16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ ރޭސް 2018

ވޯޓުލުމުގެ ކުރިން ކަރުދާސް ޗެކްކުރޭ، ފަހުން ޗެކް ކުރުން ބަލައެއް ނުގަނެވޭނެ: ޕާޓީތައް

  • ވޯޓު ކަރުދާސްކޮޅު ދެނީ އިލެކްޝަނުން
  • ދިނުމުގެ ކުރިން ޗެކް ކުރޭ
  • ވޯޓު ލުމަށް ފަހު ގުނުން ނޫން ގޮތެއް ނޯންނާނެ
އަހުމަދު މުހުސިނު | dhonbandaara

| 10 ސެޕްޓެންބަރ 2018 | ހޯމަ 14:27 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


މާރިޔާ އަހުމަދު ދީދީ ޕްރެސް ދެއްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރުމަށް ޗެކްކުރާނެ ވަރަކަށް ޗެކްކުރުމަށާއި ވޯޓު ލުމަށް ފަހު ވޯޓު ގުނުން ލަސްކޮށް އަލުން ޗެކްކުރާ ނަމަ ކަންބޮޑުވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ވޯޓުލާ ނިމުމަށް ފަހު ވޯޓު ގުނުމުގެ ކުރިން ވަކި ޑިވައިސްއެއް ބޭނުން ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ވޯޓު ކަރުދާހަކީ އިލެކްޝަނުން ތައްޔާރުކުރާ އެއްޗަކަށް ވާއިރު އޭގެ ސައްހަކަމާ މެދު އެބޭފުޅުން އަމިއްލައަށް ސުވާލު އުފައްދައި ނަފްސާ މެދު އިތުބާރު ނުކުރުމަކީ މައްސަލައެއް ކަމަށެވެ. ވޯޓުލާން ކަރުދާސްކޮޅު ދިނުމުގެ ކުރިން ޗެކްކުރާނެ ވަރަކަށް ޗެކްކުރުމުގެ މައްސަލައެއް ނެތް ކަމަށާއި އެ ބޭފުޅުންނަށް އިތުބާރު ނުކުރެވޭ ކަމަށް ހާމަކުރުމަކީ ރައްޔިތުންގެ މެދުގައި އިތުރަށް ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ވޯޓު ގުނުމުގެ ކުރިން ވަކި ޑިވައިސްއަކުން ޗެކްކޮށްފައި އޭގެ ތެރެއިން ސައްޙަ ކަރުދާސްކޮޅުތަކޭ ގުނުއްވާނީ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރާ ގޮތެއް ނޫން. އިލެކްޝަންސް އޮފިޝަލުން އެތާ ތިއްބަވަނީ. އިލެކްޝަނުން ފޮނުއްވާ ކަރުދާސްކޮޅެއް މީހުން ބޭނުން ކުރަނީ. އިލެކްޝަނުން އެކަރުދާސްކޮޅު ސައްޙަކަމަށް ބައްލަވާކަމަށް ވަންޏާ މީހާޔަށް އަތައް ދެއްވުމުގެ ކުރިން އެބެއްލެވޭނެ. އެފޮށިތެރޭގައި އޮތް ކަރުދާސްކޮޅެއް ނޫން އެބޭފުޅުން ބައްލަވަންވީކީއެއް. އެބޭފުޅުންދޭ ކަރުދާސްކޮޅުގައި މި ވޯޓް ޖަހަނީ. އެބޭފުޅުން ސައްޙަތޯ ބައްލަވަންޏާ ބައްލަވަންވީ. އެބޭފުޅުންގެ ނަފްސާ ދޭތެރޭގައި އިތުބާރު ނެތިގެން މިހާރު އެ އުޅުއްވަނީ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެކަމުން ދޭހަވާ އެއްކަމަކީ ވޯޓު ފޮށްޓާ ހަމައަށްދާ ކަރުދާސްކޮޅަކީ ސައްޙަ ކަރުދާސްކޮޅެއްކަން ކަށަވަރު ނުވުން ކަމަށާއި އެކަމަކީ އަޖައިބުވާން ޖެހޭވަރުގެ ކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ވޯޓުލާ މަރުކަޒަށް ފޯނު ފަދަ އެއްވެސް އެއްޗެއް ނުވެއްދޭ ކަމަށާއި ވޯޓުލާން ދަނީ އެންމެނަށް ފެންނަ ގޮތަށް ކަމަށެވެ. ވޯޓުލާން އޮންނަނީ އިލެކްޝަނުން ތައްޔާރުކޮށްފައި ވަކިގޮތަކަށް އޮންނަ ވޯޓު ކަރުދާސްކޮޅަކަށް ވާއިރު އެއީ އެހެން ކަރުދާސްކޮޅެއް ކަމަށް ހީކޮށް އެއީ ސައްޙަ ނޫން ކަރުދާސްކޮޅެއް ކަމަށް ވިދާޅުވާނެ އެއްވެސް ޖާގައެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ. 

"އެހެންވީމާ އެކަރުދާސްކޮޅަކީ އެއީ އެހެން ކަރުދާސްކޮޅެއް ކަމަށް ހީކޮށް އެއީ ސައްޙަ ކަރުދާސްކޮޅެއް ނޫން ކަމަށް ވިދާޅުވާނެ އެއްވެސް ޖާގައެއް ނެތް. މީހާއަށް ވޯޓު ކަރުދާސްކޮޅު ދެއްވުމުގެ ކުރިން ޗެކްކުރަންވީ. މީހާ ވޯޓު ޖެހީމާ ހަމައެކަނި ކުރައްވަން ޖެހޭނެ ކަމަކީ ވޯޓު ގުނުން،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ އިހްތިޖާޖެއް ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް