22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޕާކިސްތާނުގެ ރައީސް

ޕާކިސްތާނުގެ އާ ރައީސް ހުވާ ކުރައްވައިފި

  • އާރިފް އަކީ ޕާކިސްތާނުގެ 13 ވަނަ ރައީސް
  • އާރިފްގެ އުމުރުފުޅުން 69 އަހަރު
  • އާ ރައީސް އަކީ ޕާކިސްތާނުގެ ވެރިކަން ކުރާ ތަހްރީކޭ އިންސާފު ޕާޓީގެ އެއް ފައުންޑިންގ މެމްބަރ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 10 ސެޕްޓެންބަރ 2018 | ހޯމަ 17:18 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ޕާކިސްތާނުގެ ރައީސްކަމަށް އިންތިޚާބުވި އާރިފް އަކީ ބޮޑުވަޒީރު އިމްރާންގެ ގާތް ރަހްމަތްތެރިއެއް -- އޭއެފްޕީ

ޕާކިސްތާނުގެ އާ ރައީސް އާރިފް އަލްވި މަގާމުގެ ހުވާ ކުރައްވާފިއެވެ.

ޕާކިސްތާނުގެ ވެރިކަން ކުރާ ތަހްރީކޭ އިންސާފު ޕާޓީގެ އެއް ފައުންޑިންގ މެމްބަރ އަދި އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގާތް ރަހްމަތްތެރިޔާ އާރިފް ރައީސް ކަމުގެ ހުވާ ކުރައްވާފައިވަނީ އާދީއްތަ ދުވަހުއެވެ.

އާރިފްއަށް ރައީސްކަމުގެ ހުވާ ލައިދެއްވީ، ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު މިއާން ސާގިބް ނިސާރެވެ.

ޑެންޓިސްޓަކަށް އުޅުއްވި 69 އަހަރުގެ އާރިފް އަކީ ޕާކިސްތާނުގެ 13 ވަނަ ރައީސްއެވެ. އާރިފް ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތްއިރު ކުރީގެ ރައީސް މަމްނޫން ހުސެއިންގެ ފަސް އަހަރުގެ ދައުރު ހޮނިހިރު ދުވަހަށް ވަނީ ހަމަވެފައެވެ.

ރިޔާސީ ގަނޑުވަރުގައި ބޭއްވި ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރަށް ބޮޑުވަޒީރު އިމްރާނާއި، ސިފައިންގެ އިސްވެރިޔާގެ އިތުރުން ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އާރިފް ރައީސްކަމުގެ އިންތިޚާބު ކާމިޔާބުކުރެއްވީ ދެ ކެންޑިޑޭޓުންނާއި ވާދަކޮށްގެނެވެ. އާރިފް އަކީ ކުޑައިރުއްސުރެން އިންސާނުންގެ ހައްގުތަކަށް ވަކާލާތު ކުރަމުން އަންނަ ބޭފުޅެކެވެ. 1969 ވަނަ އަހަރު އެމަނިކުފާނު ވަނީ ކިޔަވާކުދިންގެ ޔޫނިއަންގެ ރައީސް ކަން ވެސް ކުރައްވާފައެވެ. އަދި އެގައުމުގެ ލާހޯރުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި ހަށިކޮޅަށް ވަޒަންވެސް އަރާފައިވެ އެވެ. މިއަދާ ހަމައަށް ވެސް ކަނާއަތުގައި އެއް ވަޒަން އިދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް