20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ކަނޑޫދޫ ގެއަކަށް ވެއްދި ވޯޓު ފޮށި، އެންމެފަހުން ކައުންސިލް އިދާރާއާ ހަވާލުކޮށްފި

 • ފޮށި ހުރީ ފޯކަލް ޕޮއިންޓުގެ ގޮތުގައި ކަނޑައެޅި މީހާގެ ގޭގައި
 • އެކަން ކުރި މީހާއާ ސުވާލު ކުރުމުން ޖަވާބެއް ނުދިން
 • ފޮށި ބެހެއްޓި މީހާއަކީ ޕީޕީއެމް ކެމްޕޭނުގައި އުޅުނު ކަމުގެ ތުހުމަތުކުރެވޭ މީހެއް
ޙުސައިން ޙަސަން | hucenhassan

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 23:47 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ކަނޑޫދޫ ގެއަކަށް ވެއްދި ވޯޓު ފޮށި ކައުންސިލް އިދާރާއަށް ވައްދަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ތ. ކަނޑޫދޫއަށް ފޮނުވި ވޯޓު ފޮށްޓެއް، ވޯޓު ފޮށީގެ އޮފިޝަލެއްގެ ގެއަށް ވެއްދި މައްސަލަ ހޫނުވެފައި ވަނިކޮށް، އެންމެ ފަހުން އެ ވޯޓު ފޮށި ކައުންސިލް އިދާރާއާ ހަވާލުކޮށްފިއެވެ.

އޮފިޝަލެއްގެ ގެއަށް ވެއްދި ވޯޓު ފޮށި ކަނޑޫދޫ ކައުންސިލް އިދާރާއާ ހަވާލުކޮށްފައި ވަނީ، އާދީއްތަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައެވެ. ކަނޑޫދޫ ކައުންސިލުން ބުނި ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ރަށަށް ގެންދިޔަ ވޯޓު ފޮށި ހަފްތާއެއް ވަންދެން ބަހައްޓާފައިހުރީ އެރަށު ފޯކަލް ޕޮއިންޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މީހާގެ ގޭގައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ ފޮށި ބަހައްޓާފައި ވަނީ ރިޔާސީ އިންތިހާބަށް އެ ރަށުގައި ކަނޑައަޅާފައިވާ މުހައްމަދު އަބްދުﷲގެ ގޭގައެވެ. އޭނާއަކީ ކަނޑޫދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެވެ.

އޭނާގެ ގޭގައި ބަހައްޓާފައިވާ ވޯޓު ފޮށި ކައުންސިލް އިދާރާއަށް ވައްދާ މަންޒަރު ފެންނަ ވީޑީއޯއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. ވީޑީއޯއިން ފެންނަ ގޮތުން، ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ވޯޓު ފޮށްޓާ އެކު، އިލެކްޝަންސް ކޮމިޝަނުން އެ ރަށަށް ފޮނުވާފައިވާ ބައެއް ތަކެތި ކައުންސިލަށް ވައްދާ މަންޒަރު ފެނެއެވެ.

އެކަމާ ގުޅޭ ގޮތުން ކައުންސިލްގެ ރައީސް އަލީ ނާސިހު ރާއްޖެއެމްވީއަށް ވިދާޅުވީ މުހައްމަދު އަބްދުﷲ އެ ކައުންސިލަށް ވެއްދި ތަކެތި އޭނާގެ ކެބިންގައި ބަހައްޓާފައިވާ ކަމަށާއި އޭގައި ކައުންސިލްގެ އެއްވެސް މުވައްޒަކު އަތް ނުލާ ކަމަށެވެ.

މި ވީ މުއްދަތުގެ ތެރޭގައި މުހައްމަދު އަބްދުﷲގެ ގޭގައި އެ ވޯޓު ފޮށި ބަހައްޓާފައިވާ މައްސަލައާ ގުޅޭ ގޮތުން އޭނާއަށް ތަކުރާރުކޮށް ރާއްޖެއެމްވީން ގުޅުމުން ވެސް ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް އާދީއްތަ ދުވަހުގެ މެންދުރުފަހު އޭނާއަށް ގުޅާލުމުން ވިދާޅުވީ އޭނާ ހުންނެވީ އީސީން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމެއްގައި ކަމަށާއި ފޯނުން ދައްކާ ވާހަކަ ސާފު ނުވާ ކަމަށެވެ. ނަމަވެސް އޭނާއަށް މެސެޖުކޮށް، ވޯޓު ފޮށި ގެއަށް ގެންދިޔައިންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބެއް ނުދެއްވިއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް ނާސިހު ތުހުމަތު ކުރެއްވި ގޮތުގައި މުހައްމަދު އަބްދުﷲއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށް އޭނާ އުޅުނު ކަމަށް ނާސިހު ތުހުމަތު ކުރެއްވިއެވެ.

އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ހޯދާލުމަށް، އެ ކޮމިޝަންގެ މެމްބަރު އަދި ސްޕޯކްސްޕާސަން އަހުމަދު އަކްރަމަށް ގުޅާލުމުން ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް އެ ކޮމިޝަނުން ބެލުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.

ޕީޕީއެމްގައި އިސްކޮށް ހަރަކާތްތަކުގައި އުޅުނު މީހަކު، އޮފިޝަލެއްގެ ގޮތުގައި ކަނޑައަޅައި އޭނާގެ ގޭގައި ވޯޓު ފޮށި ބެހެއްޓި މައްސަލަ ކަނޑޫދޫއިން ފެންމަތިވެފައި ވަނީ، އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ގިނަ އަދަދެއްގެ ޕީޕީއެމް އެކްޓިވިސްޓުން އޮފިޝަލުންގެ ގޮތުގައި ނަގާފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ވޯޓު ފޮށިތައް ކައިރީގައި ތިބޭ މީހުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، އެ މަސްއޫލިއްޔަތު އަދާ ކުރަންޖެހޭނެ ބައެކެވެ. އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ މަސައްކަތުގައި އުޅޭ މީހަކަަށް ނުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

MDA

5 މަސް ކުރިން

faalhuga vagu hadhanee

0
0