18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މެދުއިރުމަތީގެ މައްސަލަ

ފަލަސްތީނުގެ ރައްޔިތުންނަށް ޚިދުމަތްދޭ ގުދުސްގެ ހޮސްޕިޓަލްތަކަށް އެމެރިކާއިން އެހީ ކަނޑާލައިފި

  • ހޮސްޕިޓަލްތަކަށް އެހީގެ ގޮތުގައި ދޭ 25 މިލިއަން ޑޮލަރު ކަނޑާލުމަށްވަނީ ނިންމާފައި
  • ފަލަސްތީނުގެ ލީޑަރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 08:06 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ޔޫއެންއާރުޑަބްލިޔުއޭ އަށް ދޭ އެހީވެސް އެމެރިކާއިންވަނީ ކަނޑާލާފައި -- ރޮއިޓަރސް

 

އެމެރިކާއިން ފަލަސްތީނަށް ދޭ އެހީގެ ތެރެއިިން މިހާރު ކަނޑާނުލައި އޮތް ހަމައެކަނިއެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ގުދުސްގެ ހޮސްޕިޓަލްތަކަށްދޭ އެހީ އެމެރިކާއިން ކަނޑާލައިފިއެވެ.

މި އެހީ ކަނޑާލުމުން ސީރިއަސް ބަލިތަކުގައި ތިބި ފަލަސްތީނުގެ ކުޑަކުދިންނާއި ކެންސަރު ފަދަ ބަލިތަކުގައި ތިބި ފަރާތްތަކުގެ ފަރުވާއަށް އަސަރުކުރާނެއެވެ.

ވޮޝިންގޓަނުންވަނީ އިސްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްގައި ހުރި ހަ ހޮސްޕިޓަލަކަށް އެހީގެ ގޮތުގައި ދޭ 25 މިލިއަން ޑޮލަރު ކަނޑާލުމަށް ނިންމާފައެވެ.

ފަލަސްތީނުގެ ލީޑަރުން އަދި ސިއްހީ ދާއިރާގެ އޮފިޝަލުންވަނީ އެމެރިކާގެ ނިންމުމަށް ފާޑު ވިދާޅުވެފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ހިތުގެ އޮޕަރޭޝަންފަދަ ޚާއްސަ އޮޕަރޭޝަންތަކާއި، ނިއޯނޭޓަލް އިންޓެންސިވް ކެއަރ، ރޭޑިއޭޝަން ތެރަޕީ، އަދި ކުޑަކުދިންގެ ޑައިލިސިސް ހެދެމުންދިޔައީ އެެ ފަންޑުގެ ތެރެއިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމާއަތުން ބުނެފައިވާ ގޮތުގައި އެ ޚިދުމަތްތަކަކީ ޣައްޒާ ނުވަތަ ހުޅަނގު އައްސޭރީން ލިބެންހުންނަ ފަރުވާތަކެއް ނޫނެވެ.

ލުބްނާން އާއި ސީރިއާ، އުރުދުން، ގާޒާ އަދި ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރެފިއުޖީންނަށް އިޖްތިމާއީ، ތައުލީމީ، އަދި ސިއްހީ ޚިދުމަތްތައް ފޯރު ކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރި ވަމުންދާ ޔޫއެންއާރުޑަބްލިޔުއޭ އަށް ދޭ އެހީވެސް އެމެރިކާއިންވަނީ ކަނޑާލާފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަރަބި ޤައުމުތައް

2 މަސް ކުރިން

ސާބަހޭ އެމެރިކާ، އަރަބި ޤައުމުތައް ހޭލާނެ

2
0