21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

ރައްޔިތުން އެދެނީ ބަދަލުވާން، ސަރުކާރު އޮތީ ނޭވާހޮޅިއަށް އެޅިފައި: އިބޫ

  • ވޭތުވެ މިދިޔައީ އެންމެބޮޑަށް ޢަދްލު އިންސާފް ގެއްލިގެންދިޔަ ފަސްއަހަރު
  • ގާނޫނީ ހުއްޖަތެއް ނެތް ދުނިޔެ ގަބޫލު ނުކުރާ ޖަލު ހުކުމުގެ ސަބަބުން ދިވެހިންގެ ތާއީދު ރައީސް ޔާމީނަކަށް ނެތް
  • މިއީ އަމާން އައްސޭރިއަކަށް ހޭރިޔާ ކޮށްލަން ލިބޭ ފަހު ފުރުސަތު
އަހުމަދު މުހުސިނު | dhonbandaara

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 07:37 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އިބޫ ހޮނިހިރު ދުވަހުގެރޭ ކާނިވަލުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު މި ވޭތުކުރީ ހުދުމުހުތާރު ފަސް އަހަރު ކަމަށާއި އޭގެ ފަހުން ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާނެ ތަނެއް ނުލިބި 3 އަހަރު ވޭތުވިފަހުން ލިބުނު ފުރުސަތުގައި ގުޅިފައިވާ ޕާޓީތަކުން އަލިމަސް ކާނިވަލުގައި ބޭއްވި ބިޔަ ޖަލްސާގައި އިބޫ ވިދާޅުވީ މާޒީވެގެން މިދަނީ ދިވެހިރާއްޖެ ދުށް އެންމެ އަނިޔާވެރި އެންމެ ބިރުވެރި ފަސް އަހަރު ކަމަށާއި އެންމެ ކޮރަޕްޝަން ގިނަ ފަސް އަހަރު ކަމަށެވެ. އަދި އެންމެ ބޮޑަށް ޢަދްލު އިންސާފް ގެއްލިގެންދިޔަ ފަސްއަހަރު ކަމަށާއި އެންމެ ހުދުމުޚްތާރު ފަސް އަހަރު ކަމަށެވެ.

އިންސާނީ ހަޔާތުގެ އެންމެ ބޮޑު ހަޤީގަތަކީ އަދި ކޮންމެ ދުވަހެއްގެ ތަޖްރިބާއަކީ ބަދަލުކަމަށާއި އެއްވެސް ކަމެއް އެއްގޮތުގައި ދެމި ނޯތުންކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ ރާއްޖެ މިދަނީ ބަދަލުވާން ކަމަށެވެ. ކޮންމެ ނިމުމަކީ އަނެއް ފެށުމެވެ. މުޅި ކާއިނާތުގެ އެންމެ ދުރުންވެސް އަބަދާ އަބަދު ހިންގަނީ ބަދަލެވެ. އަދި ނަފްސުގެ އެންމެ ގާތުންވެސް ރެއާ ދުވާލު ވާކަމަކީ ބަދަލު ކަމަށް އިބޫ ވިދާޅުވިއެވެ.

" މިއީ ކަން ހިނގާ އިލާހީ ޤާނޫން. މިއީ ލެއްވިހާ ތަކެއްޗަށް އޮތްގޮތް. މިގޮތައް ނުހިނގާނެ ތަނެއް ޒަމާނެއް ނެތް. ހުރިހާ ކަމެއްގައި ތަންފީޒް ވަނީ އިލާހީ ޤާނޫން. ހިނގަމުންދާ "ކޮންމެ ސިކުންތެއް"، "ޖަހާ ކޮންމެ އެސްފިޔައެއް"، އަދި "ލާ ކޮންމެ ނޭވާއެއް ގާތްކޮށް ދެނީ" ރާއްޖެއަށް އަންނަން އުޅޭ ބަދަލު" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މި ވަގުތަކު ކުރަން އޮތް ކަމަކީ އަޅުގަނޑުމެން އެންމެން މި ބަދަލަށް ތައްޔާރުވުން ކަމަށާއި އަބަދުވެސް ކޮންމެވެސް އެހެން މީހަކު އަންނާނެ ކަމަށެވެ އިންސާނުން އޮތީ މި ހަގީގަތް ގަބޫލު ކުރުން ކަމަށާއި މާތް ﷲ ކަމަކަށް އިރާދަކުރެއްވުމުން ފުރަތަމަ ގާއިމްވަނީ އެ ސަބަބު ކަމަށެވެ.  ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، "ބީޓުގެ ހިލަމަށް"، ދިވެހިންގެ ހިތާއި އަމަލު ދަނީ ސީދާ ވަމުންނެވެ. އަދި އެންމެންގެ ފިޔަވަޅު "މި މަގަށް ހަމަވެ" ހިމުންވާ ތަން ރައީސް ޔާމީނަށް މިހާރު ރަނގަޅަށް ފެނިވަޑައިގަންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ރިޔާސީ އިންތިހާބަކީ "މި ނައުގެ ހުންގާނަށް އަރައި" އަމާން އައްސޭރިއަކަށް ހޭރިޔާ ކޮށްލަން ލިބޭ ފަހު ފުރުސަތު ކަމަށެވެ.

އިބޫ ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުންގެ ރުހުމާއި ތާއީދު އޮތް ހަތަރު ލީޑަރުންނަށް ކުރި ބުއްދީގެ ހަމައެއް، ގާނޫނީ ހުއްޖަތެއް ނެތް ދުނިޔެ ގަބޫލު ނުކުރާ ޖަލު ހުކުމުގެ ސަބަބުން ދިވެހިންގެ ތާއީދު ރައީސް ޔާމީނަކަށް ނެތް ކަމަށެވެ.

"ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުނީ އިންސާފެއް ނެތި، ހަވާ ފަޓާސް ބަރިއެއްހެން. އިމްރާން ދިގު ތަގުރީރުގެ މެދުން ވިދާޅުވި އެއް ޖުމްލަ އަކީ ޓެރަރިޒަމަށް ހެއްދެވީ. ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި ރަހުމް ކުޑަ ހުކުމް ކުރެއްވިއިރު، އޭނާ އޮންނެވީ އައިސީޔޫގައި، މައުމޫންގެ މައްޗަށް ކުރެވުނީ އަދުލެއް އިންސާފެއް ނެތް ޖަލު ހުކުމެއް. މިކަންކަމާ ހެދި މި ސަރުކާރުގެ ތާއީދު އޮތީ ނޭވާ ހޮޅިއަށް އެޅިފައި،" މުޅި ކާނިވާ ސަރަހައްދު ފުރާލި ޖަލްސާގައި އިބޫ ވިދާޅުވިއެވެ.

މާތް ﷲ ގެ ވާގިފުޅާއެކު ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް ފެށޭ ފުރަތަމަ ދުވަހު، ސިޔާސީ ވެރިންނާއި ލީޑަރުންނާއި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އެކިއެކި ސަބަބުތަކާ ހުރެ، ރައީސް ޔާމީން ޝިކާރަ ކުރެއްވި ހުރިހާ ބޭފުޅުން މިނިވަން ކުރައްވާނެ ކަމަށް ހޮނިހިރު ދުވަހުގެރޭގެ ޖަލްސާގައިވެސް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ނުހައްގު އަނިޔާއެއް ދިނުމަކީ އޯގާތެރި ސަރުކާރެއްގައި ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ވެރިކަމުގެ 18 މަސް ދުވަހުގެ އަމާޒަކީ އިންތިގާލީ އިންސާފު ގާއިމުކޮށް ދިނުން ކަމަށާއި މީހެއްގެ ހައްގަކަށް ނުވަތަ ވަޒީފާއަކަށް ނުވަތަ މުދަލަށް އަރައިގެންފިނަމަ، އޭގެ ހައްގު ބަދަލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަކަށް ހައްގު ހޯދައި ދިނުމަށް އަނެކެއްގެ ހައްގު ނިގުޅައެއް ނުގަނެވޭނެ. މިކަމުގައި އެއްވެސް ރައްޔިތަކާ މެދު ތަފާތެއް ނުކުރެވޭނެ. އަނިޔާވެރިއެއް ނުވާނަން. މި އުންމީދު ކުރާ އިންސާފު ލިބޭނީ ބަދަލުވެގެން. ބަދަލުވާނެ. އެ ބަދަލު އަންނާނީ އެންމެ މަތިން ފެށިގެން. ދައުލަތުގެ ބާރުތަކާއި ގާނޫނުއަސާސީން އުފެއްދި މިނިވަން މުއައްސަސާތައް ގާނޫނުއަސާސީގެ ތަރުތީބުތަކުގެ އިމަށް އަލުން ރުޖޫއަ ކުރެވިގެން،" އިބޫ ވިދާޅުވި އެވެ.

އިބޫގެ ވާހަކަ ނިންމަވާއްލަވަމުން ވިދާޅުވީ، ބަދަލުގައި ބައިވެރިވެ، ޝާމިލް ވުމަކީ ލިބޭނެ ފުރުސަތެއް ނޫން ކަމަށާއި މިފަދަ ނަސީބެއް އަބަދު ތަކުރާރެއް ނުވާނެ ކަމަށެވެ. އެހެންވެ، އާއިލީ ގުޅުންތަކާއި ރައްޓެހި، ރަހްމަތްތެރިކަމުގެ ވަގުތުތަކުގައި ބަދަލުގެ ވާހަކަ ދެއްކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

2 ހަފްތާކުރިން

މިމަހުގެ ހަތްވަނަ ދުވަހު ޕީޕީއެމުން މާލޭގައި ބޭއްވި ބޮޑު ޖަލްސާއަކީ ރަށްރަށުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫންކަމަށާއި، އަދި އެ ޕާޓީން ހިތްވަރު ދީގެންވެސް ރަށްތަކުން މީހުން ނުގެންނަ ކަމަށެވެ. އެހެންނަމަވެސް ފަހަރުގައި ރަށަކުން ބަޔަކު ނާދެއޭ ނުދަންނަވާނެއެވެ. އަތޮޅު ތެރެއިން މީހުން ގެންނަން އަދި ނިންމާފައި ނުވާ ކަމަށާއި، އެހެންނަމަވެސް އަތޮޅު ތެރޭން މީހުން ގެންނަން ޖެހިއްޖެނަމަ އެކަން ކުރެވެނީ ކޮން ޕާޓީއަކަށް ކަންވެސް ފިސާރި ރަނގަޅަށް ދައްކާލައްވާނެ!

0
0
Shiyam

2 ހަފްތާކުރިން

ހާދަ ދުވަހެކޭތި ހެން ކިޔަނީ

0
0