18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޒަކާތު ފަންޑު

ޒަކާތު ފަންޑުން 31 މީހަކަށް ސްކޮލަޝިޕް ދީފި

  • ސްކޮލަޝިޕްގެ ފުރުސަތު ދީފައި ވަނީ ފަސް ދާއިރާއަކުން
  • ސްކޮލަޝިޕް ލިބުނު ދަރިވަރުން ތައުލީމު ހާސިލު ކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ލިބުނު ފުރުސަތު ހެޔޮގޮތުގައި ހިފަންޖެހޭ
އަމްނާ އިމާދު | @amnabinthimad

| 10 ސެޕްޓެންބަރ 2018 | ހޯމަ 14:22 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ސްކޮލަޝިޕްގެ ލިޔުން ހަވާލުކޮށްދެއްވަނީ: ފޮޓޯ: އިސްލާމިކް މިނިސްޓްރީ -- އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ "ޒަކާތު ފަންޑު" އިން 31 މީހަކަށް ސްކޮލަޝިޕް ދީފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޒަކާތު ފަންޑުން ސްކޮލަޝިޕް ލިބުނު މީހުންނަށް އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ސްކޮލަޝިޕްގެ ފުރުސަތު ދީފައި ވަނީ ފަސް ދާއިރާއަކުންނެވެ. އެއީ ދީނީ ރޮނގުން ކިޔެވުމުގެ 14 ސްކޮލަޝިޕާއި، ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާ އިން 3 ސްކޮލަޝިޕާއި، އިންޖިނިއަރިންގގެ ދާއިރާ އިން 2 ސްކޮލަޝިޕާއި، ޤާނޫނީ ރޮނގުން 1 ސްކޮލަޝިޕް އަދި ސިއްހީ ދާއިރާއިން 11 ސްކޮލަޝިޕެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ސްކޮލަޝިޕް ލިބުނު ދަރިވަރުން ތައުލީމު ހާސިލު ކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ލިބުނު ފުރުސަތު ހެޔޮގޮތުގައި ހިފަންޖެހޭ ކަމަށެވެ. ޒަކާތު ފަންޑުން ސްކޮލަޝިޕްގެ ފުރުސަތު ދެނީ ގައުމު ބިނާކުރުމުގެ މަގުސަދުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ޒިޔާދު ވިދާޅުވީ ތައުލީމު ހާސިލުކޮށްގެން ގައުމަށް ޚިދުމަތް ކުރުމަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޒަކާތު ފަންޑުގެ އެހީގައި 31 މީހަކަށް ސްކޮލަޝިޕް ދީފައިވާއިރު ޒަކާތު ފަންޑުގެ ދަށުން 73 ސްކޮލަޝިޕްގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. 87 މީހަކު ސްކޮލާޝިޕަށް ކުރިމަތިލާފައިވާއިރު ޝޯޓް ލިސްޓްކޮށްފައިވަނީ 53 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް