20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވީ ވޯޓަކުން ނޫން، ކޯޓަކުން: އައްބާސް އިބްރާހިމް

  • ދޭއް ރަމްޒުކޮށްދެނީ ކާމިޔާބީ، އިބޫއަށް ވޯޓް ދެއްވާ
  • ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު
  • ރައީސް ޔާމީނުގެ ތަރައްގީއަށް އައްބާސްގެ ފާޑު ވިދާޅުވި
އަޒުމޫން އަހުމަދު | azmoon_ahmed

| 8 ސެޕްޓެންބަރ 2018 | ހޮނިހިރު 21:34 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި އައްބާސް އިބްރާހިމް ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ

ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވީ ވޯޓުން ނޫން ކަމަށާއި ޓިކެޓް ހޯއްދެވީ ކޯޓުން ކަމަށް، ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އައްބާސް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "އިންސާފުގެ މަގަށް - ޖަޒީރާ ރާއްޖެ" ގެ ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެން އައްބާސް ވިދާޅުވީ ރައީސް ޔާމީން ކެނޑިޑޭޓަކަށް ވީގޮތާއި އެމަނިކުފާނުގެ ރަނިންގ މޭޓަކު ކަނޑައެޅުނު ގޮތް ދިވެހިން ރައްޔިތުން ބަލަންޖެހޭ ކަމަށެވެ.

އެގޮތުން، ކޯޓު މެދުވެރިކޮށް ޕީޕީއެމް ބާރުތައް ހޯއްދަވައިގެން އެމަނިކުފާނު ރިޔާސީ ޓިކެޓް ހޯއްދެވީ ވޯޓަކާއި ނުލައި ކޯޓުން ކަމަށް އައްބާސް ވިދާޅުވިއެވެ.

ނިޝާނު އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު އަރުވާފައިވާ އައްބާސް ވަނީ ޖުމްހޫރީ ވެރިކަމެއްގެ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޖުމްހޫރިއްޔަތަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ތަރައްގީގެ ގޮތުގައި ސިފަކުރައްވަމުން އައްބާސް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުގައި ޖުމްހޫރިއްޔަތުގެ ސިފަތައް ގެއްލެމުންދާ ކަމަށެވެ. 

އެގޮތުން، ކައުންސިލްތަކުގެ ބާރާއި ސައިޒުވެސް ކުޑަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅިކަމާއި ސިފައިން މެދުވެރިކޮށް މެންބަރުން މަޖިލީހުން ނެރެފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

އައްބާސް ވިދާޅުވީ ތަރައްގީ އަކީ ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ތަރައްގީގެ މަސައްކަތްތަކުން ފެނިގެން ދިއުން ކަމަށެވެ. އެހެންނަމަވެސް ބްރިޖަށް އިޝާރާތް ކުރައްވަމުން އައްބާސް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކާއިރު، އެކަމުގައި ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ފެނިގެން ނުދާ ކަމަށާއި އެއީ މުޅިން އެހެން ބައެއްގެ މަސައްކަތެއް ކަމަށެވެ. މިކަން ފާހަގަކުރައްވައި، އައްބާސް ވަނީ ތަރައްގީގެ ވާހަކަ ދެއްކުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އައްބާސް ވިދާޅުވީ މައުމޫން ރިފޯމް މޫވްމެންޓާއެކު ނިކުމެވަޑައިގަތީ "ކުރިން ހެއްދެވުނު ގޯސް ރަނގަޅު ކުރުމަށް" ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދިނުމަށް އެދިވަޑައިގަންނަވަމުން އައްބާސް ވިދާޅުވީ ދޭއް ރަމްޒު ކޮށްދެނީ ކާމިޔާބީ ކަމަށެވެ.

މިއީ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި އައްބާސް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އައްބާސް އާއެކު ކުރީގެ މިނިސްޓަރު އުމަރު ޒާހިރާއި އަނީސާ އަހުމަދުވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

2 ހަފްތާކުރިން

!ސިކުނޑި ގޭގައި ބާއްވާފައި

0
0