11 ޑިސެންބަރު 2018 | އަންގާރަ | 03 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ރާއްޖެޓީވީ ޖޫރިމަނާ ކުރުން

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއަކީ ފޭރުމުގެ އަމަލެއް:ރާއްޖެ ޓީވީ

  • މިއީ ޖޫރިމަނާ ކުރި 4 ވަނަ ފަހަރު
  • މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ދައްކާފައިވޭ
މުހައްމަދު ފަޒީން އަދި ޙުސައިން ޙަސަން | phaxyn

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 13:06 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން ފަންޑު ފޮއްޓެއް ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު ނެރެނީ -- އާކައިވް

ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމަކީ ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގި "ފޭރުމުގެ އަމަލެއް" ކަމަށް  އެ ރާއްޖެ ޓީވީން ބުނެފި އެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު އާދިއްތަ ދުވަހު ރާއްޖެ ޓީވީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަން ކިޔާ ވަކި ފަރާތެއްގެ ސިޔާސީ ނުފޫޒުގައި މަސައްކަތް ކުރާ ކޮމިޝަނުން ނުހައްގުން ރާއްޖެޓީވީ ކުރި 2 މިލިއަން ރުފިޔާގެ ޖުރިމަނާ 09 ސެޕްޓެމްބަރު 2018 ގައި މީރާ އަށް ދައްކާ ޚަލާސް ކޮށްފައިވާ ކަމަށެވެ. މިބޮޑު އަދަދުގެ ފައިސާ ދެއްކުމުގެ ފުރުސަތު ރާއްޖެޓީވީ އަށް ތަނަވަސްވީ މާތް ﷲ ހެ ހެޔޮ ރަހުމަތްފުޅާއެކު، ދިވެހި ލޮބުވެތި ރައްޔިތުންގެ ދީލަތި ކަމާއި، ރާއްޖެޓީވީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. އެހެން ކަމުން މި ބޮޑު އަނިޔާއިން ރާއްޖެޓީވީ ސަލާމަތްވި ކަމަށްޓަކައި މާތް ﷲ އަށް ހަމްދުކޮށް، ޖުރިމަނާ ދެއްކުމަށް އެހީވެ ދެއްވި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

 

ފައިސާ ދެއްކުމަށް ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ބައެއް އެހެން ނޫސްވެރިން މީރާ ކައިރީގައި

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރާއްޖެޓީވީ އަށް "ހޭ އަރުވާލުމުގެ" މަގްސަދުގައި ފުލުފުލުގައި ކުރަމުންދާ އަނިޔާވެރި މަސައްކަތުގެ ތެރެއިން މި އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު މި ސްޓޭޝަން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ ރިޔާސީ އިންތިޚާބުގެ ހަގީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ސްޓޭޝަންގެ މުވައްޒަފުން ކުރަމުންދާ މަސައްކަތައް ހުރަސް އަޅާ ފޯކަސް ގެއްލުވާލުމުގެ ނިޔަތްލައި، އެހާބޮޑު ޖުރިމަނާއެއް ނިސްބަތުން ކުޑަ މުއްދަތެއްގެ ތެރޭގައި ނުދެއްކޭނެ ކަމަށް ބަލާ، އެ މުއްދަތުގައި ނުދެއްކިއްޖެނަމަ، ސްޓޭޝަންގެ ލައިސަންސް ބާތިލް ކުރުމުގެ ހީލަތްތެރި ރޭވުމުގެ ތެރޭން އެކަން ކުރާނެ ރަނގަޅު ދަނޑިވަޅު ހިސާބު ޖަހާ ބެލުމަށްފަހުގައި ކަމަށް އެސްޓޭޝަނުން ދެކޭ ކަމަށްވެސް ރާއްޖެޓީވީން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ރާއްޖެޓީވީ ބުނީ އެކަން އިތުރަށް ހާމަވެގެން ދަނީ، ރާއްޖެޓީވީ ޖުރިމަނާ ކުރި މައްސަލަ ސާފުކޮށް ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަން ނުކުރުމުންނާއި، މައްސަލަ ރަނގަޅަށް ބަލަންދެން ޖުރިމަނާ ދެއްކުން ފަސްކޮށް ދިނުމަށް އެދި ކޯޓަށް ހުށަހެޅުމުން އެ މައްސަލަވެސް ބޭރު ކޮށްލުމާއި، ޖުރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން އެދުމުން އެކަންވެސް ނުކޮށްދޭން ނިންމުމެވެ.

 

ފަންޑު ފޮށިތައް މީރާއަށް ވައްދަން ގެންދަނީ

ގާނޫނީ އިޖުރާއުތައް ފުރިހަމަ ކުރުމެއްނެތި، އަދި މައްސަލަ ސާފުކޮށް ދިނުމެއްނެތި، 2 މިލިއަން ރުފިޔާއިން ޖުރިމަނާކޮށް، ކުރު މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދައްކަން ރާއްޖެޓީވީ އަށް މަޖުބޫރު ކުރުން މި ސްޓޭޝަނުން ސިފަކުރަނީ ފޭރުމުގެ އަމަލެއްގެ ގޮތުގައި ކަމަށްވެސް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖެޓީވީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ބޮޑު އަދަދެއްގެ ފައިސާ ދެއްކުމުގެ ނަސީބު ރާއްޖެޓީވީއަށް ލިބިގެން ދިއުން ދޭހަކޮށްދެނީ ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމެވެ. އަނިޔާވެރިންނާއި ކެހިވެރިންގެ ރޭވުމަށްވުރެ މާތް ﷲގެ ރޭވުންތެރިކަން މާމަތިވެރި ކަމެވެ. އެހެން ނޫންނަމަ، ފުލުފުލުގައި ރާއްޖެ ޓީވީއަށް ދެމުން މިދާ އަނިޔާ އާއި ކުރަމުންދާ ޖޫރިމަނާއިން މި ސްޓޭޝަން ސަލާމަތެއް ނުވީހެވެ. މިނިވަން މުއައްސަސާއެއްގެ ތޮފި އަޅައިގެން މަސައްކަތް ކުރާ ބަލިކަށި އިންސާނުން ތަކެއް ރޭވި ރޭވުން، ތަޤުދީރުގެ ނިޔާގެ މަތިން މިވަނީ ބާތިލުވެފައެވެ. މިއީ ދިވެހި ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު އިތުރު ކާމިޔާބެއް ކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ވެއެވެ.

 

ރާއްޖެޓީވީން ބުނީ 2 މިލިއަން ރުފިޔާގެ ޖޫރިމަނާއިން ސަލާމަތްވުމަށް ރާއްޖެ ޓީވީން ބެހެއްޓި އަބުރުފުޅު ފަންޑު ފޮއްޓަށް ލިބިފައިވަނީ 800،000 (އަށް ލައްކަ) ރުފިޔާ ކަމަށެވެ. އަދި ރާއްޖެ ޓީވީގެ މުވައްޒަފުން ޓީޝާޓް ވިއްކައިންގެން 100،000 (އެއް ލައްކަ) ރުފިޔާ ހޯދާފައިވާ ކަމަށެވެ. ޖުރިމަނާގެ ބާކީބައި ހަމަވެގެން ދިޔައީ އިތުރު ފަރާތްތަކުން ވެދިން ދީލަތި އެހީތަކުން ކަމަށްވެސް ރާއްޖެޓީވީގެ ބަޔާނުގައި ވެއެވެ.

ދެ މިލިއަން ރުފިޔާގެ ޖުރިމަނާ އާދިއްތަ ދުވަހު ރާއްޖެޓީވީން މީރާއަށް ދެއްކި އިރު، މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ޖުމްލަ 3.7 މިލިއަން ރުފިޔާ އެ ސްޓޭޝަނުން ވަނީ ދައްކައިފައިވާ ކަމަށް ރާއްޖެޓީވީ ބުނެއެވެ.

ރާއްޖެޓީވީ އެކިފަހަރު މަތިން ޖުރިމަނާ ކުރަން ނިންމި ނިންމުންތަކަކީ، ގާނޫނުއަސީސާއި ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ މައްސަލަތަކެއް ކަމަށް ދެއްކޭނެ އެތައް ހެއްކެއް ހުރި ނަމަވެސް ރާއްޖެޓީވީއަށް އެކަންކަމުގައި އިންސާފު ހޯދޭނެ މަގެއް ނެތް ކަމަށް ރާއްޖެޓީވީ ބުނެއެވެ. އަދި އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކަށް އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އެއިން އެއްވެސް މައްސަލައެއް ނިމިފައެއްވެސް ނެތެވެ. އިންސާފަށް އެދި ކުރާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ހިނގާނެ މަގެއްވެސް ނެތެވެ. އަނިޔާ ތަހައްމަލު ކުރުން ނޫން ގޮތެއްވެސް ނެތް ކަމަށްވެސް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ. 

 

ކަން މިހެން އޮތް ނަމަވެސް، ދިވެހި ރައްޔިތުންގެ ހިފެހެއްޓުމެއް ނެތް ލޯތްބާއެކު، ރައްޔިތުންގެ ޚިދުމަތުގައި، އަދި މި ގައުމުގެ ކުރިއެރުމާއި ފާގަތި ކަމަށްޓަކައި ލިބިދާނެ އަނިޔާއަކަށް ބިރުން ފަސް ނުޖެހި އެންމެ ފަހު ވަގުތާ ހަމައަށްވެސް އެ ސްޓޭޝަންގެ މުވައްޒަފުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާކަމަށްވެސް ރާއްޖެޓީވީގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް