23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ފައިސާ އިން ވައްކަންކުރާ ގޮތަށް، ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ: އިބޫ

  • ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖެ ދުށް އެންމެ އަނިޔާވެރި، އަދި އަދުލު އިންސާފު ގެއްލިފައިވާ ފަސް އަހަރު
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 10 ސެޕްޓެންބަރ 2018 | ހޯމަ 11:16 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އިބްރާހީމް މުހައްމަދު ސޯލިހް ނ. މާފަރުގައި -- ފޮޓޯ: ރާއްޖެ އެމްވީ

ފައިސާ އިން ވައްކަންކުރާ އުސޫލުން ވޯޓުން ވައްކަން ކުރުމަށް ފުރުސަތުދީގެން ނުވާނެ ކަމަށާއި، ވޯޓުލާ ނިމުމަށް ފަހު ވެސް ވޯޓުގެ ކަންކަން ރަނގަޅަށް ބަލަންޖެހޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ. 

ނ. މާދފަރު ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖެ ދުށް އެންމެ އަނިޔާވެރި، އަދި އަދުލު އިންސާފު ގެއްލިފައިވާ ފަސް އަހަރު ކަމަށެވެ. އަދި އެއީ މި އިންތިހާބު ކާމިޔާބުކުރަންޖެހޭ ސަބަބެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކުރައްވަނީ ސިޔާސީ މަސައްކަތްޕުޅެއް ނޫން ކަމަށާއި، ކުރައްވަނީ ޤައުމީ މަސައްކަތްޕުޅެއް ކަމަށެވެ. 

ވޯޓު އޮޅުވާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަން ފާހަގަކޮށް އިބޫ ވިދާޅުވީ ހަމައެކަނި ވޯޓުލުމަށް ފަހު އެކަން ނިންމާލައިގެން ނުވާނެ ކަމަށާއި، ވޯޓުގެ ކަން ކަމަށް ވަރަށް ބޮޑަށް ފާރަވެރިވެ ބަލަންޖެހޭ ކަމަށެވެ. އަދި ފައިސާ އިން ވައްކަންކުރާ އުސޫލުން ވޯޓުން ވައްކަން ކުރުމަށް ފުރުސަތުދީގެން ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މާފަރަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން އިބޫ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ތަރައްޤީގެ އެއްވެސް ޕްރޮޖެކްޓެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި ހުއްޓާނުލާނެ ކަމަށެވެ. އެގޮތުންް އެމަނިކުފާނުގެ ވެރިކަމުގައި މާފާރު އެއާޕޯޓްގެ މަސައްކަތް ނިންމައި، އެއާ ގުޅިގެން ރަށަށް އަންނަންޖެހޭ ތަރައްޤީ ގެނެސްދޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. 

އިބޫ ވިދާޅުވީ އެއާޕޯޓާ އެކު މާފަރުގައި ވެސް ލޯކަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށާއި، އެބޭފުޅުންގެ މެނިފެސްޓޯގައި މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމަކީ އަމާޒެއް ކަމަށެވެ. އޭގެ އިތުރުން ކައިރި ރަށްރަށް ވެސް ތަރައްޤީކޮށް، ވަޒީފާގެ ފުރުސަތުތައް ހުުޅުއްވާލައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް