24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޔާސީ އިންތިހާބު 2018

ވާދަވެރިން ކުރާ ކެމްޕެއިނަކީ ވަޒީފާގެ ބިރު ދެއްކުން: އިބޫ

  • ލަންދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 10 ސެޕްޓެންބަރ 2018 | ހޯމަ 09:17 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  8. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު


ކެމްޕޭން ދަތުރުފުޅުގައި އިބޫ ނ. އަތޮޅަށް ފުރާވަޑައިގަންނަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ވާދަވެރިންގެ ކެމްޕޭނަކީ ވަޒީފާގެ ބިރު ދެއްކުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ. 

ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެ އަތޮޅު ލަންދޫއަށް ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ ވިދާޅުވީ ވާދަވެރިންގެ ފަރާތުން ފެނިގެންދަނީ ތަފާތު ކެމްޕޭނެއް ކަމަށެވެ. އެއީ ވަޒީފާގެ ބިރުދެއްކުމާއި، ވަޒީފާއިން މީހުން ވަކިކުރުން ކަމަށް އިބޫ ވިދާޅުވި އެވެ. 

އިބޫގެ ވާހަކަފުޅުގައި ވަނީ އެގޮތަށް ވަޒީފާގެ ބިރުދައްކައި، ވަޒީފާއިން ވަކިކުރެވިފައިވާ ބައެއް މީހުންގެ ވާހަކަތައް ހިއްސާކުރައްވާފަ އެވެ. އެ ޒުވާނުންވެސް ތިބީ މި ސަރުކާރުގެ އަނިޔާވެރިކަމަށް ފާޅުގައި ނޫނެކޭ ބުނެގެން ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދަކީ ކޮކްޓެއިލް ކޯލިޝަނެއްގެ ގޮތުގައި ވާދަވެރިން ސިފަކުރާއިރު، އެކަމަށް ރައްދުދެއްވައި އިބޫ ވިދާޅުވީ މަސައްކަތް ކުރައްވަނީ ތަފާތު ފިކުރުތަކުގެ ބޭފުޅުންނާއި އެކުގައި ކަމަށެވެ.

އިބޫ ވަނީ ލަންދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ރަށުގެ ބަނދަރު ބޮޑުކޮށްދެއްވައި، މަސްވެރިންނަށް ފަސޭހައި އައިސް ލިބޭނެ ގޮތަށް އައިސް ޕްލާންޓެއް ޤާއިމްކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެއިތުރުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތި ނުލިބުމުގެ މައްސަލަކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ވެރިކަމަށް ވަޑައިގެން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރައްވަން ފައްޓަވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތްދީ، އެ ހިދުމަތް ފުޅާކޮށްދެއްވާނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

އިބޫ ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ލަންދޫއަށް ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި މި އަތޮޅުގެ އިތުރު ފަސް ރަށަކަށް އިބޫ މިއަދު (ހޯމަ ދުވަހު) ވަޑައިގަންނަވާނެ އެވެ.  ނ. އަތޮޅުގެ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެލިދޫގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް