22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ހަފްސީ އެމްޑީޕީއާ ގުޅި، އިބޫއާ އެކު ނ. އަތޮޅު ކެމްޕެއިންގައި

  • ރަނގަޅު ކޮޅުގައި ހުރެވުނު ކަމުގެ އިހްސާސް ކުރެވޭ: ހަފްސީ
  • އޭނާއަށް ހިތްވަރު ދެއްވައި އިބޫ ވާހަކަފުޅު ދެއްކެވި
  • ސަރުކާރުގެ ގިނަ މުވައްޒަފުން އިބޫއަށް ތާއީދުކުރަން ވަނީ ފަށާފައި
ޙުސައިން ޙަސަން | hucenhassan

| 10 ސެޕްޓެންބަރ 2018 | ހޯމަ 11:10 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ނ. ލަންދޫގައި ބޭއްވި ޖަލްސާގައި ހަފްސީ ވާހަކަ ދައްކަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ދައުލަތުގެ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ނޫސްވެރިޔާ، ހަފްސީ އަބްދުﷲ އެމްޑީޕީއާ ގުޅި، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެކު ނ. އަތޮޅު ކެމްޕެއިންގައި ބައިވެރިވެއްޖެއެވެ.

ތޭރަ އަހަރުގެ ހިދުމަތަށް ފަހު، ޕީއެސްއެމުން އިސްތިއުފާދީ ހަފްސީ އެމްޑީޕީއާ ގުޅިފައި ވަނީ އާދީއްތަ ދުވަހުއެވެ. ޕަބްލިކް ބްރޮޑްކާސްޓަރެއްގެ ސިފަ ޕީއެސްއެމުން ގެއްލި، ތެދު ޚަބަރާއި އިޖްތިމާއީ، ސިޔާސީ އަދި އަހުލާގީ ސިފަތައް ކުރިއެރުވުމަށް ޒިންމާ ޓީވީއެމުން ފެނިގެން ނުދާ ކަމަށް ބުނެ، ޕީއެސްއެމުން ހަފްސީ އިސްތިއުފާ ދީފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

ހަފްސީ އެމްޑީޕީއާ ގުޅި، އިބޫއާ އެކު ނ. އަތޮޅަށް ކުރާ ދަތުރުގައި އޭނާގެ އުފަން ރަށް، ލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ހަފްސީ ބުނީ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބޮޑު ޖަލްސާގައި އޭނާ ބައިވެރިވި ކަމަށާއި އެ ޖަލްސާގައި ބައިވެރިވުމުން ރަނގަޅު ކޮޅުގައި ހުރެވުނު ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.

"އުފާވެރިކަމުގެ އިހްސާސްތަކެއް ކުރެވުނީ އެމްޑީޕީގެ މެމްބަރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން، އަދާލަތު ޕާޓީގެ މެމްބަރުން، އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މެމްބަރުންގެ ޖޯޝާއި ފޯރި ކެކިގެން އަރާތަން ފެނުނީމަ، އަޅުގަނޑަށް ވެސް ވަރަށް ފޯރިއާދޭ. އަޅުގަނޑުގެ ހިތަށް ވެސް އެރި އަދިކިރިޔާއޭ، ރަނގަޅު ދިމާލުގައި މި ހުރެވުނީ،" ޒުވާނުންގެ އިނާމުގެ ވެސް ހޯދާފައިވާ ހަފްސީ ބުންޏެވެ.

އާދީއްތަ ދުވަހު ހަފްސީ އެމްޑީޕީއަށް ސޮއިކުރަނީ--- ފޮޓޯ/ ޓްވިޓާ

ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ހޯދާފައިވާ ހަފްސީ، ގުޅިފައިވާ ޕާޓީތަކާ އެކު މަސައްކަތް ކުރަން ފެށުމުން، އެކަމަށް ހިތްވަރު ދެއްވައި އެ ޖަލްސާގައި އިބޫ ވިދާޅުވީ ހަފްސީ ނުކުމެ ހުރީ މިނިވަން ނޫސްވެރިކަން ހޯދުމަށް ކަމަށެވެ.

"ޓީވީއެމްގައި ވަރަށް ބުރަކޮށް މަސައްކަތްކޮށް، ވަރަށް ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ ނޫސްވެރިއެއް. އެހެން ނަމަވެސް މިނިވަން ނޫސްވެރިކަން ނެތުމުން، އެހެން ނަމަވެސް މިނިވަން ނޫސްވެރިކަން ނެތުމުން، އެ މިނިވަންކަން ހޯދުމަށްޓަކައި ވަޒީފާ ދޫކޮށްލާފައި، ނުކުމެވަޑައިގެން އެ ހުންނެވީ،" އިބޫ ވިދާޅުވިއެވެ.

ވަޒީފާ ދޫކޮށްލުމަށް ފަހު، ގުޅިފައިވާ ޕާޓީތަކާ އެކު ހަފްސީ މަސައްކަތް ކުރަން ފަށާފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ސިވިލްސާވަންޓުން ގެންދަނީ ފާޅުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ކުރައްވަމުންނެވެ.

އިބޫ ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމަނިކުފާނުގެ ވެރިކަމެއްގައި ބަދަލު ދިނުމާ އެކު، ވަޒީފާ ވެސް އިޔާދަކޮށްދެއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް