
| 10 ސެޕްޓެންބަރ 2018 | ހޯމަ 09:07 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގައި 13 ރަށަކަށް އެމަނިކުފާން ވަޑައިގަންނަވާނެއެވެ.
ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅަށް ފައިސަލް ތ. އަތޮޅަށް ފުރާވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުގައެވެ. މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ކަނޑޫދޫއަށެވެ. އެ އަށް ފަހު ހިރިލަންދޫ، ވަންދޫ، އޮމަދޫ، ވޭމަންޑޫއަށް ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާއިރު ހޯމަ ދުވަހުގެ ރޭ އެ އަތޮޅު ކިނބިދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއެއް ބާއްވާނެއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރޮޒޭނާ އާދަމް އާއި އެމްޑީޕީގެ ބައެއް ގައުމީ މަޖިލީހުގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުން ބައިވެރިވަޑައިގަންނަވާ ކަން ފާހަގަކޮށްލެވެއެވެ.
އަންގާރަ ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ތިމަރަފުއްޓަށެވެ. އެއަށް ފަހު ގާދިއްފުށި، ގުރައިދޫ، ދިޔަމިގިލި އަދި މަޑިފުއްޓަށް ފައިސަލް ވަޑައިގަންނަވާނެއެވެ. އަންގާރަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ ވިލިފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅު ފައިސަލް ނިންމާލައްވާނީ ބުދަ ދުވަހު ބުރުނީ އަށް ވަޑައިގަތުމަށް ފަހުގައެވެ.
މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަން ތ. އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރާ ދެ ވަނަ ކެމްޕެއިން ދަތުރެވެ. ފައިސަލް ތ. އަތޮޅުގެ ހުރިހާ ރަށަކަށް މި ދަތުރުފުޅުގައި ވަޑައިގަންނަވާއިރު، އިބޫ ވަނީ ނިމިދިޔަ މަހުގެ ތެރޭގައި ތ. އަތޮޅު ރަށްތަކަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް