17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

އޮފިޝަލެއްގެ ގެއަށް ވޯޓު ފޮށްޓެއް ވެއްދި މައްސަލައެއް ކަނޑޫދޫއިން ފެންމަތިވެއްޖެ

  • އެކަން ކުރި މީހާއަށް ސުވާލު ކުރުން ޖަވާބެއް ނުދެއްވި
  • އޭނާއަކީ ޕީޕީއެމްގެ ހަރަކާތަކުގައި އުޅޭ މީހެއް: ކައުންސިލް ރައީސް
ޙުސައިން ޙަސަން | hucenhassan

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 14:52 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


އިންތިހާބުގެ ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތުގައި އޮފިޝަލުން -- ފޮޓޯ: ރާއްޖެ އެމްވީ

ތ. ކަނޑޫދޫއަށް ފޮނުވި ވޯޓު ފޮށްޓެއް، ވޯޓު ފޮށީގެ އޮފިޝަލެއްގެ ގެއަށް ވެއްދި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ވޭތުވެދިޔަ ވޯޓު ފޮށި ރަށަށް ގެނައުމަށްފަހު، ވޯޓު ފޮށިތައް ބަހައްޓަނީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ކަމަށާއި ނަމަވެސް މިފަހަރުގެ އިންތިހާބާ ގުޅިގެން އިލެކްޝަނުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓެއްގެ ގެއަށް ވޯޓު ފޮށި ވައްދާފައިވާ ކަމަށެވެ. އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ފޮނުވާފައިވާ ކަމަށް ނާސިހު ވިދާޅުވިއެވެ.

ކަނޑޫދޫއަށް ގެންދިޔަ ވޯޓު ފޮށި ވައްދާފައި ވަނީ އެ ރަށުގެ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަބްދުﷲ ދިރިއުޅޭ ގެއަށެވެ.

މުހައްމަދު އަބްދުﷲއަށް "ރާއްޖެއެމްވީ"ން ގުޅާލުމުން ވިދާޅުވީ އޭނާ ހުންނެވީ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމެއްގައި ކަމަށާއި ފޯނުން ދައްކާ ވާހަކަ ސާފު ނުވާ ކަމަށެވެ. ނަމަވެސް ރާއްޖެއެމްވީން އޭނާއަށް މެސެޖުކޮށް، ވޯޓު ފޮށި ގެއަށް ގެންދިޔައިންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބެއް ނުދެއްވައެވެ. އަދި ފަހުން ގުޅާލުމުން އޭނާ ފޯނަށް ޖަވާބެއް ވެސް ނުދެއްވިއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް ނާސިހު ތުހުމަތު ކުރެއްވި ގޮތުގައި މުހައްމަދު އަބްދުﷲއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގައި އޭނާ އުޅުނު ކަމަށް ނާސިހު ތުހުމަތު ކުރެއްވިއެވެ.

އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމާ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

ޕީޕީއެމްގެ އިސްކޮށް ހަރަކާތްތަކުގައި އުޅުނު މީހަކު، އޮފިޝަލެއްގެ ގޮތުގައި ކަނޑައަޅައި އޭނާގެ ގެއަށް ވޯޓު ފޮށި ވެއްޓި މައްސަލަ ކަނޑޫދޫއިން ފެންމަތިވެފައި ވަނީ، އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ގިނަ އަދަދެއްގެ ޕީޕީއެމް އެކްޓިވިސްޓުން އޮފިޝަލުންގެ ގޮތުގައި ނަގާފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ވޯޓު ފޮށިތަކުގައި ތިބޭ މީހުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، އެ މަސްއޫލިއްޔަތު އަދާ ކުރަންޖެހޭނެ ބައެކެވެ. އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި ކެންޑިޑޭޓަކަށް ތާއިދު ހޯދުމުގެ މަސައްކަތުގައި އުޅޭ މީހަކަަށް ނުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Virushaan

2 މަސް ކުރިން

Keeh kuraanee vote in ves vagu hadhaan vihyaa ulhenii

0
0