22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

އިދިކޮޅު ޖަލްސާއަށް ޒުވާނުން ނުނިކުތުމުން ރަށްރަށުން މީހުން ގެނައި:ރައީސް

  • ޒުވާނުން ވަނީ ތަރައްޤީއާއެކުގައި
  • މިހާތަނަށް ލައްކައަކާ ގާތްކުރާވަރަށް ޒުވާނުންނަށް ވަޒީފާ އުފެއްދިއްޖެ
އަހުމަދު މުހުސިނު | dhonbandaara

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 04:05 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް ޢަބްދުﷲ ޔާމީން -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "އިންސާފުގެ މަގަށް" ޖަލްސާއަށް ޒުވާނުން ނުނިކުތް ކަމަށާއި އެ ޖަލްސާއަށް މީހުން ގެނައީ ރަށްރަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ކަންކުރައްވަނީ ޒުވާނުންނަށްޓަކައި ޒުވާނުންނަށް ކަންކަން ފަހިކުރެއްވުމަށް ކަމަށެވެ. އެގޮތުން ޒުވާނުންނަށްޓަކައި ލައްކައަކާ ކައިރިއަށް ވަޒީފާތައް އުފެދިގެން ހިނގައްޖެ ކަމަށާއި އެތައް ބަޔަކަށް ވަޒީފާ ލިބިގެން ހިނގައްޖެ ކަމަށެވެ. ރައީސް މިހެން ވިދާޅުވިއިރު، އާ ވަޒީފާ އުފެއްދި ކަމަށް ސަރުކާރުން ބުނެފައި ވަނީ އެކި ފަހަރު އެކި އަދަދުތަކެވެ. 

ސަރުކާރުން ބުނާ އަދަދަށް ވަޒީފާ އުފެއްދިފައި ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. 

އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ބައިވެރިވާން ޒުވާނުން ބޭނުމެއް ނުވި ކަމަށާއި އެހެންވެ، ޖަލްސާ ބޭއްވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން މާލެއަށް ގެނެސްގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޒުވާނުންނަށް އެބަވިސްނޭ ކަމަށާއި ޒުވާނުންގެ ކުރިމަގު ރަނގަޅުކޮށް ދިނީ ރައީސް ޔާމީންކަން އެޒުވާނުން ޤަބޫލުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އެމްޑީޕީން އެ ބާއްވާ ޖަލްސާއަކީ މާލެއިން ޒުވާނުން ނުނިކުތީމާ، ރާއްޖޭގެ އެކި ހިސާބުން އެތައް ބަޔަކު ގެންގޮސްގެން ޖަލްސާ ބޭއްވީ،" ހުކުރު ދުވަހުގެ ރޭ "ބްރިޖް ސަޅި" ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށްވުރެ އެތައް ގުނައެއް ގިނަކޮށް މީހުން ހާޒިރުވި، އިންސާފުގެ މަގަށް ޖަލްސާއަށް އިޝާރަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް މީހުން ގެނައީ ރަށްރަށުން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ޕީޕީއެމްގެ ޖަލްސާއަށް މީހުން ގެންގޮސްފައިވަނީ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެންނެވެ. އަދި ކައިރި ރަށްރަށުން ވެސް އެ ޖަލްސާއަށް މީހުން ގެނައެވެ. 

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް ބޭއްވުމަށް ތިން އަހަރަށް ފަހު ކާނިވާ ސަރަހައްދު ދޫކުރިއިރު، އެ ޖަލްސާއަށް ހުޅުމާލޭއިން އަންނަ މީހުންނަށް ދަތިކުރުމަށްޓަކައި އިއްޔެ ހަވީރުން ފެށިގެން ހުޅުމާލެ-މާލޭގެ ބަހުގެ ހިދުމަތް މެދުކަނޑާލި އެވެ. އަދި އަމިއްލަ ކާރާއި ޓެކްސީ އއި ޕިކަޕްތަކުގައި ވެސް ހުޅުމާލެއިން މާލެ އައުން މަނާކުރި އެވެ. 

މިގޮތަށް ހުރަސް އެޅިޔަސް، ހޮނިހިރު ދުވަހު ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަކީ، 2013ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީން ބޭއްވި ބައެއް ޖަލްސާތަކަށް ފަހު މާލޭގައި އެންމެ ގިނަ މީހުން ހާޒިރުވި ޖަލްސާއަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޖަމާލު

7 މަސް ކުރިން

ހަމަ ކޮސް ގޮވަނީ...

0
0