14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ރިޔާސީ އިންތިހާބު 2018

ރިޔާސީ އިންތިހާބުގައި ބޭރު ގައުމުތަކުގައި ވޯޓުލާ ގަޑިތައް އިއުލާންކޮށްފި

  • އިންޑިއާ އަދި ސްރީލަންކާގައި 08:30 އިން 16:30 އަށް
  • އިނގިރޭސިވިލާތުގައި 09:30 އިން 17:30 އަށް
  • މެލޭޝިއާގައި 11:00 އިން 19:00 އަށް
މުހައްމަދު ފަޒީން | phaxyn

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 21:33 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


އިންތިހާބެއްގައި ވޯޓުލާ ނިމުމުން ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓު ލާން ހުޅުވާލާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ. 

އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާ އަދި ސްރީލަންކާގައި ވޯޓުލާން ފަށާނީ އެގައުމުތަކުގެ ގަޑިން ހެނދުނު 08:30 ގައި ކަަމަށެވެ. އަދި ވޯޓު ފޮށި ބަންދު ކުރާނީ ހަވީރު 16:30ގައި ކަމަށެވެ. 

އިނގިރޭސިވިލާތުގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން ހެނދުނު 09:30 ގައެވެ. އަދި ވޯޓު ފޮށި ބަންދު ކުރާނީ އެގަމުގެ ގަޑިން 17:30 ގައެވެ. މީގެއިތުރުން މޭލޭޝިއާގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން 11:00 ގައެވެ. އަދި ވޯޓު ފޮށި ބަންދުކުރާނީ 19:00 ގައެވެ. 

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ އެ ހަތަރު ގައުމުގައި އެކަންޏެވެ. ސްރީލަންކާގައި ދެ ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާއިރު އަނެއް ތިން ގައުމުގައި ބަހައްޓަނީ އެންމެ ވޯޓް ފޮއްޓެކެވެ. އެހެންކަމުން މިފަހަރު ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ޖުމްލަ 05 ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް