22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ހިރިލަންދޫގެ ބިން ބޮޑުކުރުމުގެ މަސައްކަތް ފަށާނަން: ފައިސަލް

  • ހިރިލަންދޫގެ ސުކޫލަށް ދިމާވެފައިވާ އިމާރާތުގެ މައްސަލަ ހައްލުކޮށްދޭނަން
  • ފައިސަލް ހިރިލަންދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވާފައިވޭ
  • ފައިސަލް އެެދެނީ ބަދަލަށް ވޯޓް ދިނުމަށް
މުހަންމަދު ވިސާމް | sampathmasiw

| 10 ސެޕްޓެންބަރ 2018 | ހޯމަ 12:14 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ހިރިލަންދޫގެ ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހިރިލަންދޫގެ ރައްޔިތުންނަން ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިރިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މަސައްކަތްތެރި ރައްޔިތުންންތަކެއް ދިރިއުޅޭ ހިރިލަންދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. ހިރިލަންދޫގައި ސިނާއީ މަސައްކަތް ކުރުމަށާއި ރައްޔިތުންނަން ގޯތި ދޫކުރުމަށް އެރަށުގެ ބިން ބޮޑުކުރުމުގެ މަސައްކަތް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ފަށާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ހިރިލަންދޫގެ ރައްޔިތުންނަން މިއަދު ދޭން އޮތް އަނެން އުފާވެރި ހަބަރަކީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ރަށަށް ބިމުގެ ގޮތުން ދިމާވެފައިވާ ދަތިކަންތައްތައް އަޅުގަނޑުމެން ހައްލުކޮށްދޭނަމޭ،" ފައިސަލް ވިދާޅުވިއެވެ.

ހިރިލަންދޫގެ ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވަނީ

މީގެ އިތުރުން ފައިސަލް ވިދާޅުވީ ގައުމު ތަރައްގީ ކުރެވޭނީ މިއަދުގެ ޒުވާން ޖީލަށް ރަނގަޅު ތައުލީމެއް ދީގެން ކަމަށެވެ. މިއަދު ހިރިލަންދޫގެ ސުކޫލުން ތައުލީމް ހާސިލްކުރާ ދަރިވަރުންނަން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެރަށުގެ ސްކޫލަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

ތ. އަތޮޅުގެ 13 ރަށަކަށް ފައިސަލް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، ހިރިލަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް