26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިޚާބު 2018

ސެޕްޓެމްބަރު 23 އަކީ އަނިޔާވެރިކަމުގައި ސިއްކަ ޖަހާ ދުވަސް:ޝިދާތާ

  • މިސަރުކާރުން ވަނީ ގާނޫނު އަސާސީ ފޫއަޅުވާލާފައި
  • މާލިއްޔަތު އިނދަޖައްސާލި ސަރުކާރެއްވެސް ނެތް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 9 ސެޕްޓެންބަރ 2018 | އާދީއްތަ 00:04 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ޗެއާ ޝިދާތާ ޝަރީފު -- ފޮޓޯ: މުހައްމަދު ޝަރުހާން

ރިޔާސީ އިންތިޚާބު ބާއްވާ ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ މި ސަރުކާރުގެ އަނިޔާވެރިކަމުގައި ސިއްކަ ޖަހާ ދުވަސް ކަމަށް އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ޗެއާޕާސަން ޝިދާތާ ޝަރީފު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބޭއްވި ބިޔަ ޖަލްސާގައި ޝިދާތާ ވިދާޅުވީ، ރައީސް ޔާމީން ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރި ހުރިހާ ކަމެއް ފެއިލް ވެފައިވާ ކަމަށާއި ވޯޓު ލުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބިގެންދިޔައީ ރައްޔިތުންގެ މަސައްކަތުން ކަމަށެވެ.

ޝިދާތާ ވިދާޅުވީ، މިހާވަރަށް ރައްޔިތުން އިނދަޖެހުނު ދުވަސްތަކެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުން ނިކަމެތިވީ ދުވަހެއްވެސް ނުދެކެން ކަމަށެވެ. މިވަރަށް ދިވެހި ރާއްޖޭގެ ބާރުތައް ގާނޫނު އަސާސީން ވަކިކޮށް އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ފޭރިގެންފާވާތަން ދިވެހި ތާރީހުން ނުފެންނަކަމަށެވެ.

"އަދުލު އިންސާފު ގާއިމް ކުރުމަށް  ހުރި ފަނޑިޔާރުގެތައް މިވަރަށް ފުޑުފުޑުކޮށްލި ސަރުކާރެއް ވެސް ދިވެހި ތާރީހުގައި އައިކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ޝިދާތާ ވިދާޅުވިއެވެ.

ދިވެހި ގާނޫނު އަސާސީ ފޫއަޅުވާލާފައިވަނީ މި ސަރުކާރުން ކަމަށާއި މާލިއްޔަތު އިނދަ ޖައްސާލި ސަރުކާރެއްވެސް ނެތް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފާނުގައި އަނިޔާވެރިވި ސަރުކާރެއްވެސް ނޯންނާނެ ކަމަށެވެ.

 އިންސާފުގެ މަގަށް ގައުމު ދަތުރު ކުރާނެ ދުވަހަކީ 23 ސެޕްޓެމްބަރު ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މަދުވެގެން 170000 މީހުން ވޯޓުލާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް