23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

  • ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ވެރިނަން މި ކެއުން ވެގެންދިޔައީ ވަރަށް ކަމުދާ ކެއުމަކަށް
މުހަންމަދު ވިސާމް | sampathmasiw

| 10 ސެޕްޓެންބަރ 2018 | ހޯމަ 15:07 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ވަންދޫ ރައްޔިތުން ފައިސަލްއަށް ތައްޔާރުކޮށްފައިވާ މެންދުރުގު ފަރިއްކޮޅު -- ފޮޓޯ: ރާއްޖެ އެމްވީ

"ޖަޒީރާ ރާއްޖެ" ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެމްޕެއިން ހަރަކާތަށް ކުރިއަށް ގެންދަނީ ފޯރީގައެވެ. ކެމްޕެއިން ޓީމްތައް ރަށްތަކަށް ވަޑައިގަތުމުން އެ ޓީމްތަކަށް ކިޔަމުންދާ މަރުޙަބާ ވެސް އެކި ރަށްތަކުން ތަފާތެއެވެ. ސަގީފީ ކުޅިވަރުތަކާއި އެކީގައެވެ. ޖަޒީރާވަންތަ ކަމާއި އެކީގައެވެ. ރަށްފުށުގެ އަދާކާދަ ދިރުވުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް ތ އަތޮޅު ވަންދޫއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގމޭޓް ފައިސަލް ވަޑައިގަތުމުން އެރަށު އަންހެންވެރިން އެމަނިކުފާނަށް އެރުވީ ބޮޑު މަލާފަތެކެއެވެ. އެއީ މަރުޙަބާ ދެންނެވުމުގެ ގޮތުން އެމަނިކުފާނަށް ވެދުން ކުރި މަލާފަތެއް ނޫނެވެ. މެންދުރުގެ ފަރިއްކޮޅު ތައްޔާރުކޮށްފައިވާ މަލާފަތެއެވެ. ވަންދޫ މީހުން މިކަމަށް ކިޔާ އުޅެނީ "ބޮޑު ކެއުން" އެވެ.

އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅޭ ވަންދޫގައި ފައިސަލްއަށް މެންދުރުގެ ފަރިއްކޮޅު ތައްޔާރުކޮށްފައި ވަނީ އެރަށު މަސްވެރިންގެ ހިތްވަރުގައެވެ. އެތަނަކީ ވެސް އެތަށް ގޮތަކުން އެރަށުގެ މީހުންނަން ހާއްސަ ތަނަކެވެ. އެވޭލާ ޒަމާނުގައި ތ އަތޮޅުގެ ބައެއް ރައްޔިތުން މާލޫދު ކިޔުމަށް އައިސް ތިބޭ ތަނެއެވެ. މާލޫދު ކިޔެވުމަށް ފަހު މިހާރު މަސްވެރިންގެ ހިތްވަރު ހުރިތަނުގައި ބޮޑު ކެއުން ކައިއުޅޭ ކަމަށް އެރަށުގެ ދުވަސްވީ މީހުން ބުނެއެވެ. މިވާހަކަ ވެސް ދައްކާލަން މި ޖެހުނީ ފައިސަލްއަށް ވެސް ކެއުން ތައްޔާރުކޮށްފައި ވަނީ އެތަނުގައި ކަމަށްވާތީއެވެ.

ވަންދޫ ރައްޔިތުން ފައިސަލްއަށް ތައްޔާރުކޮށްފައިވާ މެންދުރުގު ފަރިއްކޮޅު

ކޮންމެއަކަސް މަލާފަތާއި އެކު ކެއުމަށް ތައްޔާރުކޮށްފައިވާ ތަކެތި އަތުރާލާފައި ވަނީ ބިންމަތީގައި އަޅާފައިވާ ފޮތި ގަޑެއްގެ މަތީގައެވެ. ކެއުމަށް ތައްޔާރުކޮށްފައިވާ އެއްޗިއްސަށް ފޮތިން އޮޅާފައިވާތީ އެއީ ކޯއްޗެއްކަމެއް ނޭނގެއެވެ. ފައިސަލް އާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މެންދުރުގެ ކެއުމަށް ވަޑައިގެން، އެތަނުގައި އިށިންދެވަޑައިގެންނެވިއެވެ. އެއަށްފަހު ކެއުން ފެއްޓުވުމުގެ ގޮތުން ފައިސަލް މާލާފަތުގައި އޮޅާފައިވާ ފޮތި ގަނޑު ނިއުޅުވާލެއްވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށު ދުވަސްވީ މީހެން ބުނީ، މިފަދަ އެކުމެއް ފައިސަލް އަށް ތައްޔާރުކުރީ އިހުގައި އެރަށުގެ މީހުން އެކަން ކުރާ ގޮތް ދައްކާލުމުގެ ގޮތުންނެވެ. އަދި އެކަމަށް އެރަށުގެ އަންހެންވެރިންނަށް ބަތާއި، އިހުގެ ކެއުމަށް ބޭނުންކުރާ އަލަ ފަދަ ތަކެތީގެ އިތުރުން ފިހުނުމަސް، ކުކުޅު ރިހަފަދަ ތަކެތި ތައްޔާރުކޮށްފައިވެއެވެ.

ވަންދޫ ރައްޔިތުން ފައިސަލްއަށް ތައްޔާރުކޮށްފައިވާ މެންދުރުގު ފަރިއްކޮޅު

ތ އަތޮޅުގެ 13 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން މި ދަތުރުފުޅުގައި ވަންދޫން ފައިސަލް އަށް ތައްޔާރުކުރި ފަރިއްކޮޅު ވެގެންދިޔައީ އެންމެންގެ ދަތުރުވަރުބަލިކަން ފިލައިގެންދިޔަ ފަރިއްކޮޅަކަށެވެ. މިއީ ފަހަކަށް އައިސް ކެމްޕެއިން ދަތުރުފުޅުގައި ފެނިގެންދާ ތަފާތު މަންޒަރަކެއެވެ. ފައިސަލް ވަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެރަށު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާން ވަނީ ހުުޅުއްވާދެއްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް