19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ އިންތިޚާބު 2018

މިސަރުކާރުގެ ސައިޒު އޮޅިގެން ކޯލިޝަނަކުން ނޫޅޭ: މާރިޔާ

  • ސައިޒު ދައްކަން ބަޔަކު ގަދަކަމުން ނެރޭކަށް ނުޖެހޭ
އަމްނާ އިމާދު | @amnabinthimad

| 10 ސެޕްޓެންބަރ 2018 | ހޯމަ 09:44 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ -- ފޮޓޯ: މުހައްމަދު ޝަރުހާން

މިސަރުކާރުގެ "ސައިޒު" އޮޅިގެން ކޯލިޝަނުން ނޫޅޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާ، އަސްލު ސައިޒު ދައްކާލާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވީ, ސައިޒު އޮޅިގެން ނޫޅޭ ކަމަށާއި ރަސްމީ ސައިޒާއި ނުރަސްމީ ސައިޒު ދައްކަން ބަޔަކު ގަދަކަމުން ނެރެން ނުޖެހޭ ކަމަށެވެ.

ގަދަކަމުން ބަޔަކު ނެރުމަކީ ދެރަވަރުކަމެއްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ކޯލިޝަނުން ސައިޒު އޮޅިގެން ނޫޅޭ ކަމަށެވެ.

ރައީސް ޔާމިނަށް ތާއީދު ކުރާ ފާރާތްތަކުން މިމަހު 7 ވަނަ ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވި އިރު، މިމަހުގެ 8 ވަނަ ދުވަހު ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ޕީޕީއެމްގެ ޖަލްސާއަށް ވުރެ ގިނައިން ކޯލިޝަނުން ބޭއްވި ޖަލްސާއަށް މީހުން ވަނީ ގޮސްފައެވެ.

ކޯލިޝަންގެ ބޮޑު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވުމާ ގުޅިގެން ޕީޕީއެމްއަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. މިފާޑު ކިޔުންތަކަށް ރައްދުދެއްވައި ނިހާން ވިދާޅުވީ ޒުވާނުން ބައިވެރިވާ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް