23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

އެންމެ ބޮޑު ތަރައްޤީ އަކީ ފަޚުރުވެރިކަމާއި އެކު ދިރިއުޅެވުން: ފައިސަލް

  • އިބޫއަކީ ފަސްބައި ސާފު ބޭފުޅެއް
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 01:31 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ގުޅިފައިވާ އިއްތިހާދުގެ ޖަލްސާގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ -- ރާއްޖެއެމްވީ

ޤައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ތަރައްޤީ އަކީ ހަމަހަމަ ފުރުޞަތު ލިބިގެން ބިރުވެރިކަމެއް ނެތި އާއިލާ އާއި އެކު ފަޚުރުވެރި ދިރިއުޅުމެއް އުޅެވުމުގެ ފުރުޞަތު ލިބުން ކަމަށް ގުޅިފައިވާ އިއްތިހާދުގެ ރަނިންގމޭޓް، އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގައި އިޖުތިމާއީ ރައްކާތެރިކަން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ އާއިލާތައް މިއަދު ބަރުދާސްތު ކުރަމުންދާ ވޭން، ތަހައްމަލް ކުރަމުންދާ ވޭނާ އުފުލަމުންދާ ބުރަ އަޅުގަނޑުމެންނަށް 180 ވަރަކަށް ރަށަށް ދަތުރު ކުރެވުނު، އަޅުގަނޑުމެންނަށް ވަނީ ރައްޔިތުންގެ އިހުސާސްތައް ވަރަށް ގާތުން އެނގިފަ. އަޅުގަނޑުމެންގެ ލޮލުން ކަރުނަ އާދޭ، ކަރުނަ އާދޭ އެތަކެއް އަހަރުވަންދެން ބަލި ބައްޕަ އެނދުގަ ބާއްވައިގެން އެއްވެސް ކަހަލަ ފަރުވާއެއް ނުހޯދި، ބަލި ކުއްޖާ އެނދުގަ އޮވެގެން ވަން އިން އަ މިލިއަން ކޭސްއެއްގަވެސް، އެކަށިގެންވާ ފަރުވާ ދައުލަތުން ނުހޯދި އޮތް އޮތުމަކީ އެއީ ހިތަށް ކެތްކުރެވޭނެ ކަމެއްތޯ؟ ތިޔަބޭފުޅުންގެ ދަރިއެއް ވެއްޖެއްޔާ ހިތަށް ކެތް ކުރެވޭނެތޯ؟ ނުވާނެ. އިބްރާހިމް މުޙައްމަދު ސޯލިހު މި ވަޑައިގަންނަވަނީ ހުރިހާ ކަމަކަށް ހައްލު ހޯދަދީ، ތިބޭފުޅުން ހިތްހަމަ ޖެހިގެން ތިބޭފުޅުންގެ އާއިލާ، ފަޚުރުވެރި އާއިލާއެއްގެ ގޮތުގަ ދެމި އޮތުމަށް، އެކަމަށްޓަކާ ތިބޭފުޅުންނާ އެކީ މަސައްކަތް ކުރުމަށް" ފައިސަލް ވިދާޅުވިއެވެ.

ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިބޫއަކީ ދަތި ވަގުތުތަކުގައިވެސް ހިކުމަތް އިސްކުރައްވައި ކެތްތެރިކަމުގެ މިސާލު ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އިބޫ އަކީ އެމަނިކުފާނުގެ ސިޔާސީ ދިގު ތާރީހުގައިވެސް ކޮރަޕްޝަނާއި، ވައްކަމާއި، އެފަދަ ކުށްތަކުގެ ތުހުމަތެއް ކުރެވިފައިނުވާ، ފަސްބައި ސާފު ބޭފުޅެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުން ނިންމައިގެން ތިބި ގޮތް އެނގިލައްވައިފިކަމަށާއި، ދެން އޮތީ މި މަހުގެ 23 ވަނަ ދުވަހު ހުރިހާ ރައްޔިތުން ނުކުމެ އެ ނިންމުމާއި އެއްގޮތަށް އިބޫއަށް ވޯޓުލުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް