16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ރިޔާސީ ރޭސް 2018

އިންތިޚާބުގެ ކަންކަމާ ގުޅޭ ގޮތުން މިހާތަނަށް 19 މީހަކު ހައްޔަރު ކޮށްފި

  • ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންނާއި ގދ. ގައްދޫގައި މަރިޔާދުގެ ރޯކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 22:19 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ގއ. ކޮލަމާފުށިން ހައްޔަރު ކުރި މީހުން ގެންދަނީ -- ފޭސްބުކް

އިންތިޚާބުގެ އެކި ކަންކަމާ ގުޅިގެން މިހާތަނަށް 19 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭގެ ތެރޭގައި ހިމެނެނީ ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންނާއި ގދ. ގައްދޫ މަރިޔާދުގެ ރޯކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. 

ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން 18 މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.

ގދ. ގައްދޫ ބަނދަރުމަތީގައި ހަދާފައިވާ މަރިޔާދުގޭގައި ރޯކޮށްލި މައްސަލާގައި އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ. ގައްދޫ ބަނދަރުމަތީގައި ހަދާފައިވާ މަރިޔާދުގެއަކީ ރައީސް ޔާމީން ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހެދި ތަނެކެވެ. 

"އިންތިޚާބުގެ އެކި ކަންކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ބުނެ އެކި ފަރާތްތަކުންނާއި މީސްމީޑިއާގައި ފަތުރަމުންދާ މަޢުލޫމާތުތަކާ ގުޅިގެން ދަންނަވަމެވެ. އިންތިޚާބުގެ ކަންކަމާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ތިބީ 19 މީހުންނެވެ.

 

އިންތިޚާބާ ގުޅޭ މައްސަލަތަކުގައި މިހާތަނަށް 19 މީހުން ހައްޔަރުކޮށްފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފަރާތްތަކެވެ. ނަމަވެސް ހުޅުމާލޭގައި އިބޫ އަށް ހަމަލާދޭން އުޅުނު މީހާ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން މެޓީރިއަލްތަކަށް ގެއްލުން ދޭ މަންޒަރުތައް އާންމުވެފައިވާ އިރު އެ ފަރާތްތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް