24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ރިޔާސީ އިންތިޚާބު 2018

ހަޖަމް ނުވިޔަސް ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް، ޕީޕީއެމްގެ ޖަލްސާއަށްވުރެ ގިނަ މީހުން ދިޔަ!

  • ގިނަ އަދަދެއްގެ ޒުވާނުން ޖަލްސާގައި ބައިވެރިވި
  • ޕީޕީއެމްގެ ޖަލްސާއަށް 30 ހާސް މީހުން ނުދޭ!
މިއުވާން މުހައްމަދު | Miuvaan

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 18:12 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން 3 އަހަރަށްފަހު މާލޭގައި ބޭއްވީ ބޮޑު ޖަލްސާއެކެވެ. ވަރަށް ބައިވަރު މީހުން އޮތެވެ. ހާހުން ގުނާލެވެއެވެ. އޭގެ ކުރީ ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ތިރިސް ހާސް މީހުން ތިބިކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، އަބްދުއްރަޙީމް އެގުނުއްވާ ގޮތަށް ގުނުއްވައިގެން ރޭގެ ޖަލްސާގައި ލައްކައެއްހާ މީހުން ތިބޭނެއެވެ. އެހެން ނަމަވެސް އަބްދުއްރަހީމް އެގުނުއްވަނީ އާއްމު ދިވެހިން ގުނުއްވާ ގޮތަކަށް ނޫންކަމުން، ކުރީ ރޭގެ ޖަލްސާއަށް ތިރިސް ހާސް މީހުން ނުދާކަމާއި، ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް ޕީޕީއެމްގެ ޖަލްސާއަށް ދިޔަ ވަރަށްވުރެ ގިނައިން މީހުން ދިޔަނަމަވެސް ލައްކައެއް ހަމަނުވާނެކަން އެންމެންވެސް ދަނެއެވެ.

ކޮންމެއަކަސް އެހެރީ ފޮޓޯތައް ފެންނާށެވެ. ޖަލްސާއަށް މީހުން ނުދެއެކޭ ބުނާކަށް ޕީޕީއެމްއަށްވެސް ނުކެރުނެވެ. ދެން ފެނުނީ ކޮންމެވެސް ވާހަކައެއް ހަދާލެވޭތޯ މަސައްކަތް ކުރިތަނެވެ. ގުޅިފައިވާ ޕާޓީތަކަށް މާލެ އަތޮޅުންނާއި އަރި އަތޮޅުން ކޮންމެވެސް ވަރަކަށް މީހުން އައެވެ. އާއްމުކޮށް އަތޮޅުތެރެއިން މީހުން ގެނެސްގެން ބާއްވާ ޖަލްސާތަަކާއި މުޒަހަރާތަކަށް މީހުން ގެންނަ އުޞޫލުން މި ޖަލްސާއަށް ދުރުރަށްތަކުން ބަޔަކު ނުގެނެއެވެ. ރަށްރަށުން މީހުން މާލެ އަރާކަށް ނުގޮވައެވެ. 

ޕީޕީއެމްއިން މަސައްކަތްކުރީ އެޖަލްސާއަށް މީހުން ގިނަވީ އަތޮޅުތެރެއިން މީހުން އައިސްގެންކަމަށް ދެއްކުމަށެވެ. އަދި ޕީޕީއެމްއިން ބޭއްވި ޖަލްސާއަށް މީހުން ދިޔައީ މާލެއިން އެކަނިކަމަށް ސަރުކާރުގެ އިސްވެރިން އެބަ ވިދާޅުވެއެވެ. އެބޭފުޅުން އެހެން ވިދާޅުވާއިރު، އެޖަލްސާއަށް މާލެއިން ބޭރުން އައި ރައީސް ޔާމީންގެ ހުރިހާ ސަޕޯޓަރުން ކިހާ ދެރަ ވާނެތޯއެވެ؟ އެވަރު ވިސްނާ ނުލެވުނުތޯއެވެ؟ އެބޭފުޅުންވެސް ކަނޑު ހުރަސްކޮށް، ކުރަން ހުރި ކަންކަން ހުއްޓާލާފައި އައީ ރައީސް ޔާމީންގެ ސަޕޯޓު އޮތްކަން އެކަން ޤަބޫލުކުރާ ބަޔަކަށް ދައްކާށެވެ. އެކަމަކު އެބޭފުޅުން އެވީ ޤުރުބާނީގައި ކޮޅުންފައިން ޖެހީ ހަމަ ޕީޕީއެމްގެ އިސްވެރިންނެވެ. 

ދެ ޖަލްސާގެ ތަފާތު މަތިން ފެންނަ ފޮޓޯއެއް. ފޮޓޯ: ސޯޝަލް މީޑިއާ

އެޖަލްސާއަށް މީހުން ގިނަވުމުން ބައެއް ވަޒީރުން ފެނުނީ ގޮނޑި ގުނުއްވަން ފެއްޓެވިތަނެވެ. މިވާހަކަ ދައްކަންވެސް ލަދުގަނެއެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ އިޤްތިޞާދީ ވަޒީރަށްވެސް ޤައުމު ދަރަންޏާއި އެހެން އިޤްތިޞާދީ ނަމްބަރުތައް ގުނުއްވުމުގެ ބަދަލުގައި ގުނުއްވުނީ ޖަލްސާގައި ޖަހާފައި ހުރި ގޮނޑީގެ އަދަދެވެ. ދެހާސް ދުއިސްތަ ތޭވީސް އާއި ހަމަޔަށް ގުނުއްވާފައި ވަރުބަލިވެގެން ހުއްޓަވާލެއްވީކަމަށް ވެދާނެއެވެ. އެމަނިކުފާނަށް އެތަނުން ފެނުނީ އެހާވަރުގެ ގޮނޑިއެވެ. އެތަނުގައި އެއަށްވުރެ ގިނައިން ގޮނޑި ޖެހިއެވެ. އެމަނިކުފާނަށް އެނުފެނުނީ ކީއްވެކަމެއް ނޭނގެއެވެ. ޤައުމުގެ އިޤްތިޞާދު މިހާ ފުން ވަޅުގަނޑަކަށް ވެއްޓެން މިދަނީ އިޤްތިޞާދީ ވަޒީރު އެގުނުއްވާ ގޮތަށް ގުނުއްވައިގެންކަމަށްވެސް ވެދާނެއެވެ. އެތަނުގައި ގޮނޑީގައި ތިބި މީހުންނަށް ވެސް، ކޮޅަށް ޖަލްސާ ބަލަން ގޮސްތިބި މީހުންގެ އަދަދުވެސް ގިނައެވެ. ޑްރޯން ފުޓޭޖްތަކުން ފެންނަ ގޮތުގައި ޕީޕީއެމްގެ ޖަލްސާއަށްވުރެ އެތައް ގުނައެއް އިތުރަށް ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް މީހުން ގޮސް ތިއްބެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ގަދަކަމުން، މަޖުބޫރަކުން މީހަކު ބައިވެރި ނުކުރެވޭނެއެވެ. ގަދަކަމުން ބައިވެރިކުރިނަމަ، އަވަހަށް އެކަން ރިޕޯޓްކުރަންވީއެވެ. ކަމާއި ބެހޭ އިދާރާތަކުން އެކަން ބަލާކަށް ލަހެއް ފަހެއް ނުވާނެއެވެ. އެސްޓީއޯއަށް އެތައް ގޮނޑި، ފެނަކައަށް މިތައް ގޮނޑި، އެމްޕީއެލް މުވައްޒަފުން މިތާ، އެޗްޑީސީ މުވައްޒަފުން އެތާ، އެހެން ބުނެ ލިސްޓެއް ތައްޔާރުކުރީކީ ގުޅިފައިވާ ޕާޓީތަކުންނެއް ނޫނެވެ. އެތަނަށް ގޮސްތިބީ ބަދަލަކަށް ބޭނުންވެގެން، އަމިއްލަ ނަފްސު ބޭނުން ވެގެން ގޮސްތިބި މީހުންނެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް ޒުވާނުން ނުދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނުގެ އެޖަލްސާ ބެއްލެވިތޯ ސުވާލު ކުރަން ޖެހެއެވެ. ނުވަތަ އެމަނިކުފާނަށް އެމައުލޫމާތު ދެއްވި މީހަކު އެމަނިކުފާނަށް އެވަނީ ބޮޑުތަނުން އޮޅުވާލާފައެވެ. ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް ޒުވާނުން ދިޔައެވެ. ހެސްކިޔާފައި ދިޔައެވެ. ބްރިޖު މަތިން ހުޅުމާލެއިންވެސް ޖަލްސާއަށް ޒުވާނުން އައެވެ. މާލެއިންވެސް ދިޔައެވެ. ރަށްރަށުންވެސް އައެވެ. ރައީސް ޔާމީން ޒުވާނުން މާނަކުރާ ގޮތާއި އަޅުގަނޑުމެން އާއްމު ރައްޔިތު މީހާ ޒުވާނުން މާނަކުރާ ގޮތުގައި ތަފާތެއް އުޅެނީތޯއެވެ؟

2 ޖަލްސާގައި ގޮނޑިބަރި އަތުރާފައި ހުރި ގޮތްވެސް ތަފާތެވެ. ޕީޕީއެމްގެ ޖަލްސާގައި ދެ ގޮނޑިބަރި ދޭތެރޭ ވަރަށް ބޮޑު ޖާގައެއް ހުރިއިރު، ދެ ގޮނޑި ދޭތެރޭވެސް ހުސް ޖާގަ ހުއްޓެވެ. އެހެން ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ގޮނޑި ބަރި ޖަހާފައި ހުރީ ދެ ގޮނޑިބަރި ދޭތެރެއިން ކިރިޔާ ހިނގާލެވޭ ވަރަށެވެ. އަދި ގޮނޑިތައް ހުރީ އެއް ގޮނޑި އަނެއް ގޮނޑި އެއްކޮށް ޖެހިފައެވެ. ޖަލްސާއަށް އައި މީހުންގެ އަދަދު އިތުރުވެ، ގޮނޑިބަރިތައް ކުރިއަށް ޖައްސައި، ދޭތެރޭގައި ހުރި ހުސްތަން ކުޑަކުރި މަންޒަރުވެސް ލައިވްކޮށް ޓީވީއިން ފެނުނެވެ.

ހަޤީޤަތް ވާނީ ހަޤީޤަތަށެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ. ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއަށް ދިޔަ މީހުންގެ އަދަދު، ޕީޕީއެމްއިން ބޭއްވި ޖަލްސާއަށް ދިޔަ މީހުންނަށް ވުރެ ގިނައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

2 ހަފްތާކުރިން

ޖަލްސާތަކަށް އެއްވާ މީހުންގެ އަދަދު އިންތިޚާބުގެ ނަތީޖާ އަންދާސާ ކުރާކަށް ނޭނގޭނެދެއްތޯ؟ ހިތި ނަމަވެސް އެޙަޤީޤަތް ޖެހޭނީ ގަބޫލުތޯ؟

1
1
ހ މ ޒ

2 ހަފްތާކުރިން

އެމީހުންގެ ތެރެއިން ގިނަ މީހުން ތިބި ކޮޅަކީ ވޯޓްގެ ނަތީޖާ ބުރަ ވާނެ ކޮޅެތޯ؟

0
0
ހ މ ޒ

2 ހަފްތާކުރިން

ވޯޓްލާ މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް އޮތީ މާލެ އާއި ހުޅުމާލޭ ގަދެއްތޯ؟

0
0
ހ މ ޒ

2 ހަފްތާކުރިން

މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގެ ވެސް ކޮންޓްރޯލް އޮތީ ޒުވާނުންގެ އަތުގަދެއްތޯ؟

1
1
ހ މ ޒ

2 ހަފްތާކުރިން

އެހެން ކަމަށް ވާނަމަ ތިފޯމިއުލާ ގައި މައްސަލަ އެއް އުޅުން އެކަށީގެން ވަބާދެއްތޯ؟

0
0
ހ މ ޒ

2 ހަފްތާކުރިން

މާލެ ސަރަހައްދުން އަދި އަތޮޅު ތެރެއިންނާއި، ފަޅު އޮޑިފަހަރުން މީހުން އެއްކޮށް ކާނިވާ ސަރަހައްދު ފުރާލުމަކީ އިންތިޚާބުގައި ހޯދަން ޖެހޭ އެއްލައްކަ ތިރީސް ހާހާއި ގާތް ކުރާ އަދަދެއްގެ ވޯޓް ޔަގީން ވެއްޖެ ކަމުގެ ހެއްކެތް ހެއްޔެވެ؟

0
1
ހ މ ޒ

2 ހަފްތާކުރިން

!.ބައިކޮޅަށް ވަންނަނީ ގޯލެވެ

0
0
ހ މ ޒ

2 ހަފްތާކުރިން

!ކާމިޔާބު ޔަގީން ވެއްޖެ ކަމަށް މާއަވަހަށް އުފާފާޅު ކުރުމުން ގިނަ ފަހަރު ލިބިފައި އޮތީ ލަނޑެވެ

0
0
ހ މ ޒ

2 ހަފްތާކުރިން

އިދިކޮޅު ފަރާތްތަކުން އެފަރާތްތަކުގެ އަސްލު ސައިޒް ދައްކާލެވިއްޖެ ކަމަށް ބުނެ މޭމަތީގައި އަތް ޖަހާ ހިސާބަށް ކަންތައް ހިނގައްޖެއްތޯ؟

0
0
ހ މ ޒ

2 ހަފްތާކުރިން

! ޕީޕީއެމްގެ ޖަލްސާގައި ދައްކާލެވުނީ "ރަސްމީ ސައިޒް" ނޫން ކަމަށެވެ! "ރަސްމީ ސައިޒް" ދައްކާލުން އަދި ކުރިއަށް އޮތީ ކަމަށެވެ

0
0
Haww

2 ހަފްތާކުރިން

Nothing to say. Yasmeen can't see anything

2
0