18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ ރޭސް 2018

ވެރިކަމުގެ ލައްޒަތަށް ޓަކައި ރައީސް ޔާމީން ހުންނެވީ ބާކީވެ ނިކަމެތިވެފައި: ރައީސް ނަޝީދު

 • ދިވެހިންނަށް ކަމުނުދަނީ މިސަރުކާރުގެ ކުންފުނިތަކުން އެހިންގާ ކޮރަޕްޝަނާއި ހިންގާ ވައްކަން
 • ރައީސް ޔާމީންގެ ޒައާމަތުގައި ޤައުމީ އުފެއްދުންތެރިކަން ދިޔައީ އަހަރުން އަހަރަށް ދަށަށް
 • ރައީސް ޔާމިން އަކީ ސާދާ ސާފު ހުދުމުޚްތާރު ޑިކްޓޭޓަރެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފާހަގަ ވެއްޖެ
އަހުމަދު މުހުސިނު | dhonbandaara

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 01:06 | |

މަގުބޫލް

 1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 5. ޕްރިޔަންކާ އިނީ ބަލިވެ؟
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފޭސްބުކް

ވެރިކަމުގެ ލައްޒަތާއި އަރާމަށްޓަކައި ރައީސް ޢަބްދުﷲ ޔާމީން ކުރެއްވި އަނިޔާގެ ސަބަބުން އެމަނިކުފާނުވަނީ ބާކީވެ ނިކަމެތިވެފައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިން އަހަރަށްފަހު މާލޭގައި ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ބޮޑު ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ގެންނަވާ ތަރައްޤީ ދިވެހި ރައްޔިތުންނަށް ކަމުނުގޮސްގެން ނޫޅޭ ކަމަށެވެ. ދިވެހިންނަށް ކަމުނުދަނީ ތެލުގެ ވަގުވިޔަފާރިއާއި ނާޖާއިޒް ވައްކަން ކަމަށެވެ. ދިވެހިންނަށް ކަމުނުދަނީ އިނގުމާއި އިންތިޒާމާއި ބެލުމާއި އިރުޝާދުގެ ދަށުން ގިނަ އަދަދުގެ ކަޅު ފައިސާ، ދިވެހިރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ދައުރު ކުރުވައި ހިންގެވި ޖަރީމާތައް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަށް ކަމުނުދަނީ މިސަރުކާރުގެ ކުންފުނިތަކުން އެހިންގާ ކޮރަޕްޝަނާއި ހިންގާ ވައްކަން ކަމަށާއި ދިވެހިންނަށް ކަމުނުދަނީ ޒަކާތުގެ ފައިސާއިންވެސް އަދި ރޯދަޔަށް ލިބޭ ކަދުރުކޮޅުންވެސް ނަންގަވާ ނާޖާއިޒް ފައިދާ ކަމަށެވެ.

ތަރައްޤީއަކީ ބޮޑުބިޔަ އިމާރާތެއް ނޫންކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ  ތަރައްޤީއަކީ ޢާއިލާގެ އާމްދަނީ އިތުރުވުން ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ އާމްދަނީ އިތުރުވުން ކަމަށެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ޤައުމީ އުފެއްދުންތެރިކަން ދިޔައީ އަހަރުން އަހަރަށް ދަށަށް ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން ހުރީ 7.3 ޕަސެންޓްގައި ކަމަށާއި މިއަދު 2018 ވަނަ އަހަރު ހުރީ 6 ޕަސެންޓްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި  މަސްވެރިންނަށް ލިބޭ އާމްދަނީ ދަށަށްގޮސް  ބާޒާރުގައި ތަކެތީގެ އަގު ދިޔައީ މައްޗަށް ކަމަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރެވުނު ޚަރަދު ދިޔައީ މާބޮޑު ތަނުން ދަށަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގައި އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް އަދި ދޮށީ އުމުރުގެ މީހުންނަށާއި  މަސްވެރިންނަށް ދެވޭ ޕެންޝަން، ދެވޭ ރައްކާތެރިކަން ހިމާޔަތްކޮށްދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ކަށްވަޅަށް ދާންދެން ދައުލަތުން ބެލެހެއްޓޭ ބައެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުޅާލެވި ރާއްޖޭގެ ރައްޔިތުންނަށް މާ ތަނަވަސް ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ކަމުނުދަނީ އަދި މަނިކުފާނާ ދުރަށް ރާއްޖޭގެ ރައްޔިތުން ފެއަށް އެވަޑައިގަންނަވަނީ އަނިޔާވެރިކަމާހުރެ ކަމަށެވެ. އަދި މަނިކުފާނު ތިޔަ ހުންނަވަނީ ވެރިކަމުގެ ލައްޒަތާއި ވެރިކަމުގެ އަރާމަށްޓަކައި އަމިއްލަ ބޭބެ ހިފާ ހައްޔަރުކޮށްގެން ކަމަށާއި ބޮޑުބޭބެ ވިދާޅުވާ ދަރިން ހިފާ ހައްޔަރު ކުރައްވައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިން ހުންނަވަނީ އެމަނިކުފާނު ނައިބު ރައީސުން، ވަޒީރުން ފުލުހުންގެ ވެރިން، ސިފައިންގެ ވެރިން،  ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހުރިހާވެރިން ހިފާ ހައްޔަރު ކުރައްވައިގެން ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޔާމީންގެ  އެކަމެއް ބަލައެއް ނުގަނެވޭ ކަމަށާއި އަނިޔާވެރިކަމުގެ ސަބަބުން ބޮޑުތަނުން ބަލިވާނެ ކަމަށެވެ. އަދި ނާޖާއިޒް ފައިދާ ނެންގެވުމުގެ ކޮރަޕްޓް ސަރުކާރު ހިންގެވުމުގެ ސަބަބުން، ދިވެހިރާއްޖެ ބާކީވެ ދާކަމަށެވެ. ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުން ރާއްޖެ ވަކިވާކަށް ދިވެހިން ނޭދޭ ކަމަށެވެ. ދިވެހިރާއްޖެ މިއޮތީ ލާމެހިފާވާ ދުނިޔެއެއްގައިކަން ދިވެހިންނަށް އެނގޭ ކަމަށާއި ދިވެހިންގެ ކުރިއެރުން އޮތީ ދުނިޔޭގެ އާއިލާތަކާއެކީގައި މަސައްކަތް ކުރީމާކަންވެސް ދިވެހިންނަށް އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.  ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ  ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުން ވަކިކޮށްފި ކަމަށާއި އީރާނާއި ޤަތަރާއެކު އޮންނަ  ބައިނަލްއަޤްވާމީ ގުޅުން ކަނޑާލައިފި ކަމަށެވެ. އަދި  މަނިކުފާނަކީ ސާދާ ސާފު ހުދުމުޚްތާރު ޑިކްޓޭޓަރެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފާހަގަ ވެއްޖެ ކަމަށާއި މިއަދު ރައީސް ޔާމީން ތިޔަ ހުންނަވަނީ ނިކަމެތިވެ އެކަނިވެރިވެ ބަލިވެފައި ކަމަށެވެ.  

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އުއްމީދުކުރީ ބާރުތައް ވަކިވެފައިވާ ސިޔާސީ ނިޒާމެއް ހޯދުމަށް ކަމަށާއި  ވާދަވެރި ސިޔާސީ ނިޒާމެއް ރައްޔިތުން ހޯދައިގަތީ އަނިޔާވެރިކަމެއް ހޯދާކަށެއް ނޫން ކަމަށެވެ.  

"މަނިކުފާނު ތިޔަ ހުންނެވީ ސުޕްރީމް ކޯޓުން ޓިނު ނަންގަވައިގެން އެތަނަށް އެރިވަޑައިގެން އެތަނުގެ ފަނޑިޔާރުން ހައްޔަރުކުރައްވައިގެން. މަނިކުފާނު ތިޔަ ހުންނަވަނީ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދަވައިގެން އެތަން ހިސޯރު ކުރައްވައިގެން. މުސަތްޤިއްލު މުއައްސަސާތަކެއް އުފައްދަވައިގެން އެތަން ހިސޯރު ކުރައްވައިގެން. މުސްތަޤިއްލު މުއައްސަސާތަކެއް މިނިވަނެއް ނޫން. ދިވެހިރާއްޖޭގެ ވެރިކަން ތިޔަ ހުންނަވަނީ ގަޑުބަޑު ކުރައްވައިގެން ބަޣާވާތް ކުރައްވައިގެން. ދިވެހިންނަށް ހައްޤު މިނަވަރު އިރާދަކުރެއްވިއްޔާ  އަނެއްކާވެސް ދިވެހިންނަށް ހޯދައިދޭނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް