23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސީ އިންތިހާބު 2018

ފަރުދީ މިނިވަންކަން ހޯދަން ލިބޭ ފުރުސަތަކީ އިބޫ: އިވާ

  • ނާއުއްމީދުގައި ތިބުމުގެ ބަދަލުގައި އަލުން އަނބުރާ އުއްމީދުކޮށްލަން ފުރުސަތު ލިބެނީ 23 ސެޕްޓެމްބަރުގައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 00:11 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މިރޭގެ ޖަލްސާގައި އީވާ ވާހަކަ ދައްކަވަނީ:- ބިރުވެރިކަމުން ސަލާމަތްވާ އޮތް ފުރުސަތަކީ 23 ސެޕްޓެމްބަރު ކަމަށް ވިދާޅުވި -- ރާއްޖެއެމްވީ

އަމިއްލަ ފަރުދީ މިނިވަންކަން ހޯދާ ބިރުފަހަނައަޅާދާން ލިބޭ ފުރުސަތަކީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ވެރިކަމަށް ގެނައުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.  

ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އިއްތިހާދުގެ ބޮޑު ޖަލްސާގައި އީވާ ވިދާޅުވީ ބޭ އިންސާފަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތަކީ ސެޕްޓެމްބަރު 23ގައި ވޯޓުލުމަށް ލިބޭ ފުރުސަތު ކަމަށެވެ.

އަދި ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުމުގެ ހައްލަކީ މަޝްވަރާ ކަމަށް ހެދުމަށާއި އިޖްތިމާއީ ރައްކާތެރިކަން ދިނުމަށާއި ދިވެހި އަންހެނުންނަކީ ވެރިން ހަޖޫޖަހާ ބަޔަކަށް ހެދުމުގެ ބަދަލުގައި މީހުން އިހްތިރާމް ކުރާ އަސްލު ހަމަ ކަންކަން ލިބިގެންވާ ބަޔަކަށް ހެދުމަށް ލިބޭ ފުރުސަތަކީ ވެސް އިބޫއަށް ވޯޓު ދިނުމަށް ލިބޭ ފުރުސަތު ކަމަށް ވެސް އީވާ ވިދާޅުވި އެވެ.  

އަދި އެހެންމެ ރާއްޖޭގެ ކަނޑުފަޅުތަކަކީ ދިވެހިންގެ މިލްކިއްޔާތަކީ ދިވެހިންގެ ތަނެއް ކަމަށް ހެދުމަށާއި ރާއްޖޭގެ ކޮންމެ ރަށަކީ ވެސް މީހުން ދިރިއުޅެވޭ ރަށަކަށް ހަދައި، ތަރައްގީ އަކީ އިންސާފުވެރި ދެމެހެއްޓެނެވި ތަރައްގީއެއް ކަމަށް ހެދުމަށް ލިބޭ ފުރުސަތަކީ ވެސް އިބޫއަށް ވޯޓުލުމަށް ލިބޭ ފުރުސަތު ކަމަށް ފާހަގަ ކުރެއްވި އެވެ.

"ތާ އަބަދު މި ނާއުއްމީދުގައި ތިބުމުގެ ބަދަލުގައި އަލުން އަނބުރާ އުއްމީދުކޮށްލަން، އަޅުގަނޑުމެން ލިބޭ ފުރސަތަކީ 23 ސެޕްޓެމްބަރު. އެހެންވީމަ އަޅުގަނޑުމެން ބިރުފަހަނައަޅާދާން، ބޭ އިންސާފަށް ގޮންޖަހަން، އަމިއްލަ ފަރުދީ މިނިވަންކަން ހޯދަން، އަމިއްލަ ފަރުދީ ހައްގު ހޯދަން، ގައުމު ހަރާބުމަގަށް ނުދިއުމަށް އަޅުގަނޑުމެނަށް ލިބޭ ފުރުސަތަކީ އިބްރާހިމް މުހައްމަދު ސޯލިހް،" އީވާ ވިދާޅުވި އެވެ.

އަނިޔާގެ ޝިކާރައަކަށް ވީ ކޮންމެ މީހަކު ތިބީ އިންސާފު ނުލިބިފައި ކަމަށް ފާހަގަ ކުރައްވައި އީވާ ކެނޑިނޭޅި ބިރެއްގައި ތިބޭތާ ފަސް އަހަރު ފާއިތުވެއްޖެ ކަމަށެވެ.

"ތިރީހަކަށް މީހުން މަގުމަތީ މަރާލައިފި، އަނިޔާކުރި ވަރެއްވެސް ނޭނގެ. ޖަލުތަކުގައި، ވީ ނުވީއެއް ނޭނގި،ސީދާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުން ވީ ނުވީއެއް ނޭނގި މަރުވެއްޖެ،" އިވާ ވިދާޅުވި އެވެ.

އަނިޔާގެ ޝިކާރައަކަށްވި އެއްވެސް މީހަކަށް އަދި އެމީހުންގެ އާއިލާއަކަށް އިންސާފެއް ނުލިބުނު ކަމަށާއި އެމީހުން ތިބީ ބޭއިންސާފުން ސަލާމަތްވާން ތާނެ ތަނެއް ވެސް ނެތިފައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ބަލަ ބަލަ ތިއްބައި ފަހަރު ގާނޫނަކަށް ގޮންޖަހަމުން ގޮސް ގާނޫނުތައް ބަދަލުކޮށްފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"ބިރުވެރިކަމުގެ ތެރެއަށް ގަންބަމުން ގަންބަމުން ގޮސް ފިކުރީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަޅުގަނޑުމެން އެނދަ ޖައްސާފައި ބިރުވެރިކަމުގެ ތެރެއަށް ގަންބާލާ އިނދަޖައްސާލައިފި،" އީވާ ވިދާޅުވި އެވެ.  

އެހެން ނަމަވެސް ވައްކަން ވަރިހަމަވެ ބޭ އިންސާފަށް ބޯލަނބަން ދުވަހަކު ވެސް ތައްޔާރުނުވާނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ބިރައް ވުރެ އޭނާއަށް މުހިންމީ އާއިލާއާއި ރައްޓެހިންގެ ރައްކާތެރިކަމާއި ފަރުދީ މިނިވަން ކަމާއި ގައުމުގެ ނަޒާހަތްތެރިކަން ކަމަށްވެސް ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް