18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޔޫރަޕިއަން ޔޫނިއަން

ފިޔަވަޅު އަޅާ މީހުންގެ ލިސްޓާއި އަޅާނެ ފިޔަވަޅުތައް އިންތިހާބުގެ ކުރިން ހާމަކުރުމަށް އީޔޫއަށް ލަފާ ދީފި

 • ހުސް ލިސްޓެއް އާންމުކޮށްފައި އޮތުމުން އީޔޫ ސީރިއަސް ނޫން ކަމަށް ދަނީ ބުނަމުން
 • ރާއްޖޭގެ ހާލަތު ކުރިން އަންދާޒާ ކުރެވުނު ވަރަށް ވުރެ ގޯސް
 • އިންތިހާބީ ނިޒާމަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކުގެ ހެކި ވަނީ އާންމުވެފައި
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ސެޕްޓެންބަރ 2018 | ހޯމަ 17:51 | |

މަގުބޫލް

 1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 5. ޕްރިޔަންކާ އިނީ ބަލިވެ؟
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައީސް ޔާމީން ވޯޓް އަޅުއްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތަކުގެ ލިސްޓު އިންތިހާބުގެ ކުރިން ހާމަކޮށް، އެ ފަރާތްތަކަށް ވަރުގަދަ މެސެޖެއް ދިނުމަށް ޔޫރަޕްގެ އިއްތިހާދު(އީޔޫ) އަށް، ސައުތް އޭޝިއޭ ޑިމޮކްރެޓިކް ފޯރަމް(އެސްއޭޑީއެފް) އިން ލަފާ ދީފިއެވެ.

މިފަދަ ލަފާއެއް އީޔޫއަށް ދީފައި މިވަނީ، ސައުތް އޭޝިއާ ޑިމޮކްރެޓިކް ފޯރަމްއާއި ވިމެންސް އިކޮނޮމިކް އެންޑް ސޯޝަލް ތިންކް ޓޭންކް ގުޅިގެން ރާއްޖޭގެ ހާލަތު ބެލުމަށް ޒިޔާރަތްކުރި ފެކްޓް ފައިންޑިންގ މިޝަންގެ ދަތުރަށް ފަހު އެކުލަވާލި ރިޕޯޓުގައެވެ.

ފެކްޓް ފައިންޑިންގ މިޝަންގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވަނީ، ޔޫރަޕިއަން ޕާލިމެންޓުގެ ތިން މެންބަރުން ކަމަށްވާ ތޯމަސް ޒްޗޯސްކީއާއި މާރިއާ ގެބްރިއޭލާ ޒޯނާއާއި ރީޒާޑް ސާރްނެކީގެ އިތުރުން ޔޫރަޕިއަން އިކޮނޮމިކް އެންޑް ސޯޝަލް ކޮމެޓީ(އީއީއެސްސީ) ގެ ދެ މެންބަރުން ކަމަށްވާ މާދީ ޝަރްމާއާއި ހެންރީ މެލޫސް އެވެ.

ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު އެ މިޝަން އިން އެކުލަވާލާފައިވާ 19 ގަނޑުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ހާލަތު ކުރިން ބެލެވުނު ވަރަށް ވުރެ ގޯހެވެ. އަދި އިންތިހާބާއި ހަމައަށް ކުރިއަށް މިއޮތް ދުވަސްތަކުގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފިޔަވަޅު އަޅާނެ ކަމުގެ ފްރޭމްވޯކެއް އީޔޫއިން ނެރުމުން އެކަމުގެ އަސަރު ފެންނަމުންދެއެވެ. އެހެންނަމަވެސް، ޑިމޮކްރެޓިކް ނިޒާމަށް ސަރުކާރުން ދެމުންދާ ހަމަލާތަކާއި އޮޅުވާލުންތައް ހުއްޓުމަކަށް އައިސްފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެހެންކަމުން އިންތިހާބުގެ ކުރިން، ވަރުގަދަ މެސެޖެއް ދިވެހި ސަރުކާރަށް ދޭންޖެހޭ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އިންތިހާބު އޮޅުވާލައިފިނަމަ ނުވަތަ އެއްވެސް ގޮތަކުން މަކަރެއް ހަދައިފިނަމަ، އެކަމުގައި ބައިވެރިވާ ފަރާތްތަކާމެދު ވަކިވަކިން އަޅާނެ ފިޔަވަޅުތަކުގެ ލިސްޓެއް އިންތިހާބުގެ ކުރިން އާންމުކުރުމަށް ލަފާދީފައިވެއެވެ. 

އެ ރިޕޯޓުގައިވާ ގޮތުގައި، ބައިނަލްއަގްވާމީ ފިޔަވަޅުތަކުގެ އަސަރެއް ކުރާނީ، ފިޔަވަޅު އަޅާ ލިސްޓުގައި ހިމެނޭ ފަރާތްތައް ދުރާލާ އެންމެންނަށް ހާމަވެގެންނެވެ. އީޔޫގެ ފްރޭމްވޯކާއެކުގައި ނެރުނު ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓު ހުސްކޮށް އޮތުމުގެ ސަބަބުން، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން އެކަމުގެ ބޭނުން ހިފަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ. އެގޮތުން، ފިޔަވަޅު އެޅުމާއި މެދު އީޔޫ ސީރިއަސް ނޫން ކަމަށް ބުނެ ވާހަކަ ފަތުރަމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާތަން ބައިނަލްއަގްވާމީ މުޖުތަމައުއިން ބަލަން ބޭނުންވާނަމަ، ދެފުށްފެންނަ ފަދަ ގޮތަކަށް ހުރިހާ މަރުހަލާއެއް ގެންދިއުމަށް ބާރުއަޅަން ގޮވާލާފައިވެއެވެ. އަދި، މަކަރު ހަދައި އޮޅުވާލައިފިނަމަ އަޅާނެ ފިޔަވަޅުތައް ކުރިއާލައި އާންމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފައިވެސް ވެއެވެ.

މީގެއިތުރުން، އިންތިހާބީ ނިޒާމަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތަކާއި އެފަދަ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ހެކިތަކެއް އާންމުވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ރީރެޖިސްޓަރ ކުރުމުގައި އޮޅުވާލުންތައް ހުރިކަމާއި، ބިރުދެއްކުމާއި އޮޅުވާލުމުގެ އަމަލުތަކުގެ ހެކި ފެންނަން އެބަހުރި ކަމަށް ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފެކްޓް ފައިންޑިންގ މިޝަންގައި ރާއްޖެ ޒިޔާރަތްކުރެއްވި ދެ މެންބަރަކަށް، ރާއްޖެ ޒިޔާރަތް ކުރުމުގެ ކުރިންނާއި ރާއްޖެއިން ފުރާވަޑައިގެންނެވި ފަހުން ވެސް ޓްވިޓަރ މެދުވެރިކޮށް އިންޒާރުދީ ބިރުދައްކާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހާމަ

5 މަސް ކުރިން

މަކަރު ހަދަން ރާވާފައި ނެތްނަމަ ވޯޓްފޮށިދޮށުގައި ހަމައެކަނި ޕީ.ޕީ.އެމް މީހުން ބައިތިއްބަންޖެހޭ އެއްވެސް ސަބަބެއްނެތް. ހުރިހާޕާޓީތަކަށް ހަމަހަމަ ފުރުސަތު ދިންނަމަ ހަމަގައިމު އެހެންބުނުމުގެ ފުރުސަތު ރައްޔިތުންނަކަށް ނޯންނާނެ.ވޯޓްލާމަރުކަޒުގައި އޮފިޝަލުންނަށް ތިބޭ މީހުންނަކީ ފަންނީ މަސައްކަތްތަކެއް ކުރާބައެއް. އެތަނަށް ޙަޤީޤަތުގައި ލާންޖެހޭނީ އެކަމަށް އެދި ހުށަހެޅިމީހުންގެ ތެރެއިން އެކަމަށް އެންމެ ޤާބިލް މީހުން.އެކަމު ޕީ.ޕީ.އެމް ޖަގަހަ ހަދާފައިވާ ގޭގޭގެ އޯނަރުން ފޮށީގެ އެންމެ އިސްމީހުންނަށް ލީމަ ރައްޔިތުން އެކަމަށް ފާޑުކިޔާނެ!

0
0