20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

  • ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައި ގެންނެވިފަހުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ރަސްމީ ޓްވިޓަރ އެކައުންޓްތަކުން ކުރިން އާންމުކޮށްފައި ހުރި ވަރަށް ގިނަ މައުލޫމާތުތައް ވަނީ ޑިލީޓް ވެސް ކޮށްލާފ
އަހުމަދު އަނޫޝު | IamAhmedAnoosh

| 30 ޖެނުއަރީ 2017 | ހޯމަ 20:49 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ


ރައީސް ޑޮނަލްޑް ޓްރަމްޕް -- ގޫގުލް

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަަމަށް ވަޑައިގަތް ފަހުން ގިނަ ތާފާތު ބަދަލުތައް ގައުުމަށް ދަނީ ގެންނަވަމުންނެެވެ. އެގޮތުން ޚާރިޖީ ސިޔާސަތަށާއި ދާހިލީ ސިޔާސަތަށް ބޮޑެތި ބަދަލުތައް ގެންނަވަމުންދާއިރު ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބަލައިނުގަނެވޭނެ ބަދަލުތައް ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ފަދަ ނިންމުންތައް ނިންމުން ނުވަތަ އެފަދަ ނިންމުންތައް ނިންމަން ކުރިއަށް ތަނުގައި ހަމަޖެހިފައިވުން ފާހަގަކޮށްލެވެއެވެ.

 

އެގޮތުން އެންމެ ފާހަގަކޮށްލެވޭ ހައިރާންކުރަނިވި އެއް ކަމަކީ ވައިޓް ހައުސް އިން އެމެރިކާގެ ކަސްޓަމްސް އޮފިޝަލުންނާއި އަދި ބޯޑަރު ޕެޓްރޯލް ކުރާ އެޖެންޓުންނަށް، އެމެރިކާއަށް އެތެެރެވާ އެެހެން ގައުމުތަކުގެ މީހުންގެ ސޯޝަލް މީޑިއާ އަދި މޯބަައިލް ފޯނުގެ ކޮންޓެކްޓްތައް މޮނިޓާ ކުރަން އަންގަފާނެ ކަމުގެ ރިޕޯޓުތަކެވެ. މިކަމަކީ ވައިޓް ހައުސް އިން ފަހަރުގައި ނިންމަފާނެ ނިންމުމެއް ކަމަށް ވައިޓް ހައުސްގެ ޕޮލިސީ ޑައިރެކްޓާ ސްޓެފަން މިލާ ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ.

 

ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައި ގެންނެވި ފަހުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ރަސްމީ ޓްވިޓަރ އެކައުންޓްތަކުން ކުރިން އާންމުކޮށްފައި ހުރި ވަރަށް ގިނަ މައުލޫމާތުތައް ވަނީ ފުހެލާފަ ކޮށްލާފައެވެ. އަދި ސަރުކާރުގެ އޭޖެންސީތަކުގެ ރަސްމީ ވެބްސައިޓްތަކުން ވެސް މައުލޫމާތުތައް ވަނީ ޑިލީޓް ކޮށްލާފައެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން އެކުލަވާލައި ޝާއިއު ކޮށްފައިހުރި ރިޕޯޓްތައް ވެސް ހިމެނެއެވެ.

ސޯޝަލް މީޑިއާ އަށް ހުރަސްއެޅުމާއި އަދި މައުލޫމާތު ހާމަކުރަން ޓްރަމްޕްގެ ސަރުކާރުން ހުރަސްއަޅާން ފެށުމުން ސޯޝަލް މީޑިއާގައި ދަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔުން އިތުރުވަމުންނެވެ.

 

އެމެރިކާއަށް އެތެރެވާ މީހުންގެ ސޯޝަލް މީޑިއާ މައުލޫމާތުތައް ހިއްސާކުރަން ޖެހިދާނެ ކަމަށް ބެލެވިފައިވާއިރު ރައީސް ޓްރަމްޕް ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އަންނަ ރެފިއުޖީން އެމެރިކާއަށް އެތެރެވުން މަނާކުރުމާއި، މުސްލިމް 7 ގައުމެއްގެ މީހުނަށް ވިސާދިނުން ހުއްޓުވައި ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އެމެރިކާއަށް ރެފިއުޖީން އެރުމާއި، މުސްލިމް 7 ގައުމަކަށް ވިސާނުދޭން ޓްރަމްޕް ނިންމެވި މައްސަލާގައި ދުނިޔޭގެ ނުރުހުން ދަނީ ވަރަށް ބޮޑަށް ޓްރަމްޕަށް އަމާޒުވަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް