18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރާއްޖެޓީވީ ޖޫރިމަނާކުރުން

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ދައްކައިފި

 • ރާއްޖެޓީވީ ޖޫރިމަނާ ކުރި އަދަދު 3.7 މިލިއަނަށް އަރާފައިވޭ
 • ރާއްޖެޓީވީ ވަނީ ހަތަރު ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފައި
 • ދެން ކުރިމަތިވާނެ ގޮންޖެހުމަކަށް ވެސް ތައްޔާރު: ރާއްޖެޓީވީ
މުހައްމަދު ފަޒީން އަދި ޙުސައިން ޙަސަން | phaxyn

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 10:51 | |

މަގުބޫލް

 1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 5. ޕްރިޔަންކާ އިނީ ބަލިވެ؟
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ރާއްޖެޓީވީގެ ޖޫރިމަނާ ފައިސާ ފޮށިތައް، މީރާއަށް ގެންދިއުމުގެ މަސައްކަތުގައި ރާއްޖެޓީވިގެ ޕްރޮގްރާމްސް ހެޑް އާމިރު ސަލީމާއި ސީއޯއޯ ފިޔާޒު މޫސާ -- ފޮޓޯ: ރާއްޖެ އެމްވީ

ގައުމީ ސަލާމަތަށް ނުރައްކާވުމާއި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ގެއްލޭފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، ރާއްޖެޓީވީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އިން ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މީރާގައި ކަމަށާއި އެ ފައިސާ ދެއްކުމަށްފަހު، ފައިސާ ދެއްކި ކަމުގެ ރަސީދުގެ ކޮޕީއެއް އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ރާއްޖެ ޓީވީގެ މުވައްޒަފުން ކުރި މަސައްކަތުންނާއި އަބުރުފުޅު ފަންޑު ބަހައްޓައިގެން އަދި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު ލިބުނު ފައިސާ މީރާއަށް ދައްކަން ގެންދިޔައީ ފޮށިތަކުގަ އެވެ. 

އަބުރުގެ ގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާ ކުރީ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ރާއްޖެ ޓީވީގެ ސްޓޫޑިއޯގައި ހުންނަވައިގެން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ޖޫރިމަނާގެ ފައިސާ މީރާއަށް ހިފައިގެން ދިއުމަށްފަހު، ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ދެ މިލިއަން ރުފިޔާ ހޯދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، އެފަދަ ނުހައްގު އަދަބެއް ރާއްޖެ ޓީވީއަށް ދިނީ އިންތިހާބަށް ހުރަސް އެޅުމަށް ކަމަށެވެ.

"މިއީ އަޅުގަނޑުމެން އުފުލަން ޖެހުނު ވަރަށް ބޮޑު ބުރައެއް. ދެ މިލިއަން ރުފިޔާއޭ ބުނީމަ ކިހާވަރެއްކަން އިހްސާސް ނުކުރެވިދާނެ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަށް, މި އަދަބު ބޯ މައްޗަށް ވައްޓާލި ބޭފުޅުންނަށް. މި ފައިސާ ހޯދުމަށްޓަކާ ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހުނު ރާއްޖެޓީވީގެ މުވައްޒަފުން. ހާމަކަންބޮޑު އިންތިހާބެއް ކަވަރު ކުރުމަށް، ހުރަސް އެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ކަންތައްތައް ކިތަންމެ ކެހިވެރިކޮށް ރާވާފައި އޮތަސް، މާތްﷲގެ ރޭވުން މާ މޮޅު، މާ މަތިވެރި،" ފިޔާޒު ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ޖޫރިމަނާގެ ފައިސާ މީރާއަށް ދައްކަންޖެހުނު ސަބަބެއް ސާފު ނުވާ ކަމަށް ވިދާޅުވެ، ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ޝަރީއަތުގެ މަރުހަލާއިން ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ކުރި ހޯދައި، ރާއްޖެޓީވީ މިހާތަނަށް ދެއްކި ޖޫރިމަނާގެ ފައިސާ އަނބުރާ ހޯދާނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލަނީ މި ދައްކާ ދެ މިލިއަން ރުފިޔާއަކީ ކުޑަ ހިނދުކޮޅަކަށް އަޅުގަނޑުމެންގެ އަތުން ނެއްޓިގެންދާ ފައިސާ ކަމަށް. އަބުރާ މި ދެމިލިއަން ރުފިޔާ ހޯދާނަން. ދެ މިލިއަން އެކަންޏެއް ނޫން، ރާއްޖެޓީވީން ދައްކާފައިވާ 3.7 މިލިއަން ރުފިޔާ، އިދާރަ ކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކީ ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާގެ ތެރެއިން، އަޅުގަނޑުމެން ހޯދައި، ރާއްޖެޓީވިއަށް އަނބުރާ ހޯދަދޭނަން،" ނިޝާން ވިދާޅުވިއެވެ.

އެކި ފަހަރުމަތިން ތަކުރާރުކޮށް، ރާއްޖެޓީވީ ޖޫރިމަނާ ކުރަމުންދާތީ، ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން ރާއްޖެޓީވީގެ އިސް ބޭފުޅުން ވަނީ އެކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

"ރައީސް ޔާމީންގެ އެކައުންޓަށް ވަން ކަމަށް ބުނާ ފައިސާގެ ވާހަކަ ދައްކާ މީޑީއާތައް ޖޫރިމަނާ ކުރާތަން މި ފެންނަނީ. އެކައުންޓަށް ވަން ފައިސާ ހޯދާކަށް މަސައްކަތެއް ނުކުރޭ. މީީޑިއާތައް ތަރައްގީކޮށް، ކުރިއަރުވަން ހަދާފައި އޮތް ބްރޯޑްކާސްޓިން ކޮމިޝަނުން މި މަސައްކަތް ކުރާތަން މި ފެންނަނީ،" ރާއްޖެޓީވީގެ ޕްރޮގްރާމްސް ހެޑް އާމިރު ސަލީމް ވިދާޅުވިއެވެ.

ރާއްޖެޓީވީ ޖޫރިމަނާ ކުރުމާއި ގުޅިގެން ރާއްޖެޓީވީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފުލުފުލުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ދެމެދުންދާ އަނިޔާތަކުން، އެ ކޮމިޝަނަކީ ރާއްޖެ ޑިމޮކްރަސީގެ މަގާ ދުރުކޮށް، ޚިޔާލު ފާޅު ކުރުމުގެ ހައްގު ހަނިކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ، އަދި ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ޚުދުމުޚުތާރު ސިފަތައް އަށަގެންނެވުމަށް ހިތްވަރު ދޭ މުއައްސަސާއެއްކަން ހާމަވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް