26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޖަގަހަ ހުޅުވުން

އެމްއާރްއެމްގެ ޖަހަގައެއް މާލޭގައި ހުޅުވައިފި

  • ޖަގަހަ ހުޅުވާފައިވަނީ އެ ޖަގަހަ ރައްދެބައި ކެފޭ ހުރިތަނުގައި
ސިމާހާ ނަސީމް | sim_kamana

| 10 ސެޕްޓެންބަރ 2018 | ހޯމަ 04:18 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ޖަގަހަ ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޖަހަގައެއް އާދިއްތަ ދުވަހުގެ ރޭ ހުޅުވައިފިއެވެ.

ކުރިން "ރައްދެބައި ކެފޭ" ހުރި ތަނުގައި ހުޅުވި މި ޖަގަހަށް ދީފައިވާ ނަމަކީ "ފޯން" އެވެ. ޕީޕީއެމްގެ ބާނީ އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ހުކުމްކޮށްފައިވަނީ އެ މަނިކުފާނުގެ ފޯނު ފުލުހުންނަށް ނުދީގެން ކަމަށް ބުނެ ކުރި ދައުވާއާ ގުޅިގެންނެވެ.

އެ ޖަގަހަ ހުޅުއްވައިދެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމެވެ.

ޖަގަހަ ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެކަތިގަނޑަކަށްވެ ނިކުންނަން ޖެހުނު ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މުހިންމު ރޯލެއް އަދާ ކުރެއްވި ކަމަށް ވެސް އިބޫ ފާހަގަކުރެއްވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފައި ކަންތައްތައް ކުރެއްވި ގޮތް އެއްވެސް ރައްޔިތަކަށް ނޯޅޭނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންއަށް ކުރައްވާ ތާއީދު ރައީސް މައުމޫން އަނބުރާ ގެންދެވުމަކީ ރައްޔިތުންނަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ. ރާއްޖޭގެ ކަންކޮޅުތަކުން ރައީސް މައުމޫންއަށް ތާއީދު ކުރާ ގިނަ ރައްޔިތުންތަކެއް ތިބިކަން ވަރަށް ސާފުކޮށް ފެންނަކަމަށް ފާހަގަކުރައްވައި އިބޫ ވިދާޅުވީ ރައީސް މައުމޫން ޖަލުގައި ހުންނެވުމަށް އެ ރައްޔިތުން ބޭނުންފުޅު ނުވާ ކަމަށެވެ.

ރައީސް މައުމޫން ޖަލަށް ލާފައިވަނީ މި ސަރުކާރުން ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެމަނިކުފާނު ހައްޔަރު ކުރުމަށްފަހު، އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެމަނިކުފާނަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ފުލުހުންގެ ތަހްގީގަށް ފޯން ނުދެއްވި ކަމަށް ބުނެ އުފުލި ދައުވާއާ ގުޅިގެންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް