19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އަމީތު

އަމީތުގެ ސުވާލު: ރަސްމީ ސައިޒު ދައްކާލަން ކިހާވަރެއް ޚަރަދުކުރާނަންތޯ؟

  • ޕީޕީއެމް އަސްލު ޖަލްސާއަށް 12 މިލިއަން ޚަރަދުކުރި ކަމަށް ވިދާޅުވި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 10 ސެޕްޓެންބަރ 2018 | ހޯމަ 12:54 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު -- ފޮޓޯ: ރާއްޖެ އެމްވީ

އަންނަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވައި، އަސްލު ސައިޒު ދައްކާލާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވުމުން، އެ ޖަލްސާއަށް ކިހާވަރެއް ޚަރަދު ކުރާނަންތޯ ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ސުވާލު ކުރައްވައިފިއެވެ.

ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލާނެ ކަމަށް ނިހާން ވިދާޅުވީ ހުކުރު ދުވަހު އެ ޕާޓީން ބޭއްވި ޖަލްސާއަށް ވުރެ ގިނަ އިން އިދިކޮޅު ފަރާތްތަކުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި މީހުން ބައިވެރިވުމާ ގުޅިގެން ޕީޕީއެމްގެ އަންނަ ފާޑު ކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ނިހާން ވިދާޅުވީ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާއަކީ އެއްވެސް ރަށަކުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން ކަމަށާއި ނަމަވެސް މި މަހުގެ 17 ނޫނީ 18 ވަނަ ދުވަހު، ރަށްރަށުން ވެސް މީހުން ގެނެސްގެން މާލޭގައި ޕީޕީއެމްގެ ރަސްމީ ސައިޒު ދައްކާލާނެ ކަމަށެވެ.

ނިހާންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އަމީތު ކުރެއްވި ޓްވީޓެއްގައި ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލަން ބާއްވާ ޖަލްސާއަށް ކިހާވަރެއް ޚަރަދު ކުރަންޖެހޭތޯ  ވަނީ ސުވާލު ކުރައްވާފައެވެ.

އަމީތު ވިދާޅުވީ 2016 ވަނަ އަހަރު ޕީޕީއެމް އިން ބޭއްވި "އަސްލު ޖަލްސާ" އަށް 12 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހުނު ކަމަށެވެ. ޕީޕީއެމް އިން ބޭއްވި އަސްލު ޖަލްސާއަކީ އެޕާޓީއަށް އޮތް ތާއީދު ދައްކާލުމަށް ގިނަ ބަޔަކު އެއްކޮށްގެން ބޭއްވި ޖަލްސާއެކެވެ.

މީގެ އިތުރުން އަމީތު ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން  ހޯދާ ފައިސާ، ބީވެދާނީ އެއެއްޗެއް ހޯދި ގޮތަކަށް ކަމަށެވެ.

އެމްޑީޕީ އިން ބޭއްވި ޖަލްސާގައި އެއްވި މީހުންގެ އަދަދާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމް އިން ރަސްމީ ޖަލްސާއެއް ބޭއްވުމަށް ފަހު ދެން އިދިކޮޅު ފަރާތްތަކަށް ބުނާނެ އެއްޗެއް ނޯންނާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް