23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސި އިންތިޚާބު 2018

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

  • ރަށުގެ ރައްޔިތުންގެ ތިބީ ރައީސް ޔާމީނަށް ރަނގަޅު ޖަވާބެއް ދިނުމަށް ތައްޔާރަށް
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 10 ސެޕްޓެންބަރ 2018 | ހޯމަ 12:58 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް


އިބޫއަށް މަރުހަބާ ކިޔަން ވެލިދޫ ބަނދަރު މަތި ތައްޔާރުކޮށްފައި -- ފޮޓޯ: ރާއްޖެ އެމްވީ

ނ. ވެލިދޫ އަކީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި އެކަން އޮތީ ދައްކާފައި އެވެ. ނަމަވެސް ނ.ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހަށް، އެމްޑީޕީގެ މެމްބަރުން ބުރަ މަސައްކަތުން އިންތިހާބުކުރި މެމްބަރު ޕީޕީއެމް އަށް ބަދަލުވެ ގެންދަވަނީ ރައީސް ޔާމިނަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް ވެލިދޫ ރައްޔިތުން ތިބީ ބަދަލު ނުވާކަން ސާބިތުކޮށްދޭން ތައްޔާރަށެވެ. އެކަން އެމީހުން ކުރާނީ ރިޔާސީ އިންތިހާބުގެ ނަތީޖާއިންނެވެ.  

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާތީ އެ މީހުން ތިބީ މަރުހަބާ ކިޔަން ތައްޔާރަށެވެ. ނ.ވެލިދޫ ވަގުތީހިޔާ ފައުޒިއްޔާ ހަސަން ބުނީ އިބޫއަށް އޭނާ ތާއިދުކުރަނީ އެމްޑީޕީގެ ވެރިކަމުގައި ދިން އިނާޔަތާއި ރައްކާތެރިކަމުގެ ސަބަބުން ކަމަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާއަށް ލޯބިވާ ފައުޒިއްޔާ ބުނީ އިބޫއަށް އޭނާ ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި އިބޫއަށް ބޮޑު ތާއީދެއް ވެލިދޫ އިން ލިބިގެންދާނެ ކަމަށެވެ.

 "ނަޝީދު ދެކެ ހާދަ ލޯބިވެއޭ. ހަމަ އެ ގަދަރާއި އެ އިހްތިރާމް ކުރަން އިބޫއަށް. އިބޫ އަންނާތީ މަސް ދުވަސް މި ވަނީ އިބޫ ތައްޔާރުވާތީ. އިބޫއާ ސަލާމް ކޮށްލާ ހިތުން ހުންނަތާ. އިރާދަ ކުރެއްވިއްޔާ އިބޫ މި ވެލިދޫއިން ހޮވާނަން ބޮޑު އަޣުލަބިއްޔަތުން،" ފައުޒިއްޔާ ބުންޏެވެ.

ފައުޒިއްޔާ ރާއްްޖެއެމްވީއާ ވާހަކަ ދައްކަނީ:-އޭނާ ވެސް ބުނީ ބޮޑު އަޣުލަބިއްޔަތެއް އިބޫއަށް ލިބިގެންދާނެ ކަމަށް

އެރަށުގެ ގިނަ އަންހެންވެރިން ތިބީ އެއް ރޫހުގައި އެވެ. ބައެއް މީހުން ބުނީ ރައީސް ޔާމިން ވީ ވައުދުތައް ނުފުއްދުމުގެ ބަދަލު އިންތިހާބުގެ ނަތީޖާއިން ފެންނާނެ ކަމަށެވެ.  

"އަޅުގަނޑުމެންގެ ދަރިއަށް އަންގާފައި އޮތީ އިބޫ ވަޑައިގަންނަވާއިރު ނުނިކުންނަން. އެކަމު އަޅުގަނޑު ބުނި އިބޫއަށް ތާއިދުކުރަންޏާ ނިކުންނަންވާނެ އޭ. ވަޒީފާގެ ބިރު ނުގަންނާށޭ. އަޅުގަނޑުގެ ދަރިން ވެސް ތިބީ އެ ރޫހުގައި މިހާރު،" ވެލިދޫގެ އަންހެނަކު ކިޔާދިނެވެ.

އިބޫ ވަޑައިގަންނަވާތީ ވެލިދޫ އިން މަރުހަބާ ކިއުމަށް ތައްޔާރު ވަނީ

ވެލިދީ އަލިގާ އުމުރުން 65 އަލީ ނަޖީބު ބުނީ މުޅި އާއިލާ އޮތީ އިބޫ އިންތިހާބު ކުރަން ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ ޖާނާއި މާލުން އެކަމަށް ތައްޔާރަށް އޮތީ އެމްޑީޕީއަށް ކުރާ ތާއިދެއްގެ ބޮޑު ކަމުން ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ ފިކުރަށް ބަދަލެއް ނާންނަ ކަމަށާއި މިއަދުވެސް އެމީހުން ތިބީ އެހެން ކަމަށް އޭނާ ބުންޏެވެ.    

 

ރަށުގައި ހިންގާ ކެފޭގައި ކޭޝިޔަރަކަށް އިން މަރިޔަމް މުހައްމަދު ބުނީ ވެލިދޫގައި ތިބި ސިވިލް ސާވީސްގެ މުވައްޒަފުންގެ ބޮޑު ތައީދެއް އިބޫއަށް ލިބިގެންދާނެ ކަމަށެވެ.

"އަނިޔާވެރިކަމާ ދެކޮޅު ވެލިދޫގެ ގިނަ ރައްޔިތުން އަދިވެސް، އެކަން ބަދަލެއް ނުވޭ. އެކަން މިފަހަރުގެ އިންތިހާބުން އެކަން ދައްކާނަން އިރާދަ ކުރެއްވިއްޔާ،" މަރިޔަމް ބުންޏެވެ.

 

 

މަރިޔަމް މުހައްމަދާއި ޖޭޕީ ބައެއް މީހުންނާ ބައްދަލު ކުރަނީ

ޒުވާނުން ތިބީ އެއް އަޒުމެއްގައި އެއް ރޫހެއްގައި އެވެ. ބައެއް ޒުވާނުންނާ ވާހަކަ ދައްކާލީމާ އެމީހުން ޖޯޝާއި ފޯރީގައި ތިބިކަން އެނގުނެވެ. ރާއްޖޭގެ ރަށަކުން އެންމެ ޖޯޝާއި ފޯރީގައި އިބޫއަށް މަރުހަބާ ކިޔާ ރަށަކަށް ވެލިދޫ ހެދުމަށް ތިބީ ފޫގަޅާފައި އެވެ.

ވެލިދޫގެ ބައެއް ޒުވާނުން އިބޫ ވަޑައިގަންނަވާއިރަށް ތައްޔާރުވަނީ

އެ ރަށުގެ ރައްޔިތުންގެ އުއްމީދަކީ 70 ޕަސެންޓް ވޯޓުން، ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބު އިބޫ ކާމިޔާބުކުރުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް