"ކުރިން ފެނިފައިވާ ފަދައިން، ބައެއް ނުރައްކާތެރި އަމަލުތައް، އަދި ބައެއް ބިރުވެރި މަންޒަރުތައް، ތަކުރާރުކުރުމަށް ބައެއް ފަރާތްތަކުން، ރާވަމުންދާ ކަމުގެ މައުލޫމާތު އަޅުގަނޑު ކުރިން ފާހަގަކޮށްލި ގޮތަށް [އިންޓެލިޖެންސް އަދި ތަހުގީގަށް] ލިބިފައިވާކަން ފާހަގަކޮށްލަން. މީގެ އިތުރުން އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން، ބައެއް އަމަލުތައް ހިންގަން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ވަނީ ލިބިފައި،" ނޫސްވެރިންނަށް ސުވާލު ކުރެއްވުމުގެ ފުރުސަތު ނުދެއްވައި ޝިފާން އިއްވެވި ބަޔާނުގައި ވިދާޅުވި އެވެ. 

ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން، ހަމަނުޖެހުން ހިންގަން ރާވާފައިވާތީ، އެފަދަ އެއްވެސް ކަމަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަންތައްތަކަށް ހިތްވަރު ދޭ ފަރާތްތަކާމެދު ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އިންތިހާބާ ގުޅިގެން ހަމަނުޖެހުން ހިންގަން ރާވާފައި ވަނީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެއެވެ. އެފަދަ ހަމަނުޖެހުން ހިންގަން އުޅެނީ ކޮން ތަނެއްގައި ކަމެއް، އަދި އެކަން ކުރަން އުޅޭކަމުގެ ތުހުމަތަކަށް މީހަކު ހައްޔަރު ކުރި ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް