24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ގއ ވިލިނގިލި

ގއ ވިލިނގިލިން ކަރަންޓް ކެނޑޭތާ 3 ދުވަސް، ތަކެއްޗަށް ލިބޭ ގެއްލުމުގެ އަގު ބައިލައްކައަށްވުރެ މައްޗަށް

 • ކޮންމެ ބައި ގަޑިއަކުން ކަރަންޓް ކެނޑޭ
 • މައްސަލަ ދިމާވެފައިވަނީ އެންމެ ބޮޑު ޖަނަރޭޓަރަށް
 • މައްސަލަ ހައްލުވާނެ ދުވަހެއްވެސް ނޭނގޭ
އަހުމަދު މުހުސިނު | dhonbandaara

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 20:13 | |

މަގުބޫލް

 1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
 8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ގއ ވިލިނގިލި: ކަރަންޓް ކެނޑޭތާ މިހާރު ވަނީ 3 ދުވަސް ވެފައި -- ފޮޓޯ: ރާއްޖެ އެމްވީ

ގއ ވިލިނގިލިން ކަރަންޓް ކެނޑޭތާ 3 ދުވަސް ވެފައިވާ ކަމަށާއި ރައްޔިތުން ގެންގުޅޭ ހިފާގެންގުޅޭ ތަކެތި ހަލާކުވެ ލިބުނު ގެއްލުމުގެ އަގު ބައިލައްކައަށްވުރެ މައްޗަށް އަރާނެ ކަމަށް ކައުންސިލުން ބުނެފިއެވެ.

އާބާދީގައި 3700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ގއ ވިލިނގިލިން ކަރަންޓް ކެނޑެން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ ގާތްގަނޑަކަށް ބައިގަޑިން ބައިގަޑިން ކަރަންޓް ކެނޑެމުންދާ ކަމަށާއި ކަރަންޓް ޔަޤީންވާނެ ދުވަހެއް ނޭނގޭ ކަމަށެވެ.

މުސްތަފާ ވިދާޅުވީ އެރަށު ފެނަކައިން ބުނާ ގޮތުގައި އަދި ގާތްތަގަނޑަކަށް 4 ވަރަކަށް ދުވަސްވާނެ ކަމަށާއި ކަރަންޓް މައްސަލަ ދިމާވެފައިވަނީ އެރަށު އިންޖީނުގޭގައި ހުރި އެންމެ ބޮޑު ޖަނަރޭޓަރަށް މައްސަލައެއް ދިމާވުމުން ކަމަށެވެ.

މިއަހަރުގެ ރޯދަމަހުން ފެށިގެންވެސް އާ ޖަނަރޭޓަރެއް ހޯދޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި މިމައްސަލަ ދިމާވެ ކަރަންޓް ކެނޑުމާ ހަމައަށްވެސް އެ ޖަނަރޭޓަރު ލިބިފައި ނުވާކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ރަށުގެ ރައްޔިތުން ގެންގުޅޭ ކަރަންޓުން ބޭނުންކުރާ ހިފާ ގެންގުޅޭ ސާމާނުތައް، ކަރަންޓް ކެނޑުމުގެ ސަބަބުން ހަލާކުވަމުންދާތީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އަދި ގެއްލުން ލިބުނު ތަކެތީގެ އަގު 50 ހާހަށްވުރެ މައްޗަށް އަރާނެކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިދުވަސްވަރަކީ އޯލެވެލް އިމްތިހާނު ބޯމަތިވެފައިވާ ދުވަސްވަރެއްކަމުން ކިޔަވާކުދިންނަށްވެސް ވަރަށްބޮޑު ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ކަރަންޓަށް ދިމާވާ މިފަދަ މައްސަލަތައް ދިމާވުމުން ރައްޔިތުންނަށް އަންގަން ޖެހޭ އެންގުންތައް މީގެ ކުރިން އަންގަނީ ރަށު ކައުންސިލުން ކަމަށާއި ކިތައްމެ ދަންވަރެއްގައި އެފަދަ ކަމެއްވިޔަސް އެކަން ކައުންސިލް އޮފީހުން ކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް މިފހަރު ކަރަންޓަށް މައްސަލަ ދިމާވުމުން ރައްޔިތުންނަށް އެނައުންސްމެންޓް ދީފައިވަނީ ޕީޕީއެމް މައި ޖަގަހައިން ކަމަށާއި ފެންނަ ފެނުމަށް އިންޖީނުގޭގައި މިހާރު އުޅެނީ ފެނަކަ މުވައްޒަފުންގެ ބަދަލުގައި ޕީޕީއެމް ޖަގަހައިގެ މީހުން ކަމަށް ބެލެވޭކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް