23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ިރިޔާސީ އިންތިޚާބު 2018

ގުނުމުގައި ފޭކް ކަރުދާސްކޮޅެއް ހިމަނާފައެއްނުވާނެ: ފުއާދު

  • އޮފިޝަލުންނާ ސެކިއުރިޓީ ފީޗާރސްތައް ހިއްސާކުރީ ވޯޓް ގުނަން ފެށުނު ވަގުތު
ހައްވާ މުހައްމަދު | @hawwimd

| 10 ސެޕްޓެންބަރ 2018 | ހޯމަ 14:43 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އިލެކްޝަންސް ކޮމިޝަނުގެ ރައީސް -- ފޮޓޯ: އަޒުމޫން އަހުމަދު

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ފޭކް ވޯޓް ކަރުދާސްކޮޅެއް ގުނުމުގައި ހިމަނާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން 8 ސެޕްޓެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
، ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ 2013 ގެ ރިޔާސީ އިންތިޚާބުގައި ފޭކް ވޯޓް ކަރުދާސްކޮޅު ތަކެއް ފެނި އެ ގުނުމުގައި ހިމަނާފައިވާ ކަމަށެވެ. އެކަމަށް އިޝާރާތްކުރައްވައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގައި ފެނިފައި ވަނީ ފޭކް އެންމެ ވޯޓް ކަރުދާސް ކޮޅެއް ކަމަށާއި، އެ ގުނުމުގައި ހިމަނާފައި ނުވާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބުގައި ވޯޓް ކަރުދާސްކޮޅުގައި ވަރުގަދަ ސެކިއުރިޓީ ފީޗާރސްތަކެއް ހިމަނާފައި ވާތީ، ވަގު ހަދަން މަސައްކަތްކުރި މީހުންނަށް އެ ފުރުސަތު ލިބިގެން ގޮސްފައި ނުވާ ކަމަށެވެ. ފުއާދު ވިދާޅުވީ ފޭކް ވޯޓް ކަރުދާސްތަކެއް ލީކްވެދާނެތީ އެ ފަހަރު ވޯޓް ކަރުދާސްތަކުގައި ހިމަނާފައިވާ ސެކިއުރިޓީ ފީޗާރސްތައް ފޮށި ކައިރީގައި ހަރަކާތްތެރިވި އޮފިޝަލުންނާ ހިއްސާކުރެއްވީ ވޯޓް ގުނަން ފެށުނު ވަގުތު ކަމަށެވެ. އަދި ފޭކް ވޯޓް ކަރުދާސްކޮޅުތައް ގުނުމުގައި ނުހިމެނުމަށް ފޮށިތަކުގެ ކައިރީގައި ތިބޭ އޮފިޝަލުންނަކީ އެއްވެސް ސިޔާސީ ކުލައެއް ޖެހިފައިނުވާ މިނިވަން ބަޔަކަށްވާން ޖެހޭނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ވޯޓް ކަރުދާސްކޮޅުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮންމެހެން ވަކި ޓޫލެއް ބޭނުންކުރަން ނުޖެހޭނެ ކަމަށާއި، ވޯޓް ކަރުދާސްކޮޅުގެ ސައްހަކަށް ކަށަވަރު ކުރުމަށް ޕްރިންޓްކޮށްފައި ހުންނަ ކަރުދާސްކޮޅުގެ ކުލައިން ވެސް އެކަން އެގިގެންދާނެ ކަމަށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައި ވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި، އެގޮތުން ފޭކް ވޯޓް ކަރުދާސް ދައުރުވިޔަ ނުދިނުމަށް ކޮމިޝަނުން ޗާޕަށް ފޮނުވީ ވެސް ކޮންމެ 100 ކަރުދާސްކޮޅަކަށް އިތުރަށް އެންމެ ކަރުދާސްކޮޅެއް ކަމަށެވެ. ފުއާދު ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބު އޮތް ހާލަތާއި، މިހާރު އޮތް ހާލަތު ވަރަށް ތަފާތު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން 8 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވެފައި ވަނީ، މި މަހު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ގުނާނީ ކޮންމެ ވޯޓު ކަރުދާސްކޮޅެއް އެއީ ސައްހަ ކަރުދާސްކޮޅެއްތޯ ބެލުމަށް ފަހުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ގޮތަށް އަމަލުކުރަން ޖެހުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފޭކް ވޯޓް ކަރުދާސްކޮޅުތަކެއް ވޯޓް ފޮށިން ފެނި އަދި ގުނުމުގައި ހިމެފައިވާތީ ކަމަށެވެ. ވޯޓް ގުނުމުގައި ވޯޓް ކަރުދާސްކޮޅު ސައްހަކަން ބެލުމަށް ހަމަޖެހިފައި ވާތީ ގުޅިފައިވާ ޕާރޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މާރިޔާ ވިދާޅުވީ ވޯޓް ލާންދާ މީހާއަށް ވޯޓްލުމުގެ ކުރިން އޭނާ އަތުގައި އޮތް ކަރުދާސްކޮޅު އެއީ ސައްހަ ކަރުދާސްކޮޅެއްކަން އެގެންޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް