16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ ރޭސް 2018

ވޯޓު ލިސްޓްގައި ފޮޓޯ ޖަހައިދިނުމަށް އެމްޑީޕީން އެދިއްޖެ

  • އެމްޑީޕީން އެގޮތައް އެދުނީ އިލެކްޝަނަށް ފޮނުވި ސިޓީއެއްގައި
  • ފޮޓޯ ޖަހަން އެދުނީ ފޮޓޯ ނުޖަހާ ގޮތަށް ހެދުމުން ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދާތީ
އަހުމަދު މުހުސިނު | dhonbandaara

| 10 ސެޕްޓެންބަރ 2018 | ހޯމަ 14:49 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން: ލިސްޓްގައި ފޮޓޯ ޖަހައިދިނުމަށް ވަނީ އެދިފައި -- ފޮޓޯ: ރާއްޖެ އެމްވީ

ވޯޓުލާ މީހުންގެ ލިސްޓްގައި ފޮޓޯ ޖަހައިދިނުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

އެމްޑީޕީން މިކަމަށް އެދިފައި ވަނީ އެޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ސޮއިކުރައްވައި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއެއްގައެވެ.

އެމްޑީޕީން އެޕާޓީގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި އެޓޭޗްކޮށްފައިވާ އެސިޓީގައި ބުނެފައި ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓްގައި ފޮޓޯ ހިމަނަން ނުޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާތީ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދާ ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވެސް ވޯޓްލާ މަރުކަޒުގައި، އެ މަރުކަޒެއްގައި ވޯޓް ލުމަށް ރަޖިސްޓްރީވެފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އެކުލަވާލާފައި ވަނީ އެ މީހުންގެ ފޮޓޯ ހިމަނައިގެން ކަމަށެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްގައި ފޮޓޯ ނުހިމެނުމަކީ އިންތިހާބުގައި އޮޅުވާލައިގެން ވޯޓު ދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ސިޓީގައިވެއެވެ.

އެމްޑީޕީގެ ސިޓީގައި ބުނެފައި ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަކީ ގާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް މަތިކުރުވާފައިވާ ޒިންމާއެއް ކަމަށެވެ. ވީމާ މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދިނުމަށްޓަކައި މީގެ ކުރިން ވެސް އަމަލުކުރަމުން އައިގޮތަށް އިންތިހާބީ މަރުކަޒުތަކުގައި ބަހައްޓާ ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބަދަލުކޮށް ދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އިންތިޚާބާ ބެހޭ ޤާނޫނަށް ގެނައި ބަދަލާއެކު ހެދި ޤަވާއިދު ފުރަތަމަ ގެޒެޓްކޮށްފައިވަނީ ފޮޓޯ ޖަހަން ޖެހޭ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ އެޤަވާއިދުން އެމާއްދާ އުނިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Oops

5 މަސް ކުރިން

Oops ....sorry

0
0